
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރުގެ ތެރޭގައި 70 މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު އެ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުވެގެންދާނީ އެންމެ ގިނައިން އިސްލާމީ މަރުކަޒުތައް ތަރައްޤީކުރަނެ އަހަރަށްކަމަށެވެ. މިގޮތުން މިހާރުވެސް ދެ މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށްޓަކައި އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ށ. މިލަންދޫއާއި ފޯކައިދޫގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށްޓަކައި މިހާރު ބަޔަކާ ހަވާލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތްތައްކުގެ އިތުރަށް މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން 11 މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ބަޖެޓުން މިހާތަނަށް 13 މިސްކިތާއި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ތަރައްޤީކުރުމަށް މިއަހަރު ސޮއިކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއަހަރުގެ ކުރިއަށް އޮތްތަނުގައި 14 މިސްކިތަކާއި 5 އިސްލާމީ މަރުކަޒުގެ އިތުރުން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 2 ގޮތްޕެއް ތަރައްޤީކުރުމަށް ޕްލޭންކޮށްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ މިހާރުވެސް 50 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި 70 މަޝްރޫޢުއެއް މިއަހަރު ފެށުމަށް ރާވާފައިވާކަމަށެވެ.
“މިއަހަރުގެ ތެރޭގައި ދާރުލްސަލާމް، ދާރުލްއަރުޤަމް އަދި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ވަޤުފު އިމާރާތް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވޭ. މީގެ އިތުރުން މިދައުރުގެ ތެރޭ ފެށުމަށް ޤަސްދުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ޖަގަ ތަނަވަސް މިސްކިތްތަކާއި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ތަރައްޤީކުރުމާއި ހުޅުމާލެ އައިކޮނިކް އިސްލާމިކް ސެންޓަރ ޤާއިމްކުރުން ހިމެނޭ. ހުޅުމާލޭގައި 2ލައްކަ އަކަފޫޓުގެ ބިމެއް ވަނީ ޚާއްސަކޮށްފައި. އެތަނުގައި ޤައުމީ ބޮޑު މިސްކިތަކާއެކު މަރުކަޒެއް ބިނާކުރުމަށް ޑިޒައިންކުރުމުގެ މަރުހަލާއަށް ތައްޔާރުވަމުން މިދަނީ.”އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ވަޒީރު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޭޝްވަޤުފް ޤާއިމްކޮށްފައިވާކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފަސޭހައިން ވަޤުފުން ހޭދަކުރެވޭނެގޮތް މީރާ މެދުވެރިކޮށް ޤާއިމްކޮށްދީފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ވަޤުފުގެ މަޝްރޫޢޫތައް ކުރިއަށްގެންދިޔުމަށްޓަކައި ބީއެމްއެލް އިސްލާމިކުން 350 މިލިޔަން ރުފިޔާގެ ލޯނު ލިބިފައިވާކަމަށެވެ. ވަޤުފުގެ މަޝްރޫޢުތައް ނިމުމާއެކު އިސްލާމީ ކަންތައްތަކަށް ވަރަށްބޮޑު ދިރުމެއް އަންނާނެކަންވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
