
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނުގެ ސަރަޙައްދަކަށް ޔަހޫދީން ދިން ވަރުގަދަ ޙަމަލާއެއްގައި ލުބުނާނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޖަމާޢާ އިސްލާމިއްޔާގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ވެސް ވަނީ ލުބުނާނަށް ދިން ޑްރޯން ޙަމަލާއެއްގައި ޖަމާޢާ އިސްލާމިއްޔާގެ ކޮމާންޑަރު ޙުސައިން އަތާވީ ޝަހީދު ކޮށްލިކަން ކަށަވަރު ކޮށްދީފައެވެ. އަތާވީއަކީ ޖަމާޢާ އިސްލާމިއްޔާގެ ހަތިޔާރުއެޅި ފައުޖު، ފަޖްރު ފޯރސަސްެގެ އިސް ކޮމާންޑަރެކެވެ. އޭނާ ޝަހީދު ކޮށްލީ ބައިރޫތުގައި ހުންނަ އޭނާގެ އޮފީހުން ގެއަށް ދިޔަ މަގުމަތީގައި ދިން ޙަމަލާއެެއްގައި ކަމަށް ޖަމާޢާ އިސްލާމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ލުބުނާނާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައިގައި ފަޖުރު ފޯރސަސުން ވަނީ އިޒްރޭލަށް އަމާޒު ކޮށް ރޮކެޓު ޙަމަލާތައް ދީފައެވެ. ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީން ދިން ވައިގެ ޙަމަލާތަކުގައި ޖަމާޢާ އިސްލާމިއްޔާގެ ގިނަ މެންބަރުންތަކެއް ވަނީ ޝަހީދު ވެފައެވެ. ލުބުނާނާއި ޔަހޫދީންނާ ދެމެދު މިދިޔަ އަހަރު ކުރި ހަނގުރާމަ ހުއްޓާލީ ޔަހޫދީންނާއި ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهއާއެކު ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމެއް އޮތް ނަމަ ވެސް ޔަހޫދީން އަދި ވެސް ދަނީ ލުބުނާނުގެ ސަރަޙައްދުތަކަށް ޙަމަލާތައް ދެމުންނެވެ. ދެކުނު ލުބުނާނުގެ ފަސް އުސް ބިމެއް ވެސް އަދި ވެސް އޮތީ ޔަހޫދީ ފައުޖުގެ ބާރުގެ ދަށުގައެވެ.
ލުބުނާނާއި ޙިޒްބުاللهއާއި ޖަމާޢާ އިސްލާމިއްޔާއިން ވަނީ ޔަހޫދީންގެ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި ލުބުނާނުގެ ސަރަޙައްދުތަކުގައި ޔަހޫދީ ފައުޖު ޤާއިމުވެ ތިބި ތިބުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. ޙަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ދެ ޢަމަލު ވެސް ޚިލާފުވާ ކަމަށް ލުބުނާނާއި ދެ ޖަމާޢަތުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
