
ބާސެލޯނާއިން އެ ޓީމުގެ ޒުވާން ފޯވަޑް އަންސޫ ފަޓީ ވިއްކާލަން ބޭނުންވުމާއެކު އޭނާގެ އެޖެންޓް ޖޯޖް މެންޑޭޒް މަޝްވަރާތައް ފަށައިފި އެވެ. ގާތްގަނޑަކަށް ބައި އަހަރަށް ފަހު ފަޓީ ބާސެލޯނާ އަށް މެޗެއް ކުޅެދިނީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން ބާސެލޯޖާ 1-0އިން މޮޅުވި މެޗުގައި އޭނާ ސްޓާޓް ކުރި ނަމަވެސް ފަހު ހާފުގައި ވަނީ ބަދަލުކޮށްފަ އެވެ. ބާސެލޯނާ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ އަށް ފަހު އެކުލަބުގެ 10 ނަންބަރު ޖާޒީގައި ކުޅެމުން އަންނަ ފަޓީ އަށް އެކުލަބުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. މިހެންވެ މި ސީޒަން ފެށުމުގެ ކުރިން ވެސް އޭނާ ވިއްކާލަން ކުލަބުން ބޭނުންވި އެވެ. ނަމަވެސް އެކަން ނުކުރެވުނީ ކުޅުންތެރިޔާ އެއްބަސްނުވުމުންނެވެ.
އުމުރުން 22 އަހަރުގެ ފޯވަޑް ވިއްކާލަން ބާސެލޯނާ އިން ބޭނުންވާއިރު އޭނާގެ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ވެސް މިހާރު ބާސެލޯނާ އަށް ވަނީ ފަހިވެފަ އެވެ. އެއީ ކުލަބުގައި މަދުވެގެން ތިން އަހަރު ކުޅެފައިވާ 24 އަހަރުން ދަށުގެ ކުޅުންތެރިންގެ ކޮންޓްރެކްޓް މުސާރައިގެ ލިމިޓަށް ގްރޭސް ޕީރިއަޑެއްލާފައި އައު ކުރުމުގެ ފުރުސަތު ސްޕެނިޝް ލީގުން މިހާރު ދީފައިވާތީ އެވެ. އަންސޫ ފަޓީ މިހާތަނަށް ބާސެލޯނާ އަށް ކުޅެފައިވަނީ ޖުމުލަ 85 މެޗެވެ. ޖަހާފައިވަނީ 22 ގޯލެވެ. ސްޕޭނުގެ ގައުމީ ޓީމަށް 10 މެޗުން ދެ ގޯލު ޖަހާދީފައިވާ ފޯވަޑް ގަތުމަށް ސްޕޭނާއި އިނގިރޭސިވިލާތުގެ މެދު ފަންތީގެ ކުލަބުތަކުން ބޭނުންވެ އެވެ.
ޖޯޖް މެންޑޭޒް ބާސެލޯނާއާއެކު މަޝްވަރާތައް ފަށާފައިވާއިރު އޭނާ އަކީ އެކުލަބުގެ ވަރަށް ގިނަ ކުޅުންތެރިންގެ އެޖެންޓެއްވެސްމެ އެވެ. މިހެންވެ ލަމީން ޔަމާލް ފަދަ ކުޅުންތެރިންގެ އެއްބަސްވުން އައު ކުރުމަށް ވެސް ބާސެލޯނާއިން އޭނާއާ މަޝްވަރާ ކުރާނެ ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
