
ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕަށްވުރެ ކަމުދަނީ މިހާރުގެ ކޯޗު އާނޭ ސްލޮޓް ކަމަށް ދޭހަވާގޮތަށް ފޯވަޑް މުހައްމަދު ސަލާހް ވާހަކަ ދައްކައިފި އެވެ. 20 ވަނަ ފަހަރަށް ލިވަޕޫލަށް އިނގިރޭސި ޕްރެމިއާ ލީގު ހޯދައިދިނުމަށް ފަހު ވާހަކަ ދައްކަމުން މިސުރުގެ ފޯވަޑް ސަލާހު ބުނީ އޭނާ ޖަހާފައިވާ ގޯލުގެ އަދަދުން އެކަން ސާފުވާނެ ކަމަށެވެ. އޭނާ މިހެން ބުނީ ކްލޮޕަށްވުރެ ރަނގަޅަށް ސްލޮޓް، އޭނާ ލައްވައި މޮޅަށް ކުޅުވިތޯ މެޗަށް ފަހު ސްކައި ސްޕޯޓްސްގެ ޕްރެޒެންޓަރު ސުވާލު ކުރުމުންނެވެ.
“އަހަރެންގެ ނަންބަރުތަކުން (މި ސީޒަނުގެ ތަފާސް ހިސާބުތަކުން) އެނގޭނެ އެކަން ވަރަށް ރަނގަޅަށް. އޭނާ (ސްލޮޓަކީ) އަކީ ވަރަށް ސާފުކޮށް ބުނާ މީހެއް. ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް އޭނާ އަކީ. އޭނާ އަހަރުމެންނަށް ކަންކަން ފަސޭހަކޮށްދިން. ސަބަބަކީ އޭނާ ބޭނުންވަނީ ކޮން ކަމެއްކަން ވަގުތުން އެނގޭނެ،” ސަލާހް ބުންޏެވެ.

އުމުރުން 32 އަހަރުގެ ފޯވަޑް ސަލާހް ލިވަޕޫލަށް ގެނައީ 2017 ވަނަ އަހަރު ކްލޮޕެވެ. އޭނާގެ ކޯޗުކަމުގައި ސަލާހް ވަނީ ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑްކަޕާއި ޔޫރަޕިއަން ސުޕަކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ޕްރެމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ދެ ފަހަރު ހޯދައިފަ އެވެ.
ނަމަވެސް މިދިޔަ ސީޒަނުގައި ފަހު ބައިގައި ސަލާހާއި ކްލަޕާ ދެމެދު ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ. އެއީ ލިވަޕޫލަށް ލީގު ނުލިބޭނެކަން ކަށަވަރުވި ހިސާބުންނެވެ.
އޭގެ ފަހު ސްލޮޓް ހަވާލުވުމަށްފަހު މިހާރު ވަނީ ސަލާހް ލައްވައި ކުރިއަށް ދެ އަހަރު ކުލަބުގައި މަޑުކުރުވަން ސޮއިކޮށްފަ އެވެ. އަދި އޭނާ ވަނީ މި ސީޒަނުގެ ޕްރެމިއާ ލީގުގައި 28 ގޯލު ޖަހައިފަ އެވެ. އަދި މިހާރު ބޮޑަށް ބެލެވެނީ ރަންބޫޓު ގެންދާނީ ވެސް ސަލާހް ކަމަށެވެ.
އޭނާ ބުނީ ކްލޮޕާއި އެކުގައި ކުޅުނު މުހިންމު ބައެއް ކުޅުންތެރިން ނެތި މި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރެވުމަކީ ވަރަށް ކާމިޔާބީ ވަރަށް ބޮޑަށް ހާއްސަވާ ކަމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
