
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި، ޔޫތު ސެންޓަރު އަދި މެޑިކަލް ކޮލެޖް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް ނިންމާ އަދި އެތަން ހިންގުމަށް “ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި” ހަވާލުކޮށްފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 4 މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ބޭނުމަށް ތަރައްޤީކުރާ ސަރަޙައްދުތަކުގެ މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ، 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް އެމަސައްކަތް ކުރިއަށްނުގޮސް ހުއްޓި ދިގުލައިގެން ދިޔުމާއި ގުޅިގެން 2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން އެޢިމާރާތް އެސްޓީއޯގެ އަތުން ނެގުމަށްފަހު އެޗްޑީސީންވަނީ އެސްޓީއޯއަށް އެހެން 2 ބިމެއް ދިނުމަށް ނިންމާފައެވެ.
ސަރުކާރު ބަދަލުވެ ތަރައްޤީގެ މުހިއްމު މަޝްރޫޢުތަކެއް އަދި ރައީސުލްޖުމްހޫރިއްޔާގެ މުހިއްމު ގިނަ ވަޢުދުފުޅުތަކެއްގެ މުހިންމު ބިނާގެ ގޮތުގައި އެއިމާރަތް ހަމަޖައްސަވާ އެމަސައްކަތް ކުރުމަށްވަނީ ކުންފުންޏެއް އުފައްދަވާފައެވެ. އެޗްޑީސީއިން ހުކުރު ދުވަހުވަނީ އެކުންފުންޏާއެކު ސިޓީ ހޮޓާލުގެ މަސައްކަތް ކުރުމަށާއި އަދި އެތަން ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
ސިޓީ ހޮޓަލް ތަރައްޤީކުރަނީ ސަރުކާރުގެ އޮފީސް ބައެއް ހިމެނޭގޮތަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި، ޔޫތު ސެންޓަރު ނުވަތަ އީ-ސްޕޯޓްސް އަދި ހެރިޓޭޖް ކޮލެޖާއި މެޑިކަލް ކޮލެޖް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިތަންތަނުގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރަންޖެހޭކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ހޮޓެލްގެ ބާކީ ސަރަޙައްދުގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށްވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ވިދާޅުވީ ސިޓީ ހޮޓެލް ތަރައްޤީކުރަނީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ހޮޓަލެއްގެ ގޮތަށްކަމަށެވެ.
‘މެންހަޓަން ގްރޭންޑ ހޮޓެލް’ ގެ ނަމުގައި ވޯރލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކުގައި ކަމަށާއި މިމަޝްރޫއަށް އިންވެސްޓްކުރަނީ، ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ ‘ޑީޕް ސީފުޑް ކޮމްޕެނީ’އިންކަމަށް އެޗްޑީސީން ވިދާޅުވެއެވެ. 2012 ވަނަ އަހަރު ތަރައްޤީކުރަން ފެށި ސިޓީ ހޮޓަލުގެ މިހާރު ކުރަންޖެހެނީ ފިނިޝިންގެ މަސައްކަތްތަކެވެ. ޢިމާރާތުގެ ސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
