
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކު ކާޑުގެ މަޢުލޫމާތު ހާމަވިޔަސް، މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުވާނެކަން ކަށަވަރުކުރައްވާނެކަމަށާއި ކާޑުގެ މުޢާމަލާތްތަކުގެ ފުރިހަމަ ރައްކާތެރިކަން ކަސްޓަމަރުންނަށް ލިބޭނެކަމަށް ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން ވިދާޅުވީ ބޭންކު ކާޑާއި ފައިސާގެ މުޢާމަލާތްކުރާ ނިޒާމު ފަރުމާކޮށްފައިވަނީ ފައިސާ މުޢާމަލާތާ ގުޅޭ ބައިނަލްއަޤުވާމީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އޮންލައިންކޮށް ކުރެވޭ ފައިސާގެ މުޢަމާލާތްތަކަށް އެކަށީގެންވާ ވެރިފިކޭޝަން ނިޒާމެއް ހިނގައި، މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. ނަމަވެސް ބޭރުގެ ފައިސާގެ މުޢާމަލާތު ހިންގައި ފަރާތްތައް ހެކުވެ، މަޢުލޫމާތު ހާމަވާ ހާލަތްތަކުގައި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިޔަން ކަސްޓަމަރުންނަށް މިފަދަ ހާލަތްތައް ދިމާވެފައި އެބަ ހުއްޓެވެ. ބީއެމްއެލްއިން ވިދާޅުވީ ބޭރުގެ އެކިއެކި ފައިސާގެ މުޢަމަލާތްކުރާ ފަރާތްތައް ހެކުވެ، މަޢުލޫމާތު ހާމަވާ ހާލަތްތަކަށް ބީއެމްއެލްއިން އަހުލުވެރިވާނެ ކަމަށެވެ. އަދި ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް، ކާޑުގެ މަޢުލޫމާތު ހާމަވެދާނެ ކަމެއް ހިނގައިތޯ މޮނިޓަރކުރާކަމަށްވެސް އެ ބޭންކުން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ މަޢުލޫމާތު ހާމަވަގެންދާ ހާލަތެއްގައި ނުވަތަ ޑޭޓާ ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި، ބޭންކުން ވަގުތުން ކާޑު ބްލޮކްކޮށް، އައު ކާޑެއް ދޫކުރާނެ ކަމަށެވެ. އަދި މިފަދަ ކަމަކުން ފައިސާ ގެއްލިއްޖެނަމަ ޑިސްޕިއުޓްކުރުމުގެ ފުރުސަތު ކަސްޓަމަރަށް ދެވި، ގެއްލުނު ފައިސާ ހޯދައިދެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އެހެންކަމުން ހެކްވެ، ކާޑުގެ މަޢުލޫމާތު ހާމަވާ ހާލަތްތަކުގައި މާލީ ގޮތުން ގެއްލުން ނުވާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. ބޭންކު މެދުވެރިކޮށް ހިނގައި އޮންލައިން މުޢާމަލާތްތަކުގައި ފައިސާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ބީއެމްއެލްއިން ކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
