
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ސްރީ ލަންކާގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ނުކުޅެވިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި މުބާރާތް ބާއްވާނެ ގޮތަކާއި ގައުމެއް ނުނިމިގެން އުޅެނީ މުބާރާތުގެ ސްޕޮންސަރުން މައްސަލަ ޖައްސާތީ ކަމަށެވެ. މިހެންވެ އަންނަ ޖޫން މަހުގެ 22 އިން ޖުލައި މަހުގެ ތިނަކަށް ބާއްވަން ނިންމާފައިވާ މުބާރާތާ މެދު ވަކި ގޮތެއް ފައިނަލް ކުރާނީ އަންނަ މަހު ބާއްވާ ސާފުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުން އޮންނާނީ މެއި މަހުގެ 24 ވަނަ ދުވަހު ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައެވެ.
ސާފް ޗެމްޕިއަންޝިޕުގެ ރަސްމީ މާކެޓިން ޕާޓްނަރުންނަކީ ސްޕޯޓްސް ފައިވް ގްރޫޕެވެ. އެ ގްރޫޕުން ޖައްސާ މައިގަނޑު މައްސަލައަކީ ސާކުގެ ހަތް ގައުމުގެ މެދުގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އުސޫލަށް ކުޅެން ނިންމާފައި އޮއްވައި، އެގްރޫޕާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މިދިޔަ ފެބްރުއަރީ މަހު ކުއްލިއަކަށް ލަންކާގައި ކުޅެން ހަމަޖެއްސުމެވެ. މުބާރާތް ލަންކާގައި ކުޅެން ހަމަޖެއްސިއިރު ކުރިން ހަމަޖައްސާފައި އޮތީ ވަކި ގައުމެއްގައި މުބާރާތް ކުޅޭނަމަ ބަންގްލަދޭޝް ނުވަތަ އިންޑިއާގައި މުބާރާތް ކުޅޭ ގޮތަށެވެ. މާކެޓިން ޕާޓްނަރުން ބާރު އަޅަނީވެސް އެ ދެ ގައުމުން ކުރެ ގައުމަކަށް މުބާރާތް ބަދަލުކުރުމަށެވެ. އެހެންވެ ސާފުގެ ފުޓްބޯޅަ ޖަމުއިއްޔާގެ ރައީސް ބަންގަލްދޭޝްގެ ޢާޒީ ސަލާހުއްދީން ވިދާޅުވީ މިވަގުތު މުބާރާތާމެދު ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
“އެއްވެސް ކަމެއް އަދި މުބާރާތް ބާއްވާނެ ތަނެއް ވެސް ޔަގީނެއްނޫން. މާކެޓިން ޕާޓްނަރުން އަދިވެސް އެދަނީ ހެދޭނެ ގޮތެއް އަދިވެސް ދިރާސާ ކުރަމުން. ލަފާ ކުރެވެނީ ގޮތެއް ނިންމޭނީ ދެން ބާއްވާ ސާފުގެ ކޮންގްރެސްގައިހެން،” ސަލާހުއްދީން ވިދާޅުވި އެވެ. ކަންތައްތައް މިހެން އޮތުމުން ތަޖުރިބާކާރުން މިހާރު ލަފާކުރަމުންދަނީ ސާފް ޗެމްޕިއަންޝިޕް ޖޫން މަހު ނުބާއްވާނެ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ސާކު ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ މުބާރާތެވެ. މި މުބާރާތް ރާއްޖޭގައިވެސް ދެ ފަހަރެއްގެ މަތިން ވަނީ ބާއްވާފައިއެވެ. އެއީ 2008 އާއި 2021 ގައެވެ. 2008 ގެ މުބާރާތް ބޭއްވީ ލަންކާއާ ހިއްސާވެގެންނެވެ. އެއީ މުބާރާތް ލަންކާގައި މިހާތަނަށް ބޭއްވި ހަމައެކަނި ފަހަރެވެ. ނަމަވެސް ލަންކާގައި ފުޓްބޯޅަ ފޯރި ނެތުމުން އެ ގައުމުގައި މުބާރާތުގެ ސްޕޮންސަރުން ބޭނުންވާ ކަންކަން ފުރިހަމަނުވާނެ ކަމަށް ސްޕޯޓްސް ފައިވް ގްރޫޕުން ދެކެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
