
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރެއާލް މެޑްރިޑުގެ ކޯޗުކަމުގައި އޭނާ ހުރީ ކުލަބުގެ ވެރިންގެ ފުރިހަމަ އިތުބާރާއެކު ކަމަށާއި، އޭނާގެ “ހަނީމޫން” ދުވަސްތައް އަދިވެސް އޮތީ ކުރިއަށް ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. އޭނާ މިހެން ބުނީ ރެއާލް އެންމެ ބޭނުންވާ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުން ކެޓުމާ ގުޅިގެން މަގާމުން ވަކިކުރާނެ ކަމަށް ބެލެވިފައިވަނިކޮށެވެ. ތަޖުރިބާކާރު ކޯޗު އަންޗެލޮޓީ ބުނީ ޗެމްޕިއަންސް ލީގުގައި އާސެނަލް އަތުން ބަލިވެގެން މުބާރާތުން ކެޓުމަކީ 2021 ވަނަ އަހަރު އޭނާ ހަވާލުވި ވަޒީފާގެ ހަނީމޫނަށް ނިމުން އަންނާނެ ކަމެއް ނޫން ކަމަށެވެ.
“އަހަރެން މި ކުލަބުގައި މިހުރީ ވަރަށް ހިތްހަމަޖެހިގެން. އަހަރެން ނުވިސްނަން މިކަން ނިމިދާނެ ކަމަށް. އަހަރެންނަށް ކުލަބުގެ ވެރިންގެ ފުރިހަމަ އިތުބާރު އެބައޮތް. މިވަގުތު ކުލަބުގައި އޮތް ކަންބޮޑުވުމަކީ އާދައިގެ ކަމެއް. އެއީ ކޮންމެ ސީޒަނެއްގެ ވެސް މި ދުވަސްކޮޅު ކުރިމަތިވާ ކަމެއް،” އަންޗެލޮޓީ ބުންޏެވެ. ރެއާލް މެޑްރިޑަށް މިހާތަނަށް 15 ތަށި ހޯދާދީފައިވާ ކޯޗު ބުނީ ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް، ރެއާލްއަށް އަދިވެސް މި ސީޒަނުގައި ދެ ތަށި ހޯދެން އެބައޮތް ކަމަށެވެ. އެއީ ކޮޕަ ޑެލް ރޭ އާއި ސްޕެނިޝް ލީގެވެ. މި ތަށި ހޯދުމަށްޓަކައިވެސް ރެއާލް ވާދަކުރަންޖެހޭނީ ބާސެލޯނާއާއެވެ. އެ ޓީމު އަތުން ސްޕެނިޝް ސުޕަ ކަޕުން ރެއާލް ބަލިވެފައިވާއިރު، ސްޕެނިޝް ލީގުގައި އޮތީ ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ. އެހެންވެ މި މަހުގެ 27 ވަނަ ދުވަހުގެރޭ ކުޅޭ ކޮޕަ ޑެލް ރޭގެ ފައިނަލް މެޗުން ބާސެލޯނާ އަތުން ބަލިވެއްޖެނަމަ، އަންޗެލޮޓީގެ މަގާމު ގެއްލޭނެ ކަމަށް ބުނާ މީހުން އަދަދު ވަރަށް ގިނައެވެ.
ނަމަވެސް އޭނާ ބުނީ ރެއާލްގެ ވިސްނުމަކީ ބާސެލޯނާ ބަލިކޮށް ތަށި ހޯދުން ކަމަށާއި، އެކަމަށްޓަކައި ކުލަބުގައި އޮތް ކަންބޮޑުވުމަކީ އިންޖީނަށް ބޭނުންވާ ތެޔޮ ކަމަށެވެ. އަދި އެއީ އަބަދުވެސް އޮންނަންޖެހޭ ޕްރެޝަރެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ތަށި ހޯދުމަށްޓަކައި ޓީމުގައި ބައެއް ކަންކަން ބަދަލުވާންޖެހޭ ކަމަށް އޭނާ އެއްބަސްވިއެވެ. ނަމަވެސް މީގެ ތަފްސީލަށް ދާން އަންޗެލޮޓީ ބޭނުމެއްނުވިއެވެ.
ޗެމްޕިއަންސް ލީގުން ކެޓި މެޗުގައި އޭނާގެ ފަރާތުން ކުޅުންތެރިންނަށް އެކަށީގެންވާ ވަރަށް އިރުޝާދު ނުދިނުމާއި، ރަނގަޅު ގޭމް ޕްލޭނެއް ނެތްކަމުގެ ޝަކުވާ ކުޅުންތެރިން ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒަށް ކޮށްފައިވާ ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނެ އެވެ. އެހެންވެ ރެއާލްއިން މި ސީޒަނަށް ފަހު ކޯޗުކަމަށް ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ ގެނައުމަށް މަސައްކަތްކުރާ ކަމަށް ވެސް ޖަރުމަނާއި ސްޕެއިނުގެ މީޑިއާތަކުން ބުނެއެވެ. ނަމަވެސް އަންޗެލޮޓީ ބުނީ އެފަދަ ވާހަތަކާމެދު ފަރުވާލެއް ނެތް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
