
އާމީ، ނޭވީ އަދި އެއަރފޯސްގެ މައްޗަށް އެކުލެވޭ ޔުނިފައިޑް އާމްޑް ފޯސްއަކަށް ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަކީ ސަރުކާރުގެ ތަސައްވުރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަސްކަރިއްޔާގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައިކަމަށާއި، އިޤްތިޞާދީ ކޮޅަށްޖެހުމުގެ މަސައްކަތަކާއެކު ފެއްޓެވި އަނެއް މަސައްކަތަކީ އަސްކަރިއްޔާ ތަރައްޤީކޮށް، ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިހާތަނަށް އައިއިރު އަސްކަރިއްޔާގެ ބާރު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި، އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ތަސައްވުރު ހާސިލުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކެކޭ އެއްގޮތަށް ކަނޑާއި، އެއްގަމާއި ވައިގެ ބާރުތައް ހިމެނޭގޮތަށް ޔުނިފައިޑް އާމްޑް ފޯސްއެއްގެ ދަރަޖައަށް އެމްއެންޑީއެފް ތަރައްޤީކުރެއްވުންކަމަށެވެ. “އަޅުގަނޑުގެ ތަސައްވުރަކީ މި މަސައްކަތް މިގޮތުގައި ކުރިއަށްގެންގޮސް ދުރު ނޫން މުސްތަޤްބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއަރ ފޯސްއެއް އުފެދި، ނޭވީ އުފެދި އަދި އާމީވެސް އުފެދުން. އެހާހިސާބަށް އަސްކަރިއްޔާގެ ބާރު ވަރުގަދަކުރުމަށް މަސައްކަތްކުރާނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ހިކިފަސްތަން މަދު، އަދި ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުމަކީ މިނިވަންކަމާމެދު، ފަރުވާކުޑަކުރުމަށް އޮންނަ އުޒުރެއް ނޫންކަމަށާއި، އެއީ ފަޚުރުވެރިކަމާއެކު ކުރަންޖެހޭކަމެއްކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދު މިނިވަންކަމާއެކީގައި ހިމާޔަތްކޮށް ވަރުގަދަކުރެވޭނީވެސް ސިފައިންނަށް އަސްކަރީ ބާރުވެރިކަން ގެނެސްދީގެންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ޒަޢާމަތުގައި ސިފައިންގެއަށް ހުރިހާ ދާއިރާއަކުންވެސް ކުރިއެެރުން ގެނެސްދެއްވާނެކަމަށެވެ. އަދި ތަމްރީންކުރާ ސިފައިން އިތުރުކުރުމަށް ތަމްރީންދޭ މަރުކަޒުތައް ބޮޑުކޮށް. އެތަންތަނުގެ ކެޕޭސިޓީވެސް އިތުރުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
