
(ފޮޓޯ ކްރެޑިޓްސް: އާރްޑީސީ)
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ތަރައްޤީކުރާ 75 އެނދުގެ ވޯޑު ތަރައްޤީކުރުމުގެމަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައްކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ވިދާޅުވެއްޖެއެވެ. އައިޖީއެމްއެޗުގައި އަލަށް ތަރައްޤީކުރެވޭ ވޯޑުގެ މަސައްކަތް ކުރަނީ އާރުޑީސީންނެވެ.
މާލެ ސަރަޙައްދުގެ ސިއްހީ ޚިދުމަތުގައި ހުރި އެނދުގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އައިޖީއެމްއެޗްގައި 75 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. މިމަސައްކަތް ކުރަމުން އަންނަ އާރުޑީން ވިދާޅުވީ، އަލަށް ތަރައްޤީކުރަމުން އަންނަ ވޯޑު އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މިހާރު އެ މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމާށާއި މިވަގުތު ކުރަމުންދަނީ ވޯޑު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އާރްޑީސީން ވިދާޅުވީ އައިޖީއެމްއެޗްގައި ތަރައްޤީކުރަމުންދާ ވޯޑުގެ މަސައްކަތް ކޮށްފައިވަނީ ސިއްޙީގޮތުން ކުރިމަތިވާ އެކި ޚާއްސަ ޙާލަތްތަކަށް ވޯޑު ބަދަލުކުރަންޖެހޭ ޙާލަތްތަކުގައި އެގޮތަކަށް ބޭނުންކުރެވޭގޮތަށްކަމަށެވެ. އާރްޑީސީން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން އައިޖީއެމްއެޗްގައި 61 އެނދުގެ ވޯޑަކާއި 15 ޕްރައިވެޓް ކޮޓަރީގެ މަސައްކަތް އެކުންފުނިންދަނީ ކުރަމުންނެވެ. އަދި މިތަނުގައި 28 ފާޚާނާއާއި 6 ނަރސް ސްޓޭޝަން ޤާއިމުކުރެވިފައި ހުންނާނެކަމަށްވެސް އާރްޑީސީން ވިދާޅުވެއެވެ. އަދިއެތަނުގެ މަސައްކަތް ކުރެވިފައިވަނީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކުގައިކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
އައި.ޖީ.އެމް.އެޗްގެ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގެ %90 މަސައްކަތް ނިމި، މިހާރު ކުރިޔަށްދަނީ ފިނިޝިންގ ގެ މަސައްކަތް.#TeamRDC pic.twitter.com/u3rPCh0PwH
— Road Development Corporation Ltd (@rdcmaldives) April 22, 2025
އައިޖީއެމްއެޗްގެ 75 އެނދުގެ ވޯޑު ތަރައްޤީކުރަމުންދަނީ އެހޮސްޕިޓަލުގައި މީގެކުރިން އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ބްލޮކެއް ހުސްކޮށްގެންނެވެ. މިގޮތުން އެތަން ތަޅާލައި ސާފުކޮށް، އައު ޑިޒައިނާ އެއްގޮތަށް ވޯޑު ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ނިންމާ އަންނަ މަހުގެ ތެރޭގައި އެތަން ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.އައިޖީއެމްއެޗްގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 350 އެނދެވެ. އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތްތަކުގައި މިކަމުގެ ދަތިކަން ކުރިމަތިވަމުންދާއިރު މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައިވެސް ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.
އައިޖީއެމްއެޗުގައި ކުރިއަށްގެންދާ ވޯޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުންވެސް މާލެ ސަރަޙައްދުގެ ހޮސްޕިޓަލުތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އިތުރު އެނދުތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ވިލިމާލޭގައި އިތުރު ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރައްވަމުންނެވެ. އައިޖީއެމްއެޗަށް އިތުރުކުރެވޭ 75 އެނދާއި، ހުޅުމާލޭ ހޮސްޕިޓަލުގެ އީއާރަށް 14 އެނދު އިތުރުކޮށް، ހުޅުމާލޭ ހޮސްޕިޓަލުގެ 6 ބުރީގެ ޢިމާރާތުގެ 3 ވަނަ ފަންގިފިލާ ވޯޑެއްގެ ގޮތުގައި ހަމަޖައްސާ އެތަނުގައި 28 އެނދު ޤާއިމުކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ. މިއާއެކު މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލުތަކުގެ އެނދުގެ ކެޕޭސިޓީ 433އަށް އިތުރުވެގެންދާނެއެވެ.
ސިއްޙީ ޚިދުމަތަށް އިތުރުކުރެވިގެންދާ އެނދުތަކާއެކު މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ރަނގަޅު ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންނަމަވެސް މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް މާލެ ސަރަޙައްދުގައާއި އަތޮޅުތެރޭގެ ރަށްތަކުގައި އިތުރު ހޮސްޕިޓަލްތައް ތަރައްޤީކުރަންޖެހޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެކަން ކުރުމަށް ބައެއް ރަށްރަށުގެ މަޝްރޫޢުތައް އެކި ކުންފުނިތަކާއި މިހާރުވަނީ ހަވާލުކޮށްފައެވެ. އަދި މާލެ ސަރަޙައްދުގައި އިތުރު ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
