
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް އެހީގެ ސާމާނު ނުވެއްދި ދެ މަސް ދުވަސް ފާއިތުވެފައިވާއިރު ކާބޯތަކެއްޗާއި އަސާސީ ސާމާނު ނުލިބުމުގެ ސަބަބުން ޢާންމުންގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށް އދން ބުނެފިއެވެ.
ޔަހޫދީން ދަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ދެ ފަރާތުން ޙަމަލާ ބަދަލު ކުރުން ހުއްޓާލައި, ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ވަނީ ފުރުޞަތު ދީފައެވެ. ނަމަވެސް މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން އަނެއްކާ ވެސް ވަނީ ޣައްޒާއަށް ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައިފައެވެ. އަދި، އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަލުން ވަނީ ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. ޔަހޫދީން އެ ގޮތަށް އަމަލު ކުރަނީ ޙަމާސްގެ ބެލުމުގައި ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް ޕްރެޝަރު ކުރުމުގެ ގޮތުންނެވެ. ނަމަވެސް ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް ޔަހޫދީން އެއްބަސްނުވާ ނަމަ އަސީރުން މިނިވަނުް ނުކުރާނެ ކަމަށް ޙަމާސުން ދަނީ ބުނަމުންނެވެ.
ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އެހީގެ ސާމާނު ޣައްޒާއަށް ނުވެއްދޭތާ 60 ދުވަސް ފާއިތުވެފައިވާ އިރު މިއީ ޣައްޒާއަށް އެހީގެ ސާމާނު އެއްވެސް މިންވަރަކަށް ނުވެއްދި ފާއިތުވި އެންމެ ދިގު މުއްދަތެވެ. ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލު ކުރަމުންދިޔަ ދުވަސްވަރު ޣައްޒާއަށް ވެއްދި ކާބޯތަކެތި މިހާރު ވަނީ ހުސްވެފައެވެ. އޭގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އދގެ އިންސާނީ އިދާރާ، އޯސީއެޗްއޭގެ ބޭފުޅެއް ކަމަށްވާ އޮލްގާ ޝެރެވްކޯ ވިދާޅުވީ ޣައްޒާގައި ލިބެންހުރި މަދު ސާމާނު ހޯދުމަށް ޢާންމުންގެ ތެރޭގައި ތަޅާފޮޅުމާއި ލޫޓުވުން އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ބުދަ ދުވަހު އެކަނި ވެސް ލޫޓުވުމުގެ ފަސް ހާދިޘާއެއް ހިނގާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އެ ފަދަ އެއް ހާދިޘާ ހިނގި މަންޒަރު އޭނާއަށް ހަމަލޮލަށް ފެނިފައިވާ ކަމަށް ޝެރެވްކޯ ވިދާޅުވިއެވެ.
“ހަނގުރާމައިގެ ޙާލަތު ގޯސްވަމުންދާއިރު ޣައްޒާަގައި ލިބެން ހުރި ސާމާނު މި ދަނީ އެއްކޮށް ހުސްވަމުން. ކާބޯތަކެތި މި ވަނީ އެއްކޮށްހެން ހުސްވެފައި. ފެންފޮދެއް ހޯދުން މި ވަނީ ވަރަށް ދަތިކަމަކަށް ވެފައި. އަހަރެން މި ވާހަކަ ދައްކަމުން މި ދާ ވަގުތު ވެސް، މި އިމާރާތުގެ ތިރީގައި ފެންފޮދަކަށްޓަކައި ބަޔަކު އެބަ ތަޅައިފޮޅައި. ހަމަ ދެންމެ މި ތަނަށް ފެން ފޯރުކޮށްދޭ އުޅަނދެއް ވަނީ އައިސްފައި. ފެންފޮދެއް ހޯދުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ އެ ދަނީ ތަޅައިފޮޅައި ލޭ އޮހޮރުވަމުން،” ވީޑިޔޯ މެދިވެރިކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝެރެވްކޯ ވިދާޅުވިއެވެ. ޣައްޒާގައި އިިންސާނީ އެހީ ފޯރު ކޮށްދޭ ބައެއް ޖަމާޢަތްތަކުން ބުނީ އެ ޖަމާއަތްތަކުގެ ބެލުމުގެ ދަށުގައި ހުރި ކާބޯތަކެތި މިހާރު އެއްކޮށް ހުސްވެފައިވާ ކަމަށާއި ޣައްޒާގެ ރައްޔިތުންނަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދެމުންދިޔަ ޢާންމު ބަދިގެތައް ނުހިނގި ބަންދު ކުރަމުންދާ ކަމަށެވެ. ރެޑް ކްރޮސްއިން ބުނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެއްކޮށް ހުއްޓުމަކަށް އައުމަށް ގާތްވެފައިވާ ކަމަށެވެ.
ޝެރެވްކޯ އިތުރަށް ވިދާޅުވީ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް ކުނި ފުނިފުނި ހާވައި ދިރިހުރުމަށްޓަކައި ކަައިބޮއެ ހެދޭނެ ކޮންމެވެސް އެއްޗެއް ފެނޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުޑަކުދިންނާއި މުސްކުޅިން ވެސް ކުނި ފުނިތައް ތެރޭގައި ޙަރަކާތްތެރިވަމުންދާ ކަމަށާއި ކާބޯތަކެތީގެ އިތުރުން އަންދާނެ ތަކެތި ހޯދުމަށް އެ މީހުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
