
ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހާވަރޑް ޔުނިވަރސިޓީން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދަޢުވާ އުފުލާފައިވާ ކަމުގައި އެ ޤައުމުގެ ނޫހެއް ކަމުގައިވާ ދި ހިލްއިން ރިޕޯޓު ކޮށްފިއެވެ. ހާވަރޑަކީ އެމެރިކާގެ އެންމެ މުސްކުޅި އަދި ތަޢުލީމީ ގޮތުން އެންމެ ފުންނާބު އުސް ޔުނިވަރސިޓީތައް ކަމުގައިވާ އައިވީ ލީގްގައި ހިމެނޭ އަށް ޔުނިވަރސިޓީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މުއައްސަސާއެވެ. އައިވީ ލީގްގައި ހިމެނޭ ޔުނިވަރސިޓީތަކުގެ ތެރެއިން އެންމެ ދުވަސްވީ މުއައްސަސާ ކަމުގައިވާ ހާވަރޑުން ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދަޢުވާ އުފުލާފައި މި ވަނީ، އެ ޔުނިވަރސިޓީއަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ކަނޑައިލުމަށް ނިންމުމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދަޢުވާ އުފުލުމަށް ހާވަރޑުން ނިންމުމާ އެކު، އެ ޔުނިވަރސިޓީއާއި ޓްރަމްޕްގެ ސަރުކާރާ ދެމެދު އުފެދިފައި އޮތް ޚިޔާލު ތަފާތުވުންތަކާއި ކޯޅުންގަނޑު އެތަކެެއް ގުނައަކަށް ގޯސްވެފައިވާ ކަމުގައެވެ.
ޓްރަމްޕްގެ ސަރުކާރުން ހާވަރޑާ ދެކޮޅަށް ފިޔަވަޅު އަޅައި، އެ ޔުނިވަރސިޓީއަށް ބަޖެޓު ދޫކުރުން ހުއްޓައިލާފައި ވަނީ، ޓްރަމްޕްގެ އަމުރުތަކަށް ތަބާވުމަށް އެ ޔުނިވަރސިޓީން ދެކޮޅު ހެދުމާ ގުޅިގެންނެވެ. ޓްރަމްޕް ބޭނުން ވަނީ އެ ޔުނިވަރސިޓީގެ ހިންގުމަށް ބާރާއި ނުފޫޒު ފޯރުވުމަށެވެ. މި ގޮތުން، އެކި ނަސްލުތަކުގެ މީހުންގެ މެދުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތައިލުމާއި، ހަމަހަމަ ކަން ޤާއިމު ކުރުމުގައި އެ ޔުނިވަރސިޓީން އަމަލު ކުރަމުންދާ ސިޔާސަތުތައް ބާޠިލު ކުރުމުގެ އިތުރުން ދޮން ނަސްލުގެ މީހުން ފިޔަވައި އެހެން ނަސްލުތަކުގެ މީހުންނާ މެދު ތަފާތު ކުރުން އިސް ކުރުމަށް އޭނާ އެ ޔުނިވަރިސިޓީއަށް އަމުރު ކުރައްވާފައިވާ ކަމުގައި ދި ހިލްއިން ރިޕޯޓު ކޮށްފައިވެއެވެ.
މި ކަމާ މެދު ހިތްހަމަނުޖެހިގެން ޓްރަމްޕް ވަނީ އެ ޔުނިވަރސިޓީއަށް ކޮންމެ އަހަރަކު ސަރުކާރުން ފޯރުކޮށްދެމުންދާ އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއްގެ އެހީ ކަނޑައިލުމަށް އަމުރު ކުރައްވާފައެވެ. އަދި، އެ ޔުނިވަރސިޓީ ޓެކުސްތަކުން އިސްތިސްނާވުމަށް ހުއްޓުމެއް ގެންނަވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން، ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް އެ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތުން މަޙްރޫމު ކުރުވާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. “ކުޑަ ހިނދުކޮޅެއް ކުރިން އަޅުގަނޑުމެން ވާނީ [ސަރުކާރުގެ ނިންމުމާ ދެކޮޅަށް] މާލީ އެހީތެރިކަން ހުއްޓުމަކަށް ގެނައުމުގެ އަމުރު ބާޠިލު ކޮށްދިނުމަށް އެދި ދަޢުވާ ފޯމުތައް ހުށަހަޅާފައި، އެއީ ޣައިރުޤާނޫނީ އަދި ސަރުކާރުގެ ބާރުތަކުން ބޭރު އަމަލެއް،” ހާވަރޑް ޔުނިވަރސިޓީގެ ރައީސް އެލެން ގާބަރ ވިދާޅުވިއެވެ. ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
“ސަރުކާރުން އެ ގޮތަށް އިންޒާރުކޮށް، މާލީ އެހީތެރިކަން ކަނޑައިލާފައި ވަނީ ސަރުކާރުން ބޭނުންވާ ގޮތްތަކަށް އަމަލު ކުރުމަށް ހާވަރޑަށް މަޖުބޫރު ކުރުވުމުގެ ގޮތުން. މިއަދާ ހަމައަށް، އެއްވެސް އިންޒާރެއް ނުވަތަ ތަފުސީލެއް ނެތި، ސަރުކާރުން ވަނީ ގިނަ ޔުނިވަރސިޓީތަކަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލާފައި، އޭގެ ތެރޭގައި ބްރައުން، ކޮލަމްބިޔާ، ކޯނެލް، ޕްރިންސްޓަން، ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިޔާ އަދި ނޯތުވެސްޓަރން ހިމެނޭ،” ކަމުގައި ހާވަރޑްގެ ދަޢުވާގައި ބުނެފައިވެއެވެ.
މި ކަމާ ގުޅޭ ގޮތުން ޓްރަމްޕްގެ ސަރުކާރުން ބުނެފައި ވަނީ، ހާވަރޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވަނީ، އެ ޔުނިވަރސިޓީގެ ދަރިވަރުން ޔަހޫދީންނާ ދެކޮޅަށް ޚިޔާލުތައް ފާޅު ކުރުން ހުއްޓުވުމަށް އެ ޔުނިވަރސިޓީން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ ކަމުގައެވެ. ސަރުކާރާ ދެކޮޅަށް ހާވަރޑުން ދަޢުވާ އުފުލުމާ ގުޅިގެން ވައިޓް ހައުސުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ހާވަރޑުން ދަޢުވާ އުފުލުމާ އެކު، އެހެން ޔުނިވަރސިޓީތަކުން ވެސް އެ ކަމަށް ތާޢީދުކޮށް، އެ ކަމުގައި ބައިވެރިވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
