
އަހަރުތަކަށްފަހު އަސްކަރިއްޔާ ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް އިންވެސްޓަރުން ޔަޤީންކަން ދަމަހައްޓަން ލިބިދޭ ޔަޤީންކަމެއް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ދިފާޢީ ވަޒީރު މިހެން ވިދާޅުވީ 133ވަނަ ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ސިފައިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިފާއީ ވަޒީރު ވަނީ ސިފައިންގެ މުޢައްސަސާއަށް ފުރޭ ކޮންމެ އަހަރަކީ ޢިބުރަތް ހާސިލްކޮށް ކުރިމަގު ބައްޓަން ކުރުމަށް ލިބޭ ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދު ސިފައިންގެ މުޢްސަސާގެ އަހަރީ ދުވަސް ފާހަގަކުރާއިރު، ދިވެހިންނަކީ، އަބަދުވެސް ޤައުމު ދިފާޢު ކުރުމުގެ ފަޚުރުވެރި ތާރީޚެއްއޮތް ރައްޔިތަކު ދިރިއުޅޭ ޤައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިފާޢީ ވަޒީރުގެ ވާހަކަފުޅުގައި، ދިވެހިންނަކީ އެއްވެސް އިރެއްގައި އިސްވެ ހަނގުރާމަކުރި، އަދި އެއްވެސް ޤައުމަކާ ހަނގުރާމަކުރާނެ ބައެއް ނޫންކަން ފާހަގަކުރައްވައި މިއަދުގެވެސް ސިޔާސަތަކީ އެއީކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އަސްކަރީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވެޑައިގެން ކުރައްވަމުން ގެންދަވާ ކަމަށް ދިފާއީ ވަޒީރު ޣައްސާން ވިދާޅުވިއެވެ. މިގޮތުން ވެރިކަމާއި ހަވާލުވެ އެމަނިކުފާނު ދެންމެވި ‘ރަތްރޮނގު’ އަދި އެރަތް ރޮނގުގެ އެތެރެ ހިމާޔަތްކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ޤައުމުގެ އަސްކަރިއްޔާގެ ކުރިއެރުމާއި މިނިވަންކަން ދިފާޢުކުރުމަށް ކުރަންޖެހިފައިއޮތް އެތައް ކަމެއް ނުކުރެވި ހުރިކަން ފާހަގަކުރައްވަމުން ދިފާޢީ ވަޒީރުވަނީ އޭގެ ސަބަބުން އެތައް ނުރައްކަލަކަށް ޤައުމު ހުށަހެޅުނުކަމަށެވެ.
“15 ވަރަކަށް އަހަރަށްވުރެ ގިނަ ދުވަހު އިޖާބަ ނުދެވި އިހުމާލުވެފައިވާ ކަންތައްތަކެއް. މި އިހުމާލުގެ ސަބަބުން އަޅުގަނޑުމެންގެ ފަސްގަނޑުން ސީދާ ހަރަކާތްތަކެއް ފެނިފައިވޭ. ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ މިނިވަން ކަމާއި އިސްތިޤުލާލަށް ސީދާ އަސަރުކުރާ ފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ފަސޭހަކަމާއެކު ޤައުމުގެ އިސްވެރިންނަށް ދިނުމުގެ ޖާގަ ލިބިފައިވަނީ މިދެންނެވި އިހުމާލުވެ ޤައުމަށް ވުރެ އެހެން ކަންކަން އިސްކުރީމަ” ވަޒީރު ވިދާޅުވިއެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި ރައްޔިތުން ވެރިކަން ހަވާލުކުރެއްވި މިމައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަމާއެކުކަމަށާއި، މިއާއެކު ވައިގެ ބާރު އުފައްދަވައި އެއްގަމުގެ ބާރާއި މެރީން ކޯ ކުރިއަރުވަން މިހާތަނަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވިފައިވާކަމަށް ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ. އަދި މިފަދަ ކުރިއެރުންތަކަކީ މިނިވަން މުސްތަޤިއްލު ކޮންމެ ޤައުމަކުންވެސް ހޯދަންޖެހޭ ކުރިއެރުންތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“މިއީ މިނިވަން މުސްތަޤިއްލު ކޮންމެ ޤައުމަކުން ހޯދަން މަޖުބޫރު ވަސީލަތްތައް. މިނިވަންކަން ހިމާޔަތްވެފައި އޮތުން، އަމާން މުޖްތަމަޢުއެއް ޤާއިމްވެފައި އޮތުން. މިއީ އިޤްތިޞާދީ ގޮތުން ފިކުރުކޮށްލި ކަމުގަިއިވިއަސް ޤައުމުތަކާއި މެދު އިންވެސްޓަރުންގެ ކޮންފިޑެން ނުވަތަ ޔަޤީންކަން އިތުރުކޮށްދޭ ކަމުގެ ހެއްކެތް. ” ވަޒީރު ޢައްސާން ވިދާޅުވިއެވެ. ދިފާޢީ ވަޒީރު ވާހަކަފުޅުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ މަސައްކަތަށް އެންމެހާ ސިފައިގެ ނަމުގައިވަނީ ޝުކުރު އަދާކުރާއްވާފައެވެ.
މީގެ އިތުރުން ސިފައިންގެ މަސައްކަތާއި ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ ދިވެހި ސިފައިން 24 ގަޑިއިރު ކުރައްވަމުން ގެންދަވާ ޚިދުމަތް ފާހަގަކޮށް އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ޢައްސާން ވަނީ ސިފައިން ޤައުމީ ޚިދުމަތުގައި އަމިއްލަ ނަފްސަށް ވުރެ ޤައުމު އިސްކުރުމަށް ގޮވާލައްވާ ގޮވާލެއްވުން މިއަދުވެސް ތަކުރާރުކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
