
މިވިހާތަނަށް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ މިވީ މުއްދަތުގެ ތެރޭގައި ފެންނަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. ޗީފް އޮފް ޑިފެންސް މިހެން ވިދާޅުވީ 133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޗީފް އޮފް ޑިފެންއސްގެ ވާހަކަފުޅު ފެއްޓެވީދިވެހި އަސްކަރިއްޔާއަކީ ފަޚުރުވެރި ޒަމާންވީ ތާރީޚެއް އޮތް ބައެއްކަން ހަނދާން އައުކުރައްވަމުންނެވެ. މާޒިން މިސާލު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ، ދިވެހިންނާ ތޮޅެން އައި ކޮންމެ ބަޔަކާ ކުރިމަތިލައި ދިވެހި ސިފައިން ކާމިޔާބު ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހި ސިފައިންނަކީ މަޝްހޫރު ޗޯޅާއިންނާއި، 12ވަނަ ގަރުނުގައި ރާއްޖޭގެ ސަރަހައްދުގައި ހަނގުރާމަކޮށް އެމީހުންބަލިކޮށް ދިވެހިރާއްޖެއިން ފައްސާލި ހިތްވަރުގަދަ ބައެއްކަމަށެވެ. އަދިފުސެތިކާރުންނާއި ކުރިމަތިލައި، ލަދުވެތިކޮށް އެބައިމީހުން ބަލިކުރުން ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސ ފޯސް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލުމަށް އައި ކޮންމެ ބަޔަކާ ކުރިމަތިލައި، ލަޝްކަރު ވަރުގަދަވެގެންދިޔަކަމަށެވެ.
އޭރު ކުރެވުނީ ދިފާޢީ ހަނގުރާމަކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ. އެއީ ދީނަށްޓަކައި ކުރެވުނު ހަނގުރާމަކަމަވެސް ވިދާޅުވިއެވެ. އަދި އެއީ ސިލޭހާއި ލޮންސިއާއި ކަނޑިއާއި އައްޑަނައިން ކުރި ހަނގުރާމައެއްކަމަށާއި، ނަމަވެސް މިހާވަރުގަދަ އަސްކަރިއްޔާ ބަލިކަށިވެގެން ދިޔައީ 1887 ވަނަ އަހަރުއިނގިރޭސިންގެ ހިމާޔަތަށް ދިޔުމުންކަމަށެވެ. އަދި ސިފައިންގެ އަދަދު ދަށަށްވެސް ދިޔަކަމަށްވެސް ވިދާޅުވިއެވެ. އެއީ ފާއިތުވި ގަރުނުތަކުގައި ކުރި ހަނގުރާމަތައް ހަނދާން ނެތުމާއި، ބަޔަކާ ހަނގުރާމަ ކުރަންޖެހިދާނެކަން ހަނދާނެތުމުންލިބުނު ބަލިކަށިކަމެއްކަން ފާހަގަކުރައްވަމުން ޙިލްމީ ވިދާޅުވީ އެހެންތިއްބައި 1988 ވަނަ އަހަރު ދިވެހިންނާ ކުރިމަތިވި އުދުވާނުގައި ދިވެހި ސިފައިން ކުރިމަތިލައި މިނިވަންކަން ދިފާޢުކުރިކުމަށެވެ.
ދިވެހި ސިފައިންނަކީ ޤާނޫނު އަސާސީން މަތިކޮށްފައިވާ ދިވެހި ޖުމްހޫރިއްޔާއާއި ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހީން ހިމާޔަތްކުރުމުގެ މަތިވެރި ވާޖިބު މަތީ ތިބި ބައެއްކަމުގެ ހަނދާންތައް އައުކުރެއްވިއެވެ. 2008ވަނަ އަހަރުން ފެށިގެން ސިފައިންގެ ޤާނޫނަށް އަމަލުކުރަމުން އައިނަމަވެސް އެ ޤާނޫނުގައި ބަޔާންކުރާ ވައިގެ ބާރު މިހާތަނަށް އުފައްދާފައި ނުވިނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސިފައިންގެ އެންމެ މަތީވެރިޔާ އެ ބާރުވެސް ސިފައިންގެތެރޭގައި އުފެއްދެވިކަމަށް ވިދާޅުވިއެވެ. އަދި ކަނޑުގެ ބަރާއި އެއްގަމުގެ ބާރު ވަރުގަދަކުރުމަށްވެސް އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މިވިހާތަނަށް އަސްކަރިއްޔާ ނުދެކޭހާ ޤާބިލްކަން މިއަދު ދިވެހި އަސްކަރިއްޔާއިން ދެކެމުން އަންނަކަމަށެވެ. ޙިލްމީ ވިދާޅުވީ، މި ރިޔާސީ ދައުރުގައި ދިވެހި އަސްކަރިއްޔާ އެތަކެއް ގުނަ ވަރުގަދަވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މި ޤައުމުދެކެ ލޯބިވާ، ފަޚުރުވެރިވާ ޤައުމީ ލީޑަރެއްކަމަށްވެސް ވިދާޅުވިއެވެ. ޙިލްމީ ވަނީ ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. “ޤައުމުގެ މިނިވަންކަމާއި، އިސްލާމްދީނަށް ނަސްރު ހޯދުމަށް މަތިވެރި ގުރުބާނީތަކެއް ފާއިތުވިތަނުގައިވެސް ވެފައިވާ ސިފައިން، މިއަދުވެސް. އަޅުގަނޑުމެން މި ތިބީ އެ ސާބިތުކަމާއެކު. ކުރިމަތިވާ ކޮންމެ ކާރިސާއެއްގަިވެސް ކޮންމެ ކަމެއްގައި އަޅުގަނޑުމެންނަކީ ހިދުމަތުގައި އަމިއްލަ ނަފްސުގެ ކުރިެަށް ޤައުމު އިސްކުރާބައެއް” ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންނަށް ސާބިތުކަމާއެކު މިހާތަނަށް އެ ތިބެވެނީ ސިފައިންގެ އާއިލާތަކުން ދެއްވާ އެހީއާއި އެެއްބާރުލުމުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ސިފައިންގެ އާއިލާތަކަށް ޝުކުރު އަދާކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
