
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގެ ރިޔާސީ ގަނޑުވަރާ ކައިރި ސަރަޙައްދަކަށް ޔަހޫދީން ޙަމަލާ ދީފިއެވެ. ޔަހޫދީން ޙަމަލާ ދީފައި ވަނީ ރިޔާސީ ގަނޑުވަރާ ގާތްގަނޑަކަށް 100 މީޓަރު ދުރުގައި އޮންނަ ސަރަޙައްދަކަށެވެ. ޔަހޫދީން ސޫރިޔާގެ ރިޔާސީ ގަނޑުވަރު ހުންނަ ސަރަޙައްދަށް ދީފައި މިވާ ޙަމަލާއަކީ ސޫރިޔާގެ އައު ސަރުކާރަށް އިޒްރޭލުން މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ އިންޒާރެވެ. މި ޙަމަލާއިން ޔަހޫދީން ސޫރިޔާގައި ހިންގާ އަސްކަރީ ޙަރަކާތްތައް އިތުރު ކުރުމަށް ތައްޔާރަށް އޮތް ކަން ދޭހަ ކޮށްދެއެެވެ. ސޫރިޔާގެ ސަރުކާރުން ބުނީ ޔަހޫދީން ދިން ޙަމަލާއަކީ ޔަހޫދީންނާ ސޫރިޔާއާ ދެމެދު އުފެދިފައިވާ ނުތަނަސްކަން އިތުރަށް ގޯސް ކޮށްދޭ ކަމެއް ކަމަށެެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޭރު ސޫރިޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލް-އަސަދުގެ ވެެރިކަން ސޫރިޔާގެ ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އައް-ޝާމް (އެޗްޓީއެސު)ން ވައްޓާލި ފަހުން ޔަހޫދީން ވަނީ ސޫރިޔާގައި ހިނގާ އަސްކަރީ އޮޕަރޭޝަންތައް އިތުރު ކޮށްފައެވެ. އެގޮތުން ސޫރިޔާގެ އެކި ސަރަޙަައްދުތަކަށް ވައިގެ ޙަމަލާތައް ދީ ސޫރިޔާގެ ހުޅަނގު ދެކުނު ސަރަޙައްދުގައި ޔަހޫދީންގެ ފަައުޖު ޙަރަކާތްތެރިވުން ހިމެނެއެވެ. ސޫރިޔާގައި ވަރުގަދަ، އެއްބައިވަންތަ ސަރުކާރެއް އޮތުމަށް ޔަހޫދީން ނޭދެއެވެ.
ޔަހޫދީން ސޫރިޔާއަށް ޙަމަލާތައް ދެމުން ދަނީ އެ ޤައުމުގެ އައު ރައީސް އަޙްމަދު ޝަރާޢުއާމެދު އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ދެއްކުމަށް އިޒްރޭލުން މަސައްކަތް ކުރެއެވެ. އޭނާއަކީ މީގެ އަހަރުތަކެއް ކުރިން އަލް-ޤާޢިދާގެ ގޮތްޕެއްގެ އިސްވެރިއަކަށް ހުރި މީހެކެވެ. އޭގެ އިތުރުން ސޫރިޔާއާއި ލުބުނާނާއި އިޒްރޭލުގައި ދިރިއުޅޭ މީސްމަދު ދްރޫޒީންގެ ހައްޤުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި ވެސް ޔަހޫދީން ދަނީ ސޫރިޔާއަށް ޙަމަލާ ދީ ޔަހޫދީ ސިފައިން އެ ޤައުމުގައި ބައިތިއްބަމުންނެވެ. ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ދިމިޝްޤުގައި ހުންނަ ރައީސް ޝަރާޢުގެ ގަނޑުވަރާ ޖެހިގެން ހުރި ސަރަޙައްދަކަށް ޙަމަލާ ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އޭގެ އެއްވެސް ތަފްޞީލެއް ދީފައެއް ނުވެއެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ދިފާޢީ ވަޒީރު އިސްރާއީލް ކެޓްޒް އެކުގައި ނެރުނު ބަޔާނެއްގައި ބުނީ އެ ޙަމަލާއަކީ ސޫރިޔާއަށް ދީފައިވާ އިންޒާރެއް ކަމަށެވެ.
