
މާފިއާ ގްރޫޕްތަކަށް އިންޓަރ މިލާނުގެ ދަނޑަށް ވަނުމަށް ޓިކެޓް ހޯދައިދޭން އެހީތެރިވިކަން ފަޅާއެރުމުން، އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ އާއި މިޑްފީލްޑަރު ހަކާން ޗަޅަނޮގްލޫ އެއް މެޗަށް ސަސްޕެންޑް ކޮށްފިއެވެ. މި މައްސަލައިގައި އެ ކުލަބު ވަނީ 70000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. އަދި ނައިބު ރައީސް ހާވިއާ ޒެނެއްޓީ އާއި އިތުރު ދެ އޮފިޝަލަކު ވަނީ 14500 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. ޒެނެއްޓީ ފިޔަވައި އަނެއް ދެ އޮފިޝަލުންނަށް ވަނީ ކުޅިވަރުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން 30 ދުވަހަށް މަނާކޮށްފައެވެ. މީގެ އިތުރުން ކޯޗު 15000 ޔޫރޯއިން އަދި ޗަޅަނޮގްލޫ 30000 ޔޫރޯއިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.
މިގޮތަށް އަމަލުކުރީ މާފިއާ ގްރޫޕްތަކަށް ޓިކެޓް ހޯދައިދޭން އެހީތެރިވުމުގެ ކުށުގަ އެވެ. މިކަން ފަޅާއެރީ އިންޓަރ އަލްޓްރާސް ގްރޫޕުން އެ ގްރޫޕުގެ ލީޑަރު މަރާލުމާ ގުޅިގެން ހިންގި ތަހުގީގުގައެވެ. އިޓަލީގެ ނޫސްތަކުން ބުނަނީ އަލްޓްރާ ގްރޫޕަކީ ހަމަނުޖެހުންތައް ހިންގަ، ޚާއްސަކޮށް އިންޓަެ މިލާނާއި އޭސީ މިލާން ހިއްސާކުރާ ސެންސީރޯ ސްޓޭޑިއަމަށް ގަވާއިދާ ޚިލާފަށް ވަދެ ވަގު ވިޔަފާރި ކުރުމާއި ހަމަނުޖެހުންތައް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށެވެ. އަދި މި ގްރޫޕަށް އިންޓަރގެ ކޯޗާއި ކުޅުންތެރިންނާއި އޮފިޝަލުން އެކި ގޮތްގޮތުން އެހީތެރިވެފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. އަދި މި ތަހުގީގު އަދިވެސް ކުރިއަށްދާއިރު، ފިޔަވަޅު އަޅާފައިވަނީ އިޓާލިއަން ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން އަމަލުކުރަންޖެހޭ ގަވާއިދުތަކާވެސް މި ފަރާތްތަކުން ޚިލާފުވެފައިވާތީ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
