
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބީއެމްއެލްއާއި ގުޅިފައިވާއި، ކާޑު ނެޓްވޯކްތައް މެދުވެރިކޮށް ރާއްޖެ އިސްތިހާރު ކުރުމަށް، ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގެ ހަވާސާގެ ތެރެއިންނެވެ. މިއެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސީއީއޯ މުހައްމަދު ޝަރީފްއެވެ.
މިއެއްބަސްވުމުގެ ދަށުން ބޭންކުގެ ގްލޯބަލް ޕާޓްނަރ ނެޓްވޯކްތައް މެދުވެރިކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރާނެއެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތަކުންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ފަރާތްތަކުން ދޭ އޮފަރތައް ކާޑު ހޯލްޑަރުންނަށް މެއިލް މެދުވެރިކޮށް ފޮނުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިކަމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ރާއްޖޭގެ ފަތުވެރިކަން ޕްރޮމޯޓް ކުރުމަށް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ އެންމެ އެކަށޭނެ ފަރާތްތައް ދެނެގަނެވި އެފަރާތްތަކަށް އެ މައުލޫމާތު ދެވުން ކަމަށެވެ.
“އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ޑޭޓާބޭސް އެކޭ. ރާއްޖެ އަންނަ ކޮންމެ ފަރާތަކީ ކޮންމެވެސް ކާޑެއް، ގެންގުޅޭ ފަރާތެއް. ވިސާ ވިއަސް އެމެރިކަން އެކްސްޕްރެސްވިއަސް، މާސްޓަރ ކާޑް ނޫނީ ޔޫނިއަން ޕޭއި ވިއަސް. އެފަރާތްތަކުން ކާޑުތައް ކުރިން ބޭނުންކުރި ގޮތުގެ މައުލޫމާތު ހުންނާނެ. އެހެންވީމަ ރާއްޖެ އައުމަށް އެކަށީގެންވާ އަޅުގަނޑުމެން ބޭނުންވާ ވަކި ޓާގެޓަކަށް ކޮމިއުނިކޭޝަން ފޮނުވާލެވޭނެ. މިއީ އެންމެ ބޮޑު އެޑްވާންޓޭޖަކީ” ޝަރީފް ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ޝިއުރީ ވިދާޅުވީ، ބޭންކުގެ އެކިއެކި ކާޑް ނެޓްވޯކްތަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބިގެން ދިއުމަކީ ޑެސްޓިނޭޝަން މާކެޓް ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
” އެ ބޭފުޅުން އަތުގައި ހުންނާނެ ހައިއެންޑް ކަސްޓަމަރ ބޭސްއެއް. އަޅުގަނޑުމެން ގުޅިގެން ރާއްޖޭގެ އެކިއެކި ކެމްޕެއިންތައް ކުރިއަށް ގެންދެވޭނެ. އެކި އެކްސްޕީރިއަންސްތައް އަޅުގަނޑުމެންނަށް ޕްރޮމޯޓްކުރެވޭނެ. މިހާރުވެސް ބީއެމްއެލްއަށް ރިސޯޓުތަކާއި އެކި ތަންތަނުން ފީޑްބެކްސް ލިބޭ، މި ގުޅުމާއެކު މަންޒިލް އިތުރަށް ކުރިއަރުވަން ފުރުސަތުތައް ލިބިގެންދާނެ. ” ޝިއުރީ ވިދާޅުވިއެވެ. އެމްއެމްޕީއާރްސީއާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު މިއެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ރާއްޖެ ޕްރޮމޯޓް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް، ޓުއަރ އޮޕަރޭޓަރުންނާއި އެއަރލައިންތަކާއެކުވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
