
(ފޮޓޯ ކްރޭޑިޓްސް: ރައީސް އޮފީސް)
ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މާލޭގައި ދާދިފަހުން ޒުވާން އަންހެނަކު ގެއަކުން ވެއްޓުނު މައްސަލައާ ސިޔާސީ މަގާމެއްގައި ތިބި ބަޔަކާ ގުޅުން އޮތް ކަމަށް ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ތަފާތެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެއްވެސް މީހެއްގެ ނަސަބަކަށް ނުވަތަ މަގާމަކަށް ނުވަތަ މުއްސަނދި ކަަމަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ބަލައިގެން ތަފާތުކުރުމެއް ނޯންނާނެ ކަމަށެވެ. “ރަހުމަތްތެރި ކަމަކަށް އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫން ވެސް ކަމަކަށް ބަލައި މި ކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ،” ރައީސް ވިދާޅުވި އެވެ.
ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން ނުވަސް ކުރާނަން. އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް،…
— Dr Mohamed Muizzu (@MMuizzu) April 24, 2025
އެ މައްސަލާގައި އަނިޔާވި އަންހެން ކުއްޖާ އެންމެ ފުރަތަމަ ދިޔައީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ، މއ. މާންދުގެދެކުނުގެއަށެވެ. އެއީ އަމީންގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ތިން މީހުންގެ ރަޖިސްޓްރީގައި އޮންނަ ގެއެކެވެ. އޭނާ ވެއްޓުނީ އެގެއިން ނިކުމެގެން އެހެން ގެއަކަށް ގޮސް އުޅެނިކޮށެވެ. އެގޭގައި އޮތް ހަފުލާއެއްގައި އަމީންގެ އެއްބަނޑުއެއްބަފާ ދެ މީހުންގެ ދެ ދަރިން ވެސް ތިއްބެވެ. އޭގެ ތެރެއިން އިޒުދިޔާން މުހައްމަދު މައުމޫނު މިހާތަނަށް ހުރީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިކްގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. އެމައްސަލަ ފެންމަތިވިތާ ހަފުތާއެއް ވެފައި ވަނިކޮށް އިޒުދިޔާން މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އޭނާގެ އިތުރުން، އެ މައްސަލާގެ ބައިވެރިވި ކަމަށް ތުހުމަތުވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ކަމަށްވާ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފަ އެވެ. އެކަމަކު، އެ މައްސަލާގައި ދާއޫދަށް ތުހުމަތެއް އޮތް ކަމަކަށް ފުލުހުން ނުބުނެ އެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
