
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބުނާނުގެ ސަލާމަތާއި މިނިވަންކަމާއި އިސްތިޤުލާލަށް ހުރަަސްއެޅޭ ފަދަ ގޮތަކަށް ޢަމަލު ނުުކުރުމަށް ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަށް އެ ޤައުމުން އިންޒާރު ދީފިއެވެ. ލުބުނާނުގެ ސުޕްރީމް ޑިފެންސް ކައުންސިލުން މި ފަދަ އިންޒާރެއް ދީފައި މި ވަނީ ލުބުނާނުގައި ސަރުކާރުގެ ބޭރުން ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއިން ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތްތަކުން ހަތިޔާރު ބެހެއްޓުމަށް ކުރުމަށް އެމެރިކާއިން ބާރުއަޅަން ފެށީ މިދިޔަ އަހަރުގެ ތެރޭގައި ލުބުނާނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ހަނގުރާމަ ކޮށްފައިވަނިކޮށެވެ. އެ ހަނގުރާމަ ހުއްޓާލާފައި ވަނީ ދެ ފަރާތުގެ ދެމެދުގައި ޤާއިމު ކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ޝަރުތުތަކުގެ ތެރޭގައި ލުބުނާނުގައި ޙަރަކާތްތެރިވާ އެންމެހާ ހަތިޔާރުއެޅި ޖަމާޢަތްތަކުން ހަތިޔާރު ބެހެއްޓުމާއި ޙުއްދަ ނެތި ޤާއިމު ކޮށްފައިވާ އެންމެހާ އަސްކަރީ ބިނާރު ނައްތައިލުން ހިމެނެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސުޕްރީމް ޑިފެންސް ކައުންސިލްގެ ސެކެޓްރީ ޖެނެރަލް، މުޙައްމަދު އަލް-މުޞްޠަފާ ވިދާޅުވީ އެ މައްސަލައިގައި ސަރުކާރަށް އެޅިދާނެ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން އެ ކައުންސިލުން ލަފާ ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ލުބުނާނުގެ ސަލާމަތާއި އިސްތިޤުލާލަށް ހުރަސް އެޅޭފަދަ އެއްވެސް ޢަމަލެއް ހިންގުމަށް ޙަމާސް ޖަމާޢަތުން ލުބުނާނުގެ އެއްވެސް ސަރަޙައްދެއް ބޭނުން ނުކުުރުމަށް އިންޒާރު ދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޙިޒްބުاللهއާ ގާތް ގުޅުމެއް އޮންނަ ޙަމާސުން ލުބުނާނުގައި ޙަރަކާތްތެރިވަމުންދާތާ އެތައް ޒަމާނެއް ވަނީ ވެފައެވެ. ފަލަސްޠީނުގެ އެތައް ހާސް ރެފިއުޖީންނެއް ލުބުނާނުގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އެ ކޭމްޕުތަކުގައި ލުބުނާނުގެ ސަލާމަތީ ބާރުތަކުގެ ބާރު ފުރިހަމައަކަށް ނުހިންގައެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ޙިޒްބުاللهގެ އިތުރުން ލުބުނާނުގައި ޙަރަކާތްތެރިވާ ޙަމާސްގެ ހަނގުރާމަވެެރިން ދަނީ ޔަހޫދީންނަށް އަމާޒު ކޮށް ވައިގެ ޙަމަލާތައް ދެމުންނެވެ. ޔަހޫދީން ލުބުނާނަށް އަމާޒު ކޮށްފައިވާ ޙަމަލާތަކުގައި ޙަމާސްގެ ގިނަ ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލާފައިވެއެވެ. 2024ވަނަ އަހަރުގެ ކުރީކޮޅު ޙަމާސްގެ އިސްވެރިޔާގެ ނައިބު ވެސް މި ފަދަ ޙަމަލާއެއްގައި ޝަހީދު ކޮށްލާފައިވެއެވެ. ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ވަނީ ލުބުނާނުގައި ގެންގުޅޭ ހަތިޔާރަކީ ދައުލަތުގެ ބެލުމުގެ ދަށުން ގެންގުޅޭ ހަތިޔާރު ކަމަށް ހައްދަވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. މުޞްޠަފާ ވިދާޅުވީ ސަރަޙައްދީ ހަމަނުޖެހުންތަކުގެ ތެރެއަށް ލުބުނާނު ވަނުމަށް ރައީސް ފުރުޞަތު ނުދެއްވާނެ ކަމަށާއި ލުބުނާނުން ފަލަސްޠީނުގެ ހައްޤުތަކަށް ވަކާލާތު ކުރުމުގައި އަމިއްލަ ޤައުމުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް އެ މަސައްކަތް ކުރުމަށް އިސްކަން ދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވެސް ހަތިޔާރުއެޅި ޖަމާޢަތްތަކުން ޤާނޫނާ ޚިލާފަށް ގެންގުޅޭ ހަތިޔާރު ހޯދައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ. އަދި ޙަމާސާއި އެހެނިހެން ހަތިޔާރުއެޅި ޖަމާޢަތްތަކުން ވެސް ލުބުނާނުގެ ޤައުމީ ސަލާމަތާއި ހަމަޖެހުމަށް ގެއްލުން ލިބޭ ފަަދަ ގޮތަށްކަށް ޢަމަލު ކުރުން ހުއްޓުވުމުގެ މުހިންމު ކަމަށް ވެސް ކައުންސިލުގައި އަލިއަޅުއްވާލާފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
