
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ 57 ރަށެއްގައި 12040 ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް މާލީ ވުޒާރާއިން އިޢުލާނުކޮށްފިއެވެ. އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަށް މާލީ ވުޒާރާއިން ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ފަރާތްތައް ހޯދަން އިޢުލާންކޮށްފައެވެ. އެގޮތުން 57 ރަށެއްގައި ޖުމްލަ 12040 ހައުސިން ޔުނިޓް ތަރައްޤީ ކޮށްދޭނެ ފަރާތްތައް ހޯދަންވަނީ އިޢުލާންކޮށްފައެވެ.
މީގެ ތެރެއިން 100 އިން ދަށުން ހައުސިން ޔުނިޓް އަޅަނީ 20 ރަށެއްގައެވެ. މީގެ އިތުރުން 12 ރަށެއްގައި 100 ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވާއިރު، 2 ރަށެއްގައި 150 ހައުސިންގ ޔުނިޓް، 9 ރަށެއްގައި 200 ހައުސިން ޔުނިޓް އަދި 14 ރަށެއްގައި 200އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށްވަނީ ހުޅުވާލާފައެވެ.
100 އިން ދަށުން ހައުސިން ޔުނިޓް އަޅާ ރަށްތައް
* ހއ. ކެލާ 50 ހައުސިން ޔުނިޓް
* ހއ. އުތީމު 50 ހައުސިން ޔުނިޓް
* ހދ. ކުރިނބީ 50 ހައުސިން ޔުނިޓް
* ހދ. ނެއްލައިދޫ 60 ހައުސިން ޔުނިޓް
* ށ. ކޮމަންޑޫ 50 ހައުސިން ޔުނިޓް
* ނ. މަނަދޫ 50 ހައުސިން ޔުނިޓް
* ނ. މިލަދޫ 50 ހައުސިން ޔުނިޓް
* ރ. އިންނަމާދޫ 50 ހައުސިން ޔުނިޓް
* ރ. ރަސްމާދޫ 50 ހައުސިން ޔުނިޓް
* ޅ. ކުރެންދޫ 50 ހައުސިން ޔުނިޓް
* ކ. ގުރައިދޫ 50 ހައުސިން ޔުނިޓް
* އދ. ދިގުރަށު 30 ހައުސިން ޔުނިޓް
* މ. ކޮޅުފުށީ 50 ހައުސިން ޔުނިޓް
* މ. ދިއްގަރު 75 ހައުސިން ޔުނިޓް
* ތ. ހިރިލަނދޫ 50 ހައުސިން ޔުނިޓް
* ގއ. ގެމަނަފުށީ 50 ހައުސިން ޔުނިޓް
* ގއ. ކޮލަމާފުށީ 50 ހައުސިން ޔުނިޓް
* ގދ. ހޯނޑެއްދޫ 50 ހައުސިން ޔުނިޓް
* ގދ. ފަރެސްމާތޮޑާ 50 ހައުސިން ޔުނިޓް
* ގދ. ފިޔޯރީ 50 ހައުސިން ޔުނިޓް
100 ހައުސިން ޔުނިޓް އަޅާ ރަށްތައް
* ހދ. މަކުނުދޫ 100 ހައުސިން ޔުނިޓް
* ނ. ކެނދިކުޅުދޫ 100 ހައުސިން ޔުނިޓް
* ރ. މަޑުއްވަރި 100 ހައުސިން ޔުނިޓް
* ރ. އިނގުރައިދޫ 100 ހައުސިން ޔުނިޓް
* ބ. ތުޅާދޫ 100 ހައުސިން ޔުނިޓް
* ޅ. ހިންނަވަރު 100 ހައުސިން ޔުނިޓް
* ތ. ވިލުފުށި 100 ހައުސިން ޔުނިޓް
* ގދ. ގައްދޫ 100 ހައުސިން ޔުނިޓް
* ސ. މަރަދޫ 100 ހައުސިން ޔުނިޓް
* ސ. މަރަދޫ ފޭދޫ 100 ހައުސިން ޔުނިޓް
* ސ. މީދޫ 100 ހައުސިން ޔުނިޓް
* ސ. ހުޅުދޫ 100 ހައުސިން ޔުނިޓް
150 އާއި 200 އާ ދެމެދު ހައުސިންގ ޔުނިޓް އަޅާ ރަށްތައް
* ހއ.އިހަވަންދޫ 200 ހައުސިން ޔުނިޓް
* ހއ. ދިއްދޫ 200 ހައުސިން ޔުނިޓް
* ހއ. ހޯރަފުށީ 200 ހައުސިން ޔުނިޓް
* ށ. މިލަންދޫ 200 ހައުސިން ޔުނިޓް
* ށ. ފޯކައިދޫ 150 ހައުސިން ޔުނިޓް
* ރ. ދުވާފަރު 200 ހައުސިން ޔުނިޓް
* އދ. މަހިބަދޫ 150 ހައުސިން ޔުނިޓް
* ފ. ނިލަންދޫ 200 ހައުސިން ޔުނިޓް
* ދ. މީދޫ 200 ހައުސިން ޔުނިޓް
* ގދ. މަޑަވެލީ 200 ހައުސިން ޔުނިޓް
* ސ. ފޭދޫ 200 ހައުސިން ޔުނިޓް
200 އިން މަތިން ހައުސިން ޔުނިޓް އަޅާ ރަށްތައް
* ހދ. ހަނިމާދޫ 500 ހައުސިން ޔުނިޓް
* ހދ. ނޮޅިވަރަންފަރު 250 ހައުސިން ޔުނިޓް
* ހދ. ކުޅުދުއްފުށި ސިޓީ 2000 ހައުސިން ޔުނިޓް
* ރ. އުނގޫފާރު 500 ހައުސިން ޔުނިޓް
* ޅ. ނައިފަރު 400 ހައުސިން ޔުނިޓް
* ކ. ތުލުސްދޫ 550 ހައުސިން ޔުނިޓް
* މ. މުލި 300 ހައުސިން ޔުނިޓް
* ދ. ކުޑަހުވަދޫ 500 ހައުސިން ޔުނިޓް
* ލ. ގަމު 500 ހައުސިން ޔުނިޓް
* ލ. ފޮނަދޫ 500 ހައުސިން ޔުނިޓް
* ގއ. ވިލިނގިލީ 225 ހައުސިން ޔުނިޓް
* ގދ. ތިނަދޫ 500 ހައުސިން ޔުނިޓް
* ޏ. ފުވައްމުލަކު 500 ހައުސިން ޔުނިޓް
* ސ. ހިތަދޫ 500 ހައުސިން ޔުނިޓް
މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް މާލީ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އާއި ފައިނޭންސިންގ މޮޑަލްސްތައް ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓުގައި ބަޔާންކުރެވިފައިވާނެކަމަށްވެސް އެވުޒާރާއިން ކުރި އިޢުލާންގައިވަނީ ހާމަކުރައްވާފައެވެ. މިހައުސިން ޔުނިޓްތަކަށް ހުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ މެއިމަހުގެ 11އިން 15 އަށް ކޮންމެ ދުވަހަކު ހެނދުނު 10އެއް ޖަހާއިރުއެވެ. ހައުސިން ޔުނިޓް އިމާރާތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާ ގުޅޭ މަޢުލޫމާތު ހިމެނޭހެން މިއިޢުލާންތައްވަނީ ގެޒެޓްގައި ޝާޢިޢުކޮށްފައެވެ.
ސަރުކާރުން މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން މިދާއިރާއިން 2.8 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާއިރު، 1.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވަނީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަޝްރޫޢުތަކަށެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
