
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާތާ ގިނަ ހަފްތާތަކެއްވެފައި ވުމުގެ ސަބަބުން ޣައްޒާގައި ދެމުންދާ ޞިއްޙީ ޚިދުމަތް އެއްކޮށް ހުއްޓުމަކަށް އައުމަށް ގާތްވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޣައްޒާގެ 600،000 ކުޑަކުދިންނަށް އަމާޒު ކޮށް އދގެ އެހީތެރިކަމާއެކު ހިންގުމަށް ހަމަޖެހިފައި އޮތް ޕޯލިޔޯ ވެކްސިން ދިނުމުގެ މަޝްރޫޢު މެދުކަނޑައިލަން ޖެހިފައިވާ ކަމަށެވެ. އެއާއެކު ޣައްޒާއިން އެއްކޮށްހެން ނައްތާލާފައި އޮތް ޕޯލިޔޯ ބަލި އަނެއްކާ ވެސް ހަލުވިކަމާއެކު ފެތުރުމުގެ ފުރުޞަތު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޣައްޒާގެ މުސްލިމުންަ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހު ޔަހޫދީން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އޮކްޓޯބަރު 7ން ފެށިގެން މިހާތަނަށް ޔަހޫދީން ވަނީ ފަލަސްޠީނުގެ 51،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފައެވެ. ޣައްޒާއަށް އެއްވެސް ސާމާނެއް ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައިވާތާ ހަ ހަފުތާއަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ޔަހޫދީން އެ ގޮތަށް ޢަމަލު ކުރަމުން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްވުމަށް ފުރުޞަތު ދިނުމަށް ބައިނަލްއަޤްވާމީ ޢަދުލްއިންސާފާބެހޭ ކޯޓު، އައިސީޖޭއިން ނެރެފައިވާ ޢަމުރަކާ ޚިލާފަށެވެ. ޣައްޒާއިން މިހާރު ވަނީ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ސާމާނު އެއްކޮށްހެން ހުސްވެފައެވެ.
ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން އިޢާދަ ކުރުމަށް މިޞްރާއި ޤަޠަރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު މަޝްވަރާތަކެއް ކުރުމަށް ޙަމާސް ޖަމާޢަތުން އަނެއްކާ ވެސް މިޞްރަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްވަރާތަކުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންނަށް ނިޞްބަތްވާ އަސީރުން މިނިވަން ކުރުމުގެ ބަދަލުގައި ފަސް އަހަރާއި ހަތް އަހަރުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅޭގޮތުން ވާހަކަ ދައްކާނެ ކަމަށް ކަމާ ގުޅޭ މަޢުލޫމާތު އެނގޭ މަސްދަރުތަކުން ބުނެއެވެ. މި ހުށަހެޅުމާ ގުޅޭގޮތުން މިހާތަނަށް ޔަހޫދީން ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ. ޙަމާސުން ބޭނުން ވަނީ ދާއިމީ ގޮތަކަށް ހަނގުރާމައަށް ނިމުމެއް ގެންނާށެވެ. ނަމަވެސް މި ފަހުން ހަނގުރާމަ ހުއްޓާލާ ނަމަ ހުރިހާ އަސީރުން މިނިވަން ކުރުމަށް ޙަމާސުން ހުށަހެޅުމުން ވެސް ޔަހޫދީން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދައިފައެވެ. ޔަހޫދީން ބޭނުން ވަނީ ޙަމާސުން ހަތިޔާރު ތިރިކުރާށެވެ. ނަމަ ވެސް އެއީ ޙަމާސަށް ބަލައިގަނެވޭ ޝަރުތެއް ނޫނެވެ.
ފާއިތުވި ހަފުތާތަކުގައި ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދަށް ދީފައިވާ ޙަމަލާތައް ވަކިން ވަރުގަދަ ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ. އެ ގޮތުން ޓޭންކަރާއި މަތިންދާ ބޯޓާއި މަނަވަރު ބޭނުން ކޮށްގެން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ޔަހޫދީން ދެމުންދާ ކަމަށް ޣައްޒާގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ގޭގެއާއި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކޭމްޕުތަކާއި މަގުތަކަށެވެ. ވައިގެ ޙަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ބޭނުން ކުރާ ބުލް ޑޯޒަރުތަކާއި އެހެނިހެން އުޅަނދުތަކަށް ބޭނުން ނުކުރެވޭ ވަރަށް ގެެއްލުން ލިބިފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.
މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި މިތާހަނަށް 1،600އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި ޣައްޒާގެ ހުރިހާ އިމާރާތެއްހެން ވަނީ އެ ތަންތަނުގައި ދިރިނޫޅެވޭ ވަރަށް ސުންނާފަތިވެފައެވެ. ޣައްޒާއަށް ތަކެތި ވެއްދުން މަނާކުރި ފަހުން އެ ސަހަރުގައި ހުންނަ އދގެ އެހީތެރިކަމާއެކު ހިންގާ ހުރިހާ ބޭކަރީތައް ވެސް ވަނީ ބަންދު ކޮށްފައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު ޚަލީލް ދުޣްެރާން ވިދާޅުވީ ޣައްޒާއަށް އެހީގެ ސާމާނު ނުވެއްދޭތީ އެ ސަހަރުގެ ހަސްފަތާލުތަކުގައި ފަރުވާ ހޯދަމުންދާ އެތައް ހާސް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވީ މިހާރުން މިހާރަށް ޕޯލިޔޯ ވެކްސިން ނުލިބިއްޖެ ނަމަ ޣައްޒާއަށް ބޮޑު ޞިއްޙީ ކާރިޘާއެއް ކުރިމަތިވާނެ ކަމަށެވެ. 60،000އަށްވުރެ ގިނަ ކުޑަކުދިންގެ ކިބައިން ހަށިގަނޑަށް ބޭނުންވާ ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވާ މެލްނިއުޓްރިޝަން ޙާލަތުގެ އަލާމަތްތައް ފެންނަމުންދާ ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ކުޑަކުދިންނާއި ބަލިމީހުންނަކީ ސިޔާސީ ފިއްތުންތަކުގެ ޝިކާރައަށް ވެގެން ނުވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
