
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ފައުޖުން އުތުރު ދާރްފޫރަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދަށް ކުރިމަރިވެފައިވާ އިންސާނީ ކާރިޘާގެ ޙާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ބުނެ އެހީދޭ ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.އދގެ ސޫދާނަށް ޚާއްޞަ ކޯޑިނޭޓަރު ކްލެމެންޓީން ނަކްވެތާ-ސަލާމީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އުތުތު ދާރްފޫރުގެ ވެރިކަންކުރާ އަލް-ފާޝިރާއި ވަށައިގެންވާ ސަރަޙައްދުތަކަށް އިންސާނީ އެހީ ލިބުމަށް އޮންނަ ފުރުޞަތު ނުރައްކާތެރިވާ މިންވަރަށް ހަނިވެފައިވާ ކަމަށެވެ. ފާއިތުވި ހަފުތާތަކުގައި އާރްއެސްއެފުން ވަނީ އެ ސަރަޙައްދުތަކަށް ގިނަ ޙަމަލާތަކެއް ދީފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އާރްއެސްއެފުން ވަނީ ރެފިއުޖީ ކޭމްޕުތައް ކަމަށްވާ ޒަމްޒަމް ކޭމްޕަށާއި އަބޫ ޝޫކު ކޭމްޕަށް ޙަމަލާ ދީފައެވެ. ޒަމްޒަމް ކޭމްޕުގައި އެކަނި ވެސް އެއް މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު، އެ ޙަމަލާތަކުގައި 300 މީހުން ވަނީ މަރުވެފައެވެ. އާރްއެސްއެފުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް ޒަމްޒަމާއި އަބޫ ޝޫކު ހިމެނޭ ގޮތަށް ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުން ދަނީ އެ ސަރަޙައްދު ދޫކޮށް ދަމުންނެވެ. މިހާތަނަށް 400،000އަށްވުރެ ގިނަ މީހުން ވަނީ އެ ކޭމްޕުތައް ހުންނަ ސަރަޙައްދާ 60 ކިލޯމީޓަރު ދުުރުގައި އޮންނަ ތަވީލާ ކިޔާ އަވަށަކަށް ދިޔުމަށް ސަހަރާ ހުރަސް ކުރަން ފަށައިފައެވެ.
ނަކްވެތާ-ސަލާމީ އިތުރަށް ވިދާޅުވީ ދިރިއުޅޭ ތަން ދޫކޮށް ދިޔުމަށް މަޖުބޫރު ވެފައިވާ 450،000 މީހުންނަށް އަސާސީ ސާމާނާއި އެހީތެރިކަން ލިބުމުގައި ދަތިތަކާ ކުރިމަތިލަމުންދާ ކަމަށެވެ. ބަލިމަޑުކަމާއި ބަނޑަށް ޖެހުން ފަދަ މައްސަލަތައް ކުރިމަތިވުމުގެ ހިރާސް އެ ސަރަޙައްދުގައި އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަކްވެތާ-ސަލާމީ ވަނީ އދއާއި ހިލޭ ސާބަހަަށް މަަސައްކަތްކުރާ ޖަމުޢިއްޔާތަކަށް ސޫދާންގެ ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުޞަތު މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައިފައެވެ. ސޫދާންގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދެވޭނީ އޭރުން ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
