
އެހާ ފަސޭހައިން އެ ކުލަބުގެ ކޯޗު ޒަބީ އަލޮންސޯ ދޫކޮށްނުލާނެ ކަމަށް ބަޔާ ލެވަކޫސަންގެ ސީއީއޯ ފެނާންޑޯ ކަރޯ ވިދާޅުވެއްޖެއެވެ. ނަމަވެސް އޭނާ ބުނީ މި ސީޒަނަށް ފަހު އަލޮންސޯ ކުލަބުގައި ހުރުމާއި ނެތުމުގައި އޮތީ ފަންސާސް އިންސައްތައިގެ ފުރުސަތެއް ކަމަށެވެ. ލޯރިއަސް ސްޕޯޓްސް އެވޯޑް ހަފުލާއަށް ފަހު ކަރޯ ވިދާޅުވީ ބަލިނުވެ ހުސްވި ސީޒަނުގެ ޖަރުމަނު ލީގު ލެވެކޫސަންއަށް ހޯދައިން ކޯޗާއެކު އޮތީ ވަރަށް ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. “ޒަބީ އަލޮންސޯގެ ކޮންޓްރެކްޓްގައި އޭނާ ދޫކޮށްލާނެ ގޮތެއް ބުނެފައި ނޯންނާނެ. އަދި އަގެއް ވެސް ނޯންނާނެ. އެކަމަކު އަހަރުމެންނާއި އޭނާއާއެކު އޮތީ ވަރަށް ރަނގަޅު އެގްރީމަންޓެއް ހެދިފައި. އެއީ އޭނާ ކުޅުނު ކުލަބަކުން އަތުވެއްޖެނަމަ އަހަރުމެން އެބަޔަކާއެކު އިށީންނާނަން މަޝްވަރާއަށް. އޭނާ ދާނެހާ ގޮތަކަށް ދާން ދޫކޮށް ނުލެވޭނެ،” ކަރޯ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސީޒަން ނިމެންދެން އަލޮންސޯއާ މެދު ގޮތެއް ނުނިންމައި ތިބެން ބޭނުންނުވާ ކަމަށެވެ. މިހެންވެ ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ގޮތެއް ނިންމަން ކޯޗަށްވެސް އަންގާފައިވާނެ ކަމަށެވެ. “އަހަރެންގެ ގަޓް ފީލިން އަކީ އޭނާ ހުރުމާއި މަޑު ކުރުމުގައި އޮތީ 50-50 ޗާންސެއް ކަމަށް. ދެން އަހަރުމެންނަކީ ތަޖުރިބާ ނެތް ބައެއްވެސް ނޫން. ހަމައެކަނި ފައިސާ އަށް ވިސްނާ ބައެއް ވެސް ނޫން. ކޯޗުގެ މަގާމަކީ ވަރަށް މުހިންމު މަގާމެއް. އަދި އެއީ ތެދެއް. އަންނަ ސީޒަނަށް އަހަރުމެން ތައްޔާރުވަމުން މިދަނީ އޭނާއާއެކު،” ކަރޯ ވިދާޅުވި އެވެ.
އަލޮންސޯ ގެންދިއުމަށް މަސައްކަތް ކުރަނީ އޭނާ ކުރިން ކުޅުނު ސްޕެއިނުގެ ރެއާލް މެޑްރިޑުންނެވެ. މިދިޔަ ސީޒަނުގައި އޭނާގެ ކުރީގެ ކުލަބު ލިވަޕޫލްއިން އެކަމަށް މަސައްކަތް ކުރި ނަމަވެސް އަލޮންސީ ނިންމީ ލެވަކޫސަންގައި މަޑުކުރާށެވެ. ނަމަވެސް މި ފަހަރު ރެއާލް މެޑްރިޑުން ކުރާ މަސައްކަތާމެދު އަލޮންސޯވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ. ކަރޯ ވިދާޅުވީ މި ސީޒަނުގައި ޖަރުމަނު ލީގުގެ ދެ ވަނާގައި އޭނާގެ ޓީމު ނިންމާލާނެ ކަމަށް ބެލެވޭއިރު މިހާތަނަށް އަލޮންސޯ ކުލަބަށް ވަރަށް ބޮޑަށް އެއްބާރުލުން ދީފައިވާ ކަމަށެވެ.
ރެއާލްއިން ކޯޗަކު ހޯދަން މަސައްކަތް ކުރަމުންދަނީ މިހާރުގެ ކޯޗު ކާލޯ އެންޗެލޮޓީގެ ބަދަލުގަ އެވެ. އެއީ މި ސީޒަނުގެ ރެއާލްގެ ނަތީޖާތައް ވަރަށް ބޮޑަށް ގޯސްވުމުންނެވެ. ނަމަވެސް ރެއާލްއިން ވެސް އަންޗެލޯޓީ މި ސީޒަނަށް ފަހު ވަކި ކުރުމާމެދު އަދި ސާފުކޮށް ވަކި އެއްޗެއް ނުބުނެ އެވެ. އޭނާއާއެކު ރެއާލްއިން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަނުގެ ނިޔަކަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
