
ސަލްމާން ރަސްގެފާނު މިސްކިތުގައި އިމާމްވެ މަޣްރިބް ނަމާދާއި އިޝާ ނަމާދު މިރޭ ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަތީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާހުލް ބުދައިރުކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ޑރ. ޞަލާހުލް ބުދައިރު މިރޭ ސަލްމާން މިސްކިތުގައި މަޣްރިބް ނަމާދާއި އިޝާނަމާދުގެ އިތުރުން މާދަމާރޭ އިސްލާމީ މަރުކަޒުގައި އިޝާ ނަމާދު ކުރައްވާނީވެސް ޑރ. ޞަލާހުލް ބުދައިރުކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ޚާއްޞަ ދަރުހެއްވެސް އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން މިމަހުގެ 25ވާ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުވެސް އެމަނިކުފާނު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުގެ ދަޢުވަތަކަށް ޑރ. ސަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަތީ މިމަހުގެ 21 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ޑރ.ޞަލާހުލް ބުދައިރުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
މީގެއިތުރުން، އެމަނިކުފާނުވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި އެވުޒާރާގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާވެސްވަނީ ބައްދަލު ކުރައްވާފައެވެ. މީގެއިތުރުންވެސް އެމަނިކުފާނުވަނީ ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރަކީ މިވަގުތު ދުނިޔޭގައި ތިއްބެވި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން އެންމެ ވަރުގަދަ އެއް ދީނީ ޝަޚްސިއްޔަތެވެ. މަސްޖިދުލް ނަބަވީގެ އިމާމްކަން ކުރެއްވުމުގެ އިތުރުން އެމަނިކުފާނު ގެންދަވަނީ މަދީނާގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ މައްކާގައި ހުންނަ މާތްވެގެންވާ ޙަރަމްފުޅުގައި 2005ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ތަރާވީޙު ނަމާދު އިމާމްވެ ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
