
މިމަހުގެ 18ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައިއޮއްވާ ފެނުނު އަންހެން މީހާ ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި ހުރެ އަމިއްލައަށްކަމަށް ބެލެވޭކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިމައްސަލައާއި ގުޅިގެން މީސްމީޑީއާގައި ތަފާތު ވާހަތަކައް ދައުރު ވަމުންދާއިރު، ފުލުހުން ވަނީ މިމައްސަލައާ ގުޅޭގޮތުން ތަހޫޤީގަށް މިހާތަނަށް ފާހަގަކުރެވިފައި އެކި ކަންކަމުގެ ބައެއް މަޢުލޫމާތު ނޫސްވެރިންނާ ޙިއްސާކުރައްވާފައެވެ. މިމަހުގެ 18 ވަނަ ދުވަހު ހެނދުނު ހެންވެއިރު ގެއެއްގެ ފުރާޅުމަތީގައި މީހާކު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެދުވަހުގެ ހެނދުނު 07:23 އެހާއިރުއެވެ. އަދި 21 އަހަރުގެ އެ ޒުވާނާ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެތަނުން ނަގައި ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ. މި މައްސަލައިގެ ތަހުޤީޤު މިހާތަނަށް، ގޮސްފައިވާ ހިސާބު ނޫސްވެރިންނަށް ހިއްސާކުރައްވައި ފުލުހުން ވަނީ ހާދިސާ ހިނގި ގެއާއި އެގޭތެރޭގައި އެވަގުތު ހިންގައިދިޔަ ކަންކަމާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ބައެއް މަންޒަރުތައް ވެސް ދައްކާލާފައެވެ. މަންޒަރުތަކުން ފެންނަ ގޮތުން މަސްތުގެ ހާލުގައި ތިބިކަމަށް ބެލެވޭ ދެ މީހަކު ހެންވޭރު ގެއަކަށް ވަންތަނާއި، އެ ދެމީހުން އެގޭގެ ބައެއް ފްލޯތަކުގެ ސިޑިމަތީގައި ހަރާކާތްތެރިވާ މަންޒަރު ފެނެއެވެ.
ފުލުހުން ވިދާޅުވީ އެމީހުން ހަރަކާތްތެރިވެފައިވަނީ އެ ގޭގެ 7، 8 އަދި 9 ވަނަ ފަންގިފިލާގައިކަމަށާއި، ގޭގެ އެއްވެސް އެޕާޓްމަންޓަކަށް އެމީހުން ނުވަންނަކަމަށެވެ. މި ހާދިސާ ހިނގާފައިވާ ކަމަށް ސީސީޓީވީ ފުޓޭޖުން ފެންވަ މަންޒަރުތަކާއި އަޑުތަކަށް ރިއާޔަކޮށް، ބެލެެވެނީ ފަތިހު 4:52 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. އެވަގުތު އެގޭގެ ޓެރެސް ހުރީ ތަޅުލާފައި ކަމާށާއި، ޓެރަހަށް ބަޔަކު އަރާފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެވަގުތު ބާރު އަޑެއް ސީސީޓީވީ ކެމެރާތަކަށް ރެކޯޑު ވެފައިވާއިރު، ފިރިހެން މީހާ އެވަގުތު ހުރީ ސީސީޓީވީ އަރާ ތަނެއްގައި ނަމަވެސް އަންހެން މީހާ ވެއްޓިފައިވަނީ އެގޭގެ 9 ވަނަ ފަންގިފިލާގައި ހުރި ފެންލައިޓެއް ޒާތުގެ ތަނަކުންކަމަށް އަމިއްލައަށް ފުންމާލައިގެންކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭގެ ފަހުން ފިރިހެން މީހާ އެކި ފްލޯތަކަށް އަރާ އުޅޭ މަންޒަރު ނޫސްވެރިންނާއި ޙިއްސާ ކުރި ފުޓޭޖުން ފެނެއެވެ. އޭގެ ފަހުން ފިރިހެން މީހާ އަންހެން މީހާއަށް ގޮވައި، އެހީތެރިކަމަށް އެދި ގޮވައި، ހެދިކަމަށް މަންޒަރުތަކުން ފެންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ހިނގުމުގެ ކުރިން މި ދެމީހުންނާއި އިތުރު 6 މީހަކު މާލޭގެ ގެއަކަށް ދަންވަރު 12:00 އެހާއިރު، ގޮސްފައިވާކަަމަށް ފުލުހުން ވިދާޅުވެއެވެ. އެގއަށްވަނީ 3 އަންހެނުންނާއި 5 ފިރިހެނުންކަމަށާއި، އޭގެ ތެރެއިން ވެއްޓުނު 21 އަހަރު އަންހެން މީހާއާއި އިތުރު 3 ފިރެހެނަކު އަމީނީ މަގުގައި ހުރި ގެޔަށްވެސް ވަންކަން ތަހުޤީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެގެއިން ނިކުތީ ހާދިސާގައި ވެއްޓުނު އަންހެން މީހާއާއި އިތުރު 2 ފިރިހެނަކު ހެންވޭރު ބުރުޒު މަގުގައި ހުރިގެއަކަށް ފަތިހު 4:00 އާޢި 4:30 ދެމެދު ވަންނަ މަންޒަރު ފެންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ފަހުން މިމައްސަލައިގައި ޝާމިލްވާ ދެމީހުން ފައިމަގުގައި، ދާއިރު ބާކީ ދެ ފިރިހެނުން ސައިކަލުގައި ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފައިމަގުގައި ދެމީހުން ދިޔައިރު އެމީހުން ޢަމަލުތައް ހުރި ގޮތުން މަސްތުގެ ހާލުގައި ތިބިކަމަށް ބެލެވޭކަަމަށް ފުލުހުން ވިދާޅުވެއެވެ. އެމީހުން ގޮސް ބުރުޒު މަގު ގައި ގެއަށް ވަދެފައިވަނީ 4:30 އެހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.
އެގެއަށް ވަން 21 އަހަރުގެ ފިރިހެން މީހާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އަންހެން މީހާވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށާއި ނަމަވެސް، ކޮން ބާވަތެއްކަން އެނގޭނީ ފުރިހަމަ ރިޕޯޓް ލިބުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާގައި އާއި ގުޅިގެން މީސްމީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު، މައްސަލާގައި ހިމެނޭ 8 މީހުންގެ ތެރޭގައި ސިޔާސީ މަޤާމެއްގެ ހުރި ފަރާތެއް ނުހިމެނޭކަމާށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ބާކީ 2 ގޭގައި ކަން ހިނގިގޮތް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވަނީ މިމައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ހިއްސާކުރުމަށް އެދިވަޑައިގަންނަވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
