
ރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލުނުކަމަށް ބުނާ ސަރަހައްދު ގެއްލުނީ ކުރީ ސަރުކާރުގައި ހުންނެވި ބަންޑާރަނައިބު އިބްރާހީމް ރިފްޢަތު ދޫކޮށްލެއްވުމުންކަމަށް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުޙައްމަދު މުނައްވަރު ވަނީ ރާއްޖޭގެ ދެކުނުގެ ކަނޑުން ބައެއް ގެއްލުނު މައްސަލަ ހިނގާދިޔަގޮތް ކިޔައިދެއްވާފައެވެ. ޑރ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ އިޤްތިޞާދީ ސަރަޙައްދު އެހެން ދަޢުލަތެއްގެ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާކަމަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީއަށް ހުށަހަޅައިގެން ކުރިއަށްދިޔައިރު އެއީ ސީރިއަސް މައްސަލައެއްކަމަށް އޭރުގެ ސަރުކާރަށް ދެންނެވިކަމަށެވެ. އަދި އެމައްސަލައިގައި ދަޢުލަތުގެ ކަމާއިބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެއްކޮށް ކުރިއަށްގެންދިޔުމަށާއި ސިއްރު ނުކުރުމަށް ދެންނެވިކަމަށްވެސް ޑރ.މުނައްވަރު ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަމަށް އޭރުގެ ސަރުކާރުން ފިޔަވަޅު ނޭޅުމުން ކަނޑުހޯދުމަށް ވަކާލާތު ކުރަން ފެށިކަމަށް އޭނާވިދާޅުވިއެވެ. މުނައްވަރު ވިދާޅުވީ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީގައި އެމައްސަލަ ކުރިއަށްގޮސް ނިމެން ކައިރިވީއިރުވެސް ދިވެހި ދަޢުލަތުން ނަގަންޖެހޭ ޕޮޒިޝަން ނުނަންގަވާކަމަށް ޤަބޫލުކުރައްވާކަމަށެވެ. “ދެންވެސް ދެންނެވިން މި މައްސަލައަށް ސަމާލުކަން ދެއްވާށޭ. ކީއްވެގެންތޯއޭ މިކަން ނުކުރައްވާ ތި ތިއްބަވަނީ. މައްސަލަ ނިމުނީ ދެ ޤައުމުގެ ދޭތެރޭގައި އޮތް ސަރަޙައްދު ދެފަރާތަށް ހަމަވާގޮތަށް ބައި ކޮށްލުމަށްފަހު. ނަމަވެސް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާ ބެހޭ ޤާނޫނު ޑްރާފްޓް ކުރިމީހާގެ ހައިސިއްޔަތުން އަޅުގަނޑު ޤަބޫލެއް ނުކުރަން އެތަނަކީ ހަމައަށް އެއްވެސް ބަޔަކާއެކު ބައިކުރަންޖެހޭ ތަނެއް ކަމަށް. ރާއްޖެއަށް އެއްކޮށް 200 މޭލު ލިބިފައި ބާކީއޮތް އެއްޗެެއް އެހެންބަޔަކަށް ލިބެންވާނީ” ޑރ. މުހައްމަދު މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ މި މައްސަލައިގައި އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމަށެވެ. ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ވަނީ ނިންމާފައެވެ. ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ މޮރިޝަސްގެ ފަރާތުން އިޓްލޮސްއަށް ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް މިސަރުކާރުން ވިދާޅުވެއެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ސާދަ ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މިމައްސަލާގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާ ވަނީ ހަވާލުކުރައްވާފައެވެ. އަދި އެނިންމުން ދިރާސާކޮށ،ް މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްވެސް ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
