
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާއި އިނގިރޭސިވިލާތުގެ ފައުޖުން ގުޅިގެން ޔަމަނުގެ ވެރިރަށް ޞަންޢާ ކައިރި ސަރަޙައްދަކަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ. ޞަންޢާގެ ދެކުނުގައި,އެ ސަހަރާ 24 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޙައްދަކަށް އެމެރިކާއާއި އިނގިރޭސިވިލާތުން ޙަމަލާ ދީފައި ވަނީ ދަންވަރުގެ ވަގުތެއްގައެވެ. އެ ޙަމަލާއާ ގުޅޭ ތަފްސީލީ މަޢުލޫމާތު ޙިއްޞާ ކޮށް އިނގިރޭސިވިލާތުން ބުނީ ޙަމަލާ އަމާޒު ކުރީ ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެެއް ކަމަށްވާ ޙޫޘީންގެ ޑްރޯން އުފައްދާ މަރުކަޒަކަށް ކަމަށެވެ. ރަތް ކަނޑުގައި ދަތުރު ކުރާ އިޒްރޭލާއި އެމެރިކާއާ ގުޅުންހުރި އުޅަނދުތަކަށް ޙަމަލާ ދިނުމަށް ޙޫޘީން ބޭނުން ކުރަނީ އެ މަރުކަޒުގައި އުފައްދާ ޑްރޯން ކަމަށް އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އެ ވުޒާރާއިން ބުނީ ޙަމަލާތައް ދީފައި ވަނީ ވީހާ ވެސް ބޮޑަށް އާންމުންނަށް ލިބޭ ގެއްލުން ކުޑަވާނެ ގޮތަކަށް ކަމަށެވެ. ނަމަވެސް އޭގެ ތަފްޞީލު ދީފައެއް ނުވެއެވެ.
އިނގިރޭސިވިލާތާ ޚިލާފަށް އެމެރިކާއިން ޔަމަނަށް ދިން ޙަމަލާއާ ގުޅޭގޮތުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ. މިދިޔަ މާރިޗު މަހުގެ 15ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ވަނީ ޔަމަނަށް ދެމުުންދާ ޙަމަލާތައް ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ. 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޔަހޫދީން އިސްތިއުމާރު ކޮށްފައިވާ ފަލަސްޠީނުގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޙޫޘީން އިޒްރޭލާ ގުޅުންހުރި ބޯޓުފަހަރަށް ޙަމަލާ ދިނުމުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކަށް ބުރޫއަރައި, އެ މަގުތައް ބޭނުންކުރާ ވިޔަފާރިތަކަށް ވަނީ ޚަރަދު ބޮޑު އަދި ދިގު މަގުތަކުން ދަތުރުކުރުމަށް މަޖުބޫރު ވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ އުފުލެން ވަނީ ފަށައިފައެވެ. ޔަމަނާ ދެކޮޅަށް އެމެރިކާއިން ދޭ ޙަމަލާތައް އިތުރު ކޮށްފައި ވަނީ މި ސަބަބަށްޓަކައެވެ. އެ ޙަމަލާތައް ނުހުއްޓާހާ ހިނދަކު ޔަމަނަށް ޙަމަލާތައް އަމާޒު ކުރަމުންދާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
މާރިޗު މަހުގެ 15ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމެރިކާއިން ވަނީ ޔަމަނުގެ 1،000އަށްވުރެ ގިނަ އަމާޒަކަށް ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ޙޫޘީ ހަނގުރާމަވެރިންނާއި އިސްވެރިން ޤަތުލު ކޮށްފައިވާ ކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. ނަމަވެސް އެ ޙަމަލާތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ އާންުމުން ޝަހީދުވަމުން ދާތީ އެ ކަމާމެދު އޮތް ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. މިދިޔަ ހޯމަ ދުވަހު އެމެރިކާއިން ޔަމަނުގައި ހުންނަ އެފްރިކާއަށް ނިޞްބަތްވާ ހިޖުރަވެރިން ބަންދު ކޮށްފައި ހުރި މަރުކަޒަކަށް ޙަމަލާދީ 48 މީހުން މަރާލާފައިވެއެވެ. ސަންޢާގެ އިންސާނީ ހަައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ވަތާނާއިން ބުނީ އެެމެރިކާއިން މި ފަހުން ދީފައިވާ ޙަމަލާތަކުގައި ޔަމަނުގެ އެތައް ސަތޭކަ އާންމުންނަށް ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑު ކޮށްފައިވާ ކަމަށެވެ.
ވަތާނާގެ ޗެއަރވުމަން، ރަދްޔާ އަލް މުތަވައްކިލް ވިދާޅުވީ ފާއިތުވި 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަމަނުގައި ބަދަލުކުރަމުންދިޔަ ޙަމަލާތަކުގައި ކަމާ ގުޅުން ނެތް އާންމުންނަށް ޙަމަލާތައް އަމާޒުވެފައިވާ ކަމަށާއި އެ ޙަމަލާތައް ދީފައި ވަނީ އެ މީހުންގެ ރައްކާތެރިކަމަށް އެއްވެސް ބެލުމެއް ނެތި ކަމަށެވެ. ޔަމަނަށް ދެމުންދާ ޙަމަލާތަކަށް ނިމުމެއް އަންނާނެކަމުގެ އުންމީދު އާންމުންގެ މެދުގައި އައުވެފައި ވަނިކޮށް އަނެއްކާ ވެސް އެމެރިކާގެ ޙަމަލާތަކުގެ ޝިކާރައަކަށް އެ މީހުން ވެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސްވެރިޔަކު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ޑިޓެންޝަން ސެންޓަރަށް ދިން ޙަމަލާގައި އާންމުންގެ ބަޔަކު މަރުވި ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި އެ ކަން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
