
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުޅިވަރުގެ ގާނޫނުގެ މާއްދާތައް ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށް ފާސްކުރެވިގެންދާއިރު، އެ ގާނޫނުން މުޅި ރާއްޖެއަށް ކުޅިވަރު ފުޅާވެގެންދާނެ ގޮތަށް ބައްޓަން ވެގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު ރާފިޢު ވިދާޅުވީ އިސްލާހުތަކާއެކު ކުޅިވަރު ގާނޫނު ވުޖޫދުވުމަށް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ. މުޅި ރާއްޖެއަށް ކުޅިވަރު ފުޅާކުރުމައްޓަކައި ރާއްޖޭގެ އެކި ސަރަހައްދަތަކުގައި ރީޖަނަލް އެސޯސިއޭޝަންތަކެއް އުފެދިގެންދާނެ ކަމަށާއި، އެތަންތަނުގައި މަސައްކަތް ކުރެވިގެންދާނީ މުޅި ރާއްޖެ ކުޅިވަރުގައި ޝާމިލުވާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
“ގަވަރނަންސް ގޮތުން ބެލިކަމުގައި ވިޔަސް އަދި ޕްރެކްޓިކަލް ގޮތުން ބެލިކަމުގައި ވިޔަސް، އެކި ރީޖަންތަކުގައި ބޭއްވޭ މުބާރާތްތަކުން ކުޅުންތެރިން އުފެދި އެ ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ލިބޭނެ ރޫޓެއް ކްރިއޭޓް ކުރުން މީގެ އެންމެ ބޮޑު ބޭނުމަކީ.” ރާފިޢު ވިދާޅުވިއެވެ. ކުޅިވަރުގެ ގާނޫނުން އެލީޓް އެތުލީޓުން އުފެއްދުމާއި، އެކަމަށް ޚަރަދުކުރާނެ ފައިސާ ހޯދާނެ ގޮތެއް ހޯދައި، އެގޮތަށް ބައްޓަންކުރުމުގެ ގޮތުން ކެބިނެޓަށް ކަރުދާހެއް ހުށެހުޅުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ ކަރުދާސް ކެބިނެޓުން ފާސްވެ ގައުމީ ކުޅިވަރު ފަންޑެއް އެކުލަވާލަން ގާނޫނުގެ ތެރޭގައި މިހާރު ހިމެނިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރެވިގެންދާނީ ވަކި މިނިވަން މުއައްސަސާއެއްގެ ދަށުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) ގެ ދަށުން މިހާރު ހިންގަމުންދާ އެންޓި-ޑޯޕިން އެސޯސިއޭޝަން ވަކި މިނިވަންތަނެއްގައި ގޮތުގައި ހިންގުމުގެ ބާރުލިބިގެންދާނެ ކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި އެތުލީޓުންނާ ދެމެދު ޖެހޭ މައްސަލަތައް ހައްލުކުރުމަށް އާބިޓްރޭޝަން މަރުހަލާގައި ހައްލު ހޯދާނެ ގޮތްވެސް ކުޅިވަރު ގާނޫނުގައި ހިމެނިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. “އެއީ ރާއްޖޭގައި ސްޕޯޓްސް އާބިޓްރޭޝަންގެ މަސައްކަތް ކުރެވިގެންދާނެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާނެ. މިހާރު މިކަންކުރާ ގޮތަށް ބަލާއިރު މިހާރު މި ދަނީ ރާއްޖެއިން ބޭރުގައި ހުންނަ އާބިޓްރޭޝަން ބޮޑީއަކަށް.” ރާފިޢު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް މައްސަލަތަކުގައި އާބިޓްރޭޝަނަށް ދިޔުމަކީ ޚަރަދު ބޮޑުކަމުން ކުޅުންތެރިންނަށް ވާވަރަށް ވުރެ ބޮޑު ތަކުލީފެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޖަމުއިއްޔާތަކުގެ ގާނޫނާ ފުށުއެރުންތަކެއް ހުރުމުން މިހާރު އެކަން ހައްލުކުރެވޭނެ ގޮތެއް ހޯދުން އެއީ ދިމާވާ ގޮންޖެހުމެއް ކަމަށާއި، އެހެން ނަމަވެސް އެއާ ވިދިގެން އަދިވެސް ބައެއް ކަންކަން ރަނގަޅުކުރަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. “މިސާލަކަށް މަދަނީ ޖަމުއިއްޔާތައް ރަޖިސްޓްރީވަމުން އެ ދަނީ ޔޫތު މިނިސްޓްރީގައި. ކުޅިވަރު ޖަމުއިއްޔާތައް ރަޖިސްޓްރީވަމުން ދަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި. އެހެން ނަމަވެސް މަދަނީ ޖަމުއިއްޔާތަކުގައިވެސް ކުޅިވަރު ކުޅޭ ކޮންޕޯނަންޓުތަކެއް އެބަހުރި. އެ ކުލަބުތަކަށް ވިޔަސް ރަޖިސްޓަރީވަމުން މި ދަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި.” ރާފިޢު ވިދާޅުވިއެވެ.
ކުޅިވަރު ގާނޫނަށް ގެންނަ ބަދަލުތަކަކީ މިދިޔަ އަހަރު ކުރެވުނު މަސައްކަތުގެ ނަތީޖާއާއެކު ގެންނަ ބަދަލުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރޭގައި 20 އަހަރު ދުވަހުގެ ކުޅިވަރު ތަސައްވަރުގެ މައްޗަށް އެކުލެވޭ ދިގުރާސްތާ ޕްލޭންގެ މުހިންމު ބައިތަކެއް ހިމެނިގެންދާނެ ކަމަށްވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ. “އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ލޯންގްޓާމް ޕްލޭންގައި މިއޮތީ ރާއްޖެއަށް އެންމެ ސަކްސަސްފުލް މޮޑެލްއަކީ ކޮބައިތޯ؟ ރާއްޖެއަށް އެންމެ އެކަށީގެންވާނީ ކޮން މޮޑެލް އެއްތޯ؟ އަދި ދުނިޔޭ ކުޅިވަރުގައި އެންމެ ބޮޑެތި ކުރިއެރުންތައް ހޯދާފައި ހުރި ގައުމު ތަކުގައި ކޮން މޮޑަލްތަކަކަށްތޯ މަސައްކަތް ކޮށްފައި ހުރީ.” ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އަލަށް ފާސްކުރެވިގެންދާ ބައިތަކާއެކު ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުންވެސް އިތުރަށް ހަރުދަނާވެ ފަސޭހަ ވެގެންދާނެ ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
