
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ފޯރު ކޮށްދޭން ހުރި ކާބޯތަކެތީގެ އެހީ ޣައްޒާއިން ހުސްވެފައިވާ ކަމަށް އދން ބުނެފިއެވެ. ޣައްޒާގެ މުސްލިމުންަ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހު ޔަހޫދީން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އޮކްޓޯބަރު 7ން ފެށިގެން މިހާތަނަށް ޔަހޫދީން ވަނީ ފަލަސްޠީނުގެ 51،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފައެވެ. ޣައްޒާއަށް އެއްވެސް ސާމާނެއް ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައިވާތާ އަށް ހަފުތާއަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ޣައްޒާއިން މިހާރު ވަނީ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ސާމާނު އެއްކޮށްހެން ހުސްވެފައެވެ.
އދގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ޑަބްލިޔުއެފްޕީން ބުނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުން ދިޔުމުގެ ސަބަބުން، ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދުވަސްވަރު ޣައްޒާއަށް ވައްދާފައިވާ އެހީގެ ސާމާނު މިހާރު އެއްކޮށް ހުސްވެފައިވާ ކަމަށެވެ. ޣައްޒާއަށް ތަކެތި ވެއްދުން މަނާކުރިތާ އަށް ހަފުތާ ފާއިތުވެފައިވާ އިރު، އޭގެ ސަބަބުން ޣައްޒާގެ މިލިޔަނަކަށް ވުރެ ގިނަ ކުޑަކުދިން ދަނީ ބަނޑުހައިހޫނުކަމާއި ބަނޑަށް ޖެހުމާ ކުރިމަތިލަމުންނެވެ. ޣައްޒާގެ ރައްޔިތުން ދަނީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ޣައްޒާއަށް ވެއްދުމަށް އާދޭސް ކުރަމުންނެވެ.
ޑަބްލިޔުއެފްޕީގެ މަންދޫބެއް ވިދާޅުވީ އެ އިދާރާއިން މީގެ ކުރިން ޣައްޒާގެ 400،000އެއްހާ މީހުންނަށް ކާބޯތަކެތި ފޯރު ކޮށްދެމުން ދިޔަ ކަމަށެވެ. ޣައްޒާގައި ޙަރަކާތްތެރިވާ ހުރިހާ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭ ގޮތަށް އެއް މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރު ކޮށްދެމުންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ޑަބްލިޔުއެފްޕީ މެދުވެރިކޮށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ ކާނާ އެއްކޮށްހެން ހުސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާއަށް ސާމާނު ވެއްދުމުގެ ފުރުޞަތު ދީ އެކި ޖަމާޢަތްތަކުން ޣައްޒާގެ ރައްޔިތުންނަށް އެހީ ދިނުމަށް ފުރުޞަތު ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑަބްލިޔުއެފްޕީން ބުނީ ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނުގެ ތެރެއިން އެންމެ ފަހަށް ހުރި ބައި ކެއުން ތައްޔާރު ކުރާ ބަދިގެއަކާ މިހާރު ޙަވާލު ކޮށްފައިވާ ކަމަށެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެ ބަދިގެއިން ވެސް ސާމާނު ހުސްވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ޑަބްލިޔުއެފްޕީން އިތުރަށް ބުނީ 116،000 މެޓްރިކް ޓަނުގެ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ތައްޔާރަށް ހުރި ކަމަށާއި އެ ތަކެތިން އެއް މިލިޔަން މީހުންނަށް ހަތަރު މަސް ދުވަހަށް ކާން ދެވޭނެ ކަމަށެވެ. އދގެ އިސްވެރިޔާ އެންތޯނިޔޯ ގުތޭޚޭޝްގެ ތަރުޖަމާނު ސްޓެފާން ދުޖަރިކް ވިދާޅުވީ ޔަހޫދީން ހުރަސްއެޅުމުގެ ސަބަބުން އެއްވެސް ސާމާނެއް ޣައްަޒާއަށް ނުވެއްދޭތީ އެ ސަހަރުން ކާބޯތަކެއްޗާއި ފޭލިގެ ފަދަ ތަކެތި ހިމެނޭ ގޮތަށް ހުރިހާ އަސާސީ ސާމާނު ހުސްވެފައިވާ ކަމަށެވެ. ކުޑަކުދިން ބަނޑަށް ޖެހެމުންދާ ކަމަށާއި ބަލި މީހުންނަށް ފަރުވާ ނުދެވޭ ކަމަށާ، އޭގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންގެ ފުރާނަ ގެއްލެމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ޣައްޒާއަށް ތަކެތި ނުވެއްދޭ ގޮތަށް ފިޔަވަޅު އަޅާފައިވާތާ ދެ މަހާ ގާތް ވެފައިވާ އިރު އެ ހުރަސްތައް ވަގުތުން ވަގުތަށް ނައްތާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުޖަރިކް ވިދާޅުވީ ޣައްޒާއިން ތަކެތި ހުސްވުމުގެ ސަބަބުން މިހާރު ލިބެން ހުރި މަދު އެއްޗެހީގެ އަގު ވެސް އެތައް ގުނައަކަށް އުފުލިފައިވާ ކަމަށެެވެ. ބައެއް އަސާސީ ސާމާނުގެ އަގު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކޮށްފައި އޮތް ދުވަސްވަރު ހުރި އަގަށްވުރެ 1400 އިންސައްތައަށް އުފުލިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ކިރާއި ބިހާއި މޭވާއާއި އެއްގަމު މަސް މިހާރު އެއްވެސް ވަރަކަށް ޣައްޒާއިން ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނީ ފާއިތުވި ހަފުތާތަކުގައި 52 މީހުން ބަނޑަށް ޖެހިގެން ޝަހީދުވެފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
