
(ފޮޓޯ ކްރެޑިޓްްސް: ޕީއެސްއެމް ނިއުސް)
ދައުލަތުގެ ހަރަދުތައް ބިލިއަނެއްހާ ރުފިޔާ ކުޑަކޮށް، މިދިޔަ އަހަރުގެ މިހާތަނަށް އައި އިރު 1.6 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ހުރި ދައުލަތުގެ ބަޖެޓް، މި މަހުގެ 17ގެ ނިޔަލަށް 2.2 ބިލިޔަން ރުފިޔާއިން އަރަނިކޮށްފިއެވެ. ދައުލަތުގެ މާލީ ވުޒާރާއިން އާންމުކުރި ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް’ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޭޕްރީލް 17ގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 11.7 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 700 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
މި މަހުގެ 17ގެ ނިޔަލަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިތުހޯލްޑިން ޓެކްސްއިންނެވެ. އާމްދަނީގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ:
• ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ: 3.7 ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 3.4 ބިލިޔަން ރުފިޔާ)
• ގްރީން ޓެކްސް: 572.5 މިލިޔަން ރުފިޔާ (މިދިޔަ އަހަރު 334.9 މިލިޔަން ރުފިޔާ)
• އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 452.6 މިލިޔަން ރުފިޔާ (މިދިޔަ އަހަރު 327 މިލިޔަން ރުފިޔާ)

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ނިޔަލަށް ދައުލަތުން ވަނީ 9.5 ބިލިޔަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަބްސިޑީތަކަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދު ހުރީ 12.7 ބިލިޔަން ރުފިޔާގަ އެވެ.
ދައުލަތުގެ ހަރަދުތަކުގެ ފާހަގަކޮށްލެވޭ ބައިތަކުގެ ތެރޭގައި:
• މުސާރަ އާއި އެލަވެންސް އަދި ޕެންޝަން: 3.6 ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 3.3 ބިލިޔަން ރުފިޔާ)
• އިދާރީ ހަރަދުތަކަށް: 5.2 ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 6.1 ބިލިޔަން ރުފިޔާ)
• ކެޕިޓަލް ޚަރަދު: 743.1 މިލިޔަން ރުފިޔާ (މިދިޔަ އަހަރު 3.2 ބިލިޔަން ރުފިޔާ)
ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުކުރެވިފައިވާއިރު، މިއީ ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެވެ. އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކުރުމުގެ ސަޤާފަތެއް ރާއްޖޭގައި އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ. މި އަމާޒު ޙާޞިލްކުރުމަށް ރޭވުންތެރިކަމާއެކު އަޅަމުންދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފިސްކަލް ދެމެހެއްޓެނިވިކަން ޙާޞިލްވާނޭކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
