
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
މިއަހަރުގެ ތެރޭގައި އެއްފަހަރާ 2000އަށްވުރެ ގިނަ މަޝްރޫޢު ފެށިގެންދާނެކަން މިއަދު ޔަޤީންވެގެންދިޔަކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ދުވަސް ތަކަކަށްފަހު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއެކު މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ވަރކިންގ ސެޝަންގައި ކުރިއަށްދިޔަ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކުރިއަށްނުގެންގޮސް ހުއްޓިފަހު މަޝްރޫޢުތަކުގެ ތރެއިން މިހާރު ފަށައި ކުރިއަށްގޮސްފައިވާ ހިސާބާއި، އަދުގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކުގެ އިތުރުން އަލަށް ފަށަންހުރި މަޝްރޫޢުތަކުގެ އަދާހަަމަތައް ވަޒީރުންގެ މަޖިލީހުގެ ވަރކިންގ ސެޝަންގައި ދެނެގަންފައިވާކަމަށެވެ.
ރާއްޖެއަށް ކުރިމަތިވި މާލީ ގޮންޖެހުންތަކުން މިވަގުތު އަރައިގަނެވެމުންދާތީ މަޝްރޫއުތަކުގެ ސްޕީޑު ހަލުއިކުރާނެގޮތްތަކާއި، ރަށްރަށުގައި ކުރިއަށްގެންދާ ވަކި ވަކި މަޝްރޫޢުތައް ނިންމާނެ މުއްދަތު ދެނެގަނެ މަޝްރޫޢުތައް މިއަދުގެ ވަޒީރުގެ މަޖިލީހުގެ ބައްދަލުވުމުގައި ތަރުތީބުކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަކީ ވަޢުދުވެވަޑައިގެންނެވުމަށްފަހު އެވައުދުތައް ފޮރުވާފަ ބަހައްޓަވާނެ ބޭފުޅެއްނޫންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ. އެމަނިކުފާނު އެވަނީ ވެވަޑައިގެންނެވި ވަޢުދުތައް ކަޅާ ހުދުން ލިޔެ ރައްޔިތުންނާ ހަވާލުކުރައްވާފައިކަމަށާއި، އެކަންތައްތައް ބާރުދުވެލީގައި ކުރައްވާނެގޮތުގެ ތަރުތީބުތައް މިއަދު އިތުރަށް ފެނިގެންދިޔަކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް މިއެނގިގެންދިޔައީ މިއަހަރަކީ، 2025ވަނަ އަހަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިންގާނެ އަހަރުކަން އަޅުގަނޑުމެންނަށް މިއަދުވެސް ބުނެދިން. އެއްފަހަރާ 2000އަށްވުރެ ގިނަ ޕްރޮޖެކްޓް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރު ފެށިގެންދާނެކަން މިއަދުވެސް އަޅުގަނޑުމެންނަށް އެނގިގެންދިޔައީ” ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. ވަޒީރު ޝިޔާމްގެ ވާހަކަފުޅުގައި އެމްޑީޕީން ވެރިކަމެއް ކޮށްފިނަމަ ދެން އަންނަ ސަރުކާރަކަށް ރައްޔިތުންގެ ތަރަށްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމަށް ދަތިވާކަން ފާހަގަކުރައްވައި ވިދާޅުވީ އެއާއެކުވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެވަނަ އަހަރު ނުވަތަ މިހިނގާ 2025ވަނަ އަހަރަކީ އެމަނިކުފާނުގެ ތަރައްޤީގައި ކުލަޖެހިގެންދާނެ އަހަރުކަމަށް ވިދާޅުވެ އެކަން އަމަލީގޮތުންވެސް ދައްކަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމު ދަރަނިވެރިކުރުމަށްފަހު ވެރިކަން ނިންމުމުންވެސް އަދުގެ ސަރުކާރަށް މުހިއްމު ގިނަ ކަންތައްތަކެއް ނުކުރެއްވޭނެކަމަށް އެމްޑީޕީން ބުނަމުންދިޔަނަމަވެސް މިހާތަނަށް އައިރު، މުވައްޒަފުންގެ މުސާރައާއި، ރައްޔިތުންގެ ތަރައްޤީއަށް ކުރަންޖެހޭ އެކިއެކި ކަންކަން ސަރުކާރުން ކުރަމުންމިދަނީ އެއްމެ ރުފިޔާ ފޮއްޗެއްވެސް ޗާޕުނުކޮށްކަމަށް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އަދި ރާއްޖެ ބަނގުރޫޓުވެދާނެކަމަށާއި މާލީ ބޮޑު ލޮޅުންތަކެއް އަންނާކަމަށް އެކި ފަރާތްތަކުން ބުންމުންދިޔަ ނަމަވެސް އެހާލަތައް ނުގޮސް ސަލާމަތުގެ އައްސޭރިއަކަށް ރާއްޖެއަށް އާދެވިފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި މާލީ އަދި އިޤްތިޞާދީ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބޭހެ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ސިޔާސީ ފަރާތްތަކުން ވަކި ސިޔާސީ މަޤުޞަދުތަކެއް ހާސިލުކުރުމަށް ކުފުރުގެ ބަސްތައްވެސް ބުނަމުންދާކަމަށާއި އެފަދަ ވާހަކަދައްކާ ހުރިހާ ފަރާތްތަކުންވެސް ގަބޫލުކުރަންޖެހޭ ހަޤީގަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަކީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ފުރިހަމަ ތާއީދާއެކު 5 އަހަރު ދުވަހުގެ މުއްދަތައް އިންތިޚާބުކޮށްފައިވާ މިޤައުމުގެ ރައީސުލްޖުމްހޫރިއްޔާކަން ކަމަށްވެސް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
