
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަބީ އަލޮންސޯއާއެކު ބަޔާ ލެވަކޫސަންއިން އެއްބަސްވުން ހަދާފައިވަނީ އޭނާ ކުޅެފައިވާ ކުލަބަކަށް ބޭނުންއިރަކު ދެވޭ ގޮތަށް ކަމަށް އެ ޓީމުން ބުނެފި އެވެ. އެ ކުލަބުގެ ސީއީއޯ ފެނާންޑޯ ކަރޯ ވިދާޅުވީ އަލޮންސޯ ބޭނުންވާނަމަ އެއިން ކުލަބަކަށް ދިއުމަށް ލެވަކޫސަންގެ އެއްބަސްވުން އުވާލެވިދާނެ ކަމަށެވެ. އެ ކުލަބުތަކަކީ ޖަރުމަނުގެ ބަޔާން މިއުނިކާއި، ސްޕެއިންގެ ރެއާލް މެޑްރިޑާއި، ރެއާލް ސޮސިއެޑާޑް އަދި އިނގިރޭސިވިލާތުގެ ލިވަޕޫލެވެ. މިދިޔަ ސީޒަނުގައި ބަލިނުވެ ލެވަކޫސަންއަށް ޖަރުމަން ލީގު ކާމިޔާބުކޮށްދިން ކުރީގެ މިޑްފީލްޑަރުގެ ވާހަކަ މާ އަޑުބާރުކޮށް ދެކެވެން ފަށާފައިވަނީ އޭނާ ގެންދަން ރެއާލް މެޑްރިޑުން މަސައްކަތްކުރަން ފެށުމުންނެވެ.
ކަރޯ ވިދާޅުވީ މެޑްރިޑުގެ ރަސްމީ ހުށަހެޅުން އޭނާގެ ކުލަބަށް ލިބިފައިނުވި ނަމަވެސް، އަންނަ ސީޒަނުގައި ރެއާލްގެ ކޯޗަކަށް އަލޮންސޯ ވެދާނެ ކަމަށް އޭނާއަށްވެސް ހީވާ ކަމަށެވެ. އަދި ލެވަކޫސަންއާއެކު އަލޮންސޯ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮތް ނަމަވެސް، މިހާރު ކުރިމަގާމެދު ވަކި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. “އަހަރުމެން ވާނީ އަލޮންސޯ ގާތުގައިވެސް ބުނެފައި ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އޭނާވެސް ވަކި ގޮތެއް ނިންމަން. އޭރުން ކުރިއަށް ދެވޭނީ. އެއްވެސް މީހަކަށް އަދި ބަޔަކަށްވެސް ކުރިމަގުގައި ހަދާނެ ގޮތެއް ނޭނގި ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ،” ކަރޯ ވިދާޅުވިއެވެ.
އަލޮންސޯ ހޯދުމަށް ރެއާލްއިން މަސައްކަތް ފެށީ އެކުލަބުގެ ކޯޗު ކާލޯ އަންޗެލޮޓީގެ ބަދަލުގައި އަންނަ ސީޒަނުގައި ކޯޗަކު ހޯދަން ބޭނުންވުމުންނެވެ. މިކަން ރެއާލްއިން ރަސްމީކޮށް އާންމު ނުކުރި ނަމަވެސް، އަންޗެލޮޓީ އަންނަ ސީޒަނުގައި ކުލަބުން ނުގެންނާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ. އޭނާގެ މަގާމާމެދު ސުވާލު އުފައްދަން ފެށީ ޔުއެފާ ޗެމްޕިއަންސް ލީގުން ރެއާލް ކެޓުމުންނެވެ. އެ ގޮތުން އަންޗެލޮޓީއަށް ރެއާލްއަށް މިހާރު ތައްޓެއް ހޯދައިދެވެން އޮތް ހަމައެކަނި ފުރުސަތަކީ އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ކޮޕަ ޑެލް ރޭ ފައިނަލް މެޗާއި ސްޕެނިޝް ލީގުންނެވެ. މީގެ ތެރެއިން ކޮޕަ ޑެލް ރޭގެ ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހިފައިވާއިރު، ސްޕެނިޝް ލީގުގައި ރެއާލް އޮތީ އެއްވަނައިގައި އޮތް ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