ސޫރިޔާގެ ރިޔާސަތުން ވަނީ އެ ޙަމަލާ ކުށްވެރިކޮށް، އެ ޙަމަލާއަކީ ރިޔާސީ ގަނޑުވަރަށް ދިން ޙަމަލާއެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އަދި އެ ޙަމަލާއަކީ ސޫރިޔާގައި މިހާރު އޮތް ޙާލަތު ގޯސް ކޮށްދޭ ‘ނުރައްކާތެރި’ ކުރިއެރުމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. ސޫރިޔާގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު ރަޒާން ޞަފޫރު ބުނީ ޔަހޫދީން ޞުލްޙަ ބޭނުން ނުވާ ކަމަށާއި ބަޔަކު ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ކަމަށް ޔަހޫދީން ބުނި ނަމަވެސް އެ މީހުންނަކީ ވެސް ޔަހޫދީންނަށް މުހިންމު ބައެއް ނޫން ކަމަށެވެ. ރައީސް އަލް-އަސަދުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރާ ކައިރި ސަރަޙައްދަކަށް ޔަހޫދީން ޙަމަލާ ދިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އޭޕްރިލް މަހުގެ 30ވަނަ ދުވަހު ޔަހުދީން ވަނީ ސޫރިޔާގެ އަސްކަރިއްޔާއާއި ދްރޫޒީންނާ ދެމެދު ޙަމަލާ ބަދަލު ކުރަމުން ދިޔަ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ރަށް ބޭރުގައި އޮންނަ އަޝްރަފިޔަތު ޞަޙްނާޔާއަށް އަމާޒު ކޮށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އިސްލާމްދީނުން ވަކިވެގަނެފައިވާ ދްރޫޒީންގެ ބޮޑު އާބާދީއެއް ދިރިއުޅޭ އެ ސަރަޙައްދަށް ޔަހޫދީން ޙަމަލާތަކެއް ދިނީ ދްރޫޒީންނާއި ސުންނީ މުސްލިމުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި އެ ސަރަޙައްދުގައި ސޫރިޔާގެ ސަލާމަތީ ބާރުތަކުން ޙަރަކާތްތެރިވަމުން ދަނިކޮށެވެ.
އެ ހަމަނުޖެހުންތައް ފެށުނީ ދްރޫޒީ ދަރިކޮޅުގެ އިސްވެރިއަކު، ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وَسَلَّمَ)އަށް ބަދުބަސް ރައްދުކޮށް، ފުރައްސާ ކުރާ ރެކޯޑިންގއަކާ ގުޅިގެންނެވެ. ނަމަވެސް ދްރޫޒީން ބުނަމުން ދަނީ އެއީ ސޫރިޔާގައި ބައިބައިވުން އިތުރުކޮށް ފިތުނައާއި ހަމަނުޖެހުން އުފެއްދުމަށް ބަޔަކު ހަދާފައިވާ ރެކޯޑިންގއެއް ކަމަށެވެ. އެ ހަމަނުޖެހުންތަކުގައި ދެ ދުވަހުގެ ތެރޭގައި ގިނަ ޢަދަދެއްގެ މީހުން ވަނީ މަރުވެފަައެވެ. ހަމަނުޖެހުމުގެ ފުރަތަމަ ދުވަހު ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 16 މީހުންނާއި ހަ ހަނގުރާމަވެރިން ހިމެނޭ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިޔުމަން ރައިޓްސުން ބުނެއެވެ. އަދި ދެވަނަ ދުވަހު ސަލާމަތީ ބާރުތަކަށް ނިޞްބަތްވާ 10 މީހުން ހިމެނޭ ގޮތަށް 17 މީހުން މަރުވެފައިވެއެވެ. މިހާރު އެ ހަމަނުޖެހުންތައް ވަނީ އިތުރު ސަރަޙައްދުތަކަށް ވެސް ފެތުރިފައެވެ. އަދި މަރުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 100އަށްވުރެ އިތުރުވެފައެވެ.
ސޫރިޔާގެ ސަލާމަތީ ބާރުތަކުން ދްރޫޒީންނަށް އިތުރު ޙަމަލާތައް ދޭނަމަ ސޫރިޔާގެ ސަރުކާރުގެ އަމާޒުތަކަށް ޙަމަލާތައް ދިނުމަށް އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިޔާ ވަނީ އަންގާފައެވެ. ނަމަވެސް ދްރޫޒީން ވެސް ވަނީ މައްސަލައިގެ ތެރެއަށް ޔަހޫދީން ވަނުމަށް އެ މީހުން ބޭނުން ނުވާ ކަމަށް ބުނަމުންނެވެ. ދްރޫޒީން ވެސް ބޭނުން ވަނީ އެއްބައިވަންތަ ސޫރިޔާއެއް ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ. ދްރޫޒީން ޢާންމު ގޮތެއްގައި ދިރިއުޅެނީ ސޫރިޔާއާއި ލުބްނާންގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގައެވެ. އިސްރާއީލުގައި ދްރޫޒީ ނަސަބުގެ 140,000ށްހާ މީހުން ދިރިއުޅެއެވެ. އިސްރާއީލުން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިންތަކަކީ ވެސް ދްރޫޒީ ނަސަބުގެ ބޮޑު މުޖުތަމަޢެއް ދިރިއުޅޭ ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ވެސް ދްރޫޒީ ދަރިކޮޅުގެ 18,000ށްހާ މީހުން ދިރިއުޅޭ ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
