
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް: ރޮއިޓާރސް)
އިނގިރޭސި ޗެމްޕިއަންޝިޕްގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ބާރންލީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބާރންލީ މޮޅުވި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. މި މެޗުން ބާރންލީ މޮޅުވުވުމާއިއެކު އެ ޓީމަށް ވަނީ ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅުނު 44 މެޗުން 94 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ލީޑްސް ޔުނައިޓެޑަށް ވެސް ވަނީ 44 ޕޮއިންޓު ލިބިފަ އެވެ. ޖުމްލަ 24 ޓީމު ވާދަކުރާ ޗެމްޕިއަންޝިޕްގެ ގަދަ ދެ ޓީމަށް ޕްރިމިއާ ލީގުގެ ސީދާ ޖާގައެއް ލިބިގެންދާއިރު ތިން ވަނަ އާއި ހަ ވަނަ އާއި ދެމެދުގެ ޓީމުތަކަށް ޖެހޭނީ ޕްލޭ އޮފް މެޗުތަކެއް ކުޅުމަށެވެ.
މީގެ ކުރިންވެސް ޕްރިމިއާ ލީގުގައި ވާދަކޮށްފައިވާ ބާރންލީ އިން މި މެޗުގައި ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޯޝް ބްރައުންހިލް އެވެ. މިމެޗުން ބާރންލީ މޮޅުވެ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައިވާއިރު އެ ޓީމުން ވަނީ ޗެމްޕިއަންޝިޕުގައި ބަލިނުވެ 31 މެޗު ހަމަކޮށްފަ އެވެ. މިއީ ބާރންލީގެ 104 އަހަރުގެ ދިގު ތާރީޚުގައިވެސް އެ ޓީމަށް މެޗަކުން ބަލިނުވެ ދެމެހެއްޓުނު އެންމެ ދިގު މުއްދަތެވެ. ޝެފީލްޑް ޔުނައިޓެޑްއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓޮމް ކެނޮން އެވެ.
ބާރންލީގެ ކޯޗު ސްކޮޓް ޕާކާރ މި މެޗަށްފަހު ބުނެފައިވަނީ މި ސީޒަނާއި އެ ޓީމުން ކުރިމަތިލީ އަލުން އަނބުރާ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމުގެ އަޒުމުގައި ކަމަށާއި އަދި އެކަން ހާސިލުވުމުން އެކަމާ އުފާ ކުރާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
