
ޒުވާނުންގެ މުޒާހަރާގެ އަޑުއައްސަވާ ރައީސް ފެއްޓެވި މަސައްކަތް ބަލައިގަންނަ ކަމަށް މާލޭގައި މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ބުނެފިއެވެ. މާލޭގައި ޒުވާނުން މިހާރު ކުރަމުން އަންނަ މުޒާހަރާއާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ދަ ޔުނައިޓެޑް ޔޫތު އޮފް ދަ ނޭޝަންއިންވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި މައުލޫމާތު ދިނީ މިމުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ދެޒުވާނުން ކަމަށްވާ އަހުމަދު އަޝްފާޤުއާއި އާމިނަތު ޒާނާ އަހުމަދެވެ.
ސަމަރބީޗްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަހުމަދު އަޝްފާޤު ބުނީ ޒުވާނުން އެއްވުމުގެ މައިގނަޑު މަޤްސަދަކީ މިމަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ކުއްޖާއަށް އިންސާފް ހޯދާދިނުންކަމަށެވެ. އަދި އެމީހުންނަކީ ވަކިހިސާބަކަށް ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއް ނޫންކަމަށާއި، އެއީ އިންސާފަށް ލޯބިކުރާ ހަރުދަނާ ޤައުމެއް ހިންގުމަށް ހަވާލުވެފައި ތިބި ޒުވާނުންތަކެއް ކަމަށެވެ. “މިހަރަކާތް ފެށިގެން އައި ދުވަހުން ފެށިގެންވެސް މިއަށް ސިޔާސީ ނުފޫޒް ފޯރުވުމުގެ ގޮތުން މަސައްކަތް ފަށާފައިވޭ. ނަމަވެސް މިކަމަކީ ސިޔާސީ މައްސަލައެއް ނޫންކަމަށާއި، މިއީ އަދުލު އިންސާފް ޤާއިމްކޮށް އެންމެންނަށް އެއް ޤާނޫނެއް ތަންފީޒުކުރުމަށް ކުރާ މަސައްކަތެއް” އަޝްފާޤު ބުންޏެވެ.
އަޝްފާޤު ބުނީ ޒަމާނުއްސުރެންވެސް ޒުވާނުން ފެއިލްވެފައިވާ ނިޒާމެއް ބަލައިނުގަންނަކަމަށެވެ. އަދި އެމީހުން އެދެނީ ޤައުމު އިސްލާހްކޮށް ސުލޫކީ މިންގަނޑުތަކަށް ޤައުމު ފެއްތުންކަމަށްވެސް އޭނާ ބުންޏެވެ. އަދި ސްކޫލްތަކާއި މުޖްތަމަޢުގައި ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޒުވާނުންވަނީ ހަލާކުގެ ތެރެއަށް ވެއްޓިފައި ކަމަށާއި، އެދެނީ މިވަބާއިން ޒުވާނުން ސަލާމަތްކޮށް ރަނގަޅުގޮތް މަގުދައްކައި ރަނގަޅު ފަރުވާއެއް ލިބޭނެ މަގުފަހިކޮށްދިނުންކަމަށެވެ. އަދި ބޭނުންވަނީ އަންނަން އޮތް ޖީލަށް އިންސާފް ޤާއިމްވެފައި އޮތުންކަމަށްވެސް އަޝްފާގު ބުންޏެވެ.
އަޝްފާޤު ބުނީ ޒުވާނުންކުރާ މިއިހްތިޖާޖުގެ އެއްވެސް އެއްވުމެއްގައި މެއި ޑޭއާ ގުޅޭނެ އެއްވެސްކަމެއް ނުކުރާނެކަމަށެވެ. އަދި ފާއިތުވެދިޔަ 6 ދުވަހު ކުރި މުޒާހަރާގައި ޒުވާނުންގެ އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތް ބަލައިގަންނަކަމަށް އޭނާ ބުންޏެވެ. އަޝްފާޤުބުނީ މީގެ ކުރިންވެސް ސަރުކާރުން ޒުވާނުންނަށް ކޮށްދިން ރަނގަޅުކަންތައްތައް ބަލައިގަންނަކަމަށެވެ. މިއިޙްތިޖާޖުގެ ސަބަބުން ވިޔަފާރިތަކަށް ބުރުއަރާ އާންމުންނަށް އުނދަގޫވާކަން ފާހަގަކޮށް މިކަންކަމަށް ހުރިހާ އެންމެންގެ ފަރާތުން އަޝްފާގުވަނީ މަޢާފަށް އެދިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
