
ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަންކަމާއެކު ރާއްޖެ މިހާހިސާބަށް އައިސްފައި މިވަނީ ދިވެހި ސިފައިން ބޮޑެތި ގުރުބާނީތަކެއްވެގެންކަމަށެވެ. އެގޮތުން ރާއްޖެއަށް އެކިއެކި ފަހަރުމަތިން ކުރިމަތިވި އުދުވާނީ ނުރައްކާތަކުން އަދި އެކި ހާދިސާތަކުގެ ހާލަތްތަކުގައި އާއި، އަދި ދިވެހި ރައްޔިތުން އެދުނު ކޮންމެ ކަމެއްގައިވެސް ދިވެހި ފަހުރުވެރި ލަޝްކަރު ވަނީ ވަރުގަދަ މަސައްކަތްތަކެއްކޮށްފައިކަމަށެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގައި ސިފައިންގެ މުހިއްމު ދައުރު ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަސްކަރިއްޔާގެ ތަރައްޤީއާއި ޤާބިލްކަން އިތުރުކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތްތަކެއް ކޮށްފައިނުވާއިރު، އެހާލަތަށް ދިޔައީ ކީއްވެތޯ ރައްޔިތުން ސުވާލުކުރަންޖެހޭކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ޒަަޢާމަތާއި ހަވާލުވުމަށްފަހު އެންމެ އިސް ވާޖިބެއްކަމަށް ދެކެވަޑައިގެން މަސައްކަތްކުރައްވަނީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ވާސިލުކޮށްދެއްވުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތުގެ އެންމެ މުހިއްމު ބައިވެރިންނަކީ ދިވެހި ސިފައިންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް އައިއިރު މި ސަރުކާރުން އަސްކަރިއްޔާގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކޮށް، ކުރިއެެރުންތަކެއް ހޯއްދަވައިދެއްވާފައިވާކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ މަސައްކަތަށް ފާޑު ވިދާޅުވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް އަސްކަރިއްޔާއަށް އަންނަ ކުރިއެރުންތަކާމެދު ފަޚުރުވެރިވާންޖެހޭނެކަމަށެވެ. ” ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި ސިފައިންނަށް ދޭންޖެހޭ ތަމްރީން ދިނުމާއި ސިފައިންގެ ބާރު ވަރުގަދަކުރުމާއި މިކަންކަމަކީ އަޅުގަނޑުމެން ފަހުރުވެރިވާންޖެހޭނޭ ކަންކަން، ސިފައިންނަށް އެކި ތަކެތި ހޯދައިދިނީމަ އެކަމާއި ލަދު ގަންނަންޏާ އެމީހެއްގެ އަމިއްލަ ނަފްސާއި އެބަޖެހޭ ސުވާލުކުރަން ތިމަންނާގެ ޤައުމީ ލޯބި އޮތީ ކިހާހިސާބެއްގައިތޯ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަސްކަރިއްޔާގެ ތަރައްޤީއަށް ކުރައްވާ މަސައްކަތް ފަޚުރުވެރިކަމާއެކު ކުރިއަށްގެންދަވާނެކަމަށާއި، އެއީ ވަށާޖެހިފައިވާ ސިޔާސަތެއްގެ ދަށުން ޤައުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއްކަމަށެވެ. އަދި އެ މަސައްކަތަށް ފާޑުކިޔައި، މަލާމާތްކޮށް ހަދާ ފަރާތްތަކުގެ ވިސްނުންތަކުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
