
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ނޮޓިންހަމް މޮޅުވެ ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ. މި މެޗުން ނޮޓިންހަމް ފޮރެސްޓް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން 60 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 66 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް އަށް ލިބިފައިވަނީ 59 ވަނަ އެވެ. އަދި ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރި މެންޗެސްޓަރ ސިޓީއަށް ލިބިފައިވާ 58 ޕޮއިންޓާއެކު އެ ޓީމު އޮތީ ފަސްވަނައިގަ އެވެ.
ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓުގައި ނޮޓީންހަމްގެ އެލިއޮޓް އެންޑަރސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެންޑަރސަން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއް ޓޮޓްނަމްގެ ރޮޑްރިގޯ ބެންޓަންކޫރުގެ ގައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ގޮސް ގޯލަށް ވަދެފައިވާ ލަނޑެކެވެ. އަދި އޭގެ 11 މިނިޓު ފަހުން އެލަންގާ ދިން ޕާހަކުން ކްރިސް ވުޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުގެ މެދުތެރޭގައި ވުޑް ޖެހި ލަނޑަށްފަހު އޭނާ ޖެހި ފުރަތަމަ ލަނޑެވެ. މިއީ މި ސީޒަނުގައި ވުޑް ޖެހި 19 ވަނަ ލަނޑެވެ.
މި ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ އަށް އެދެވޭ ނަތީޖާތަކެއް ޕްރިމިއާ ލީގުގައި ދެއްކިފައިނުވި ނަމަވެސް އެ ޓީމުން ވަނީ މިދިޔަ ހަފްތާގައި ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލިގައި ޖަރުމަނުގެ އެއިންޓްރެކްޓް ފެރެންކްފަރޓް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. މި މެޗުގައި ޓޮޓްނަމް ހޮޓްސްޕަރ އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ރިޗަލިސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޓޮޓްނަމް ހޮޓްސްޕަރ މި މެޗުން ބަލިވެފައިވާއިރު އެ ޓީމަށް ލީގުގައި ކުޅުނު 33 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ. ރެލިގޭޝަނުގެ ޒޯނުން ސަލާމަތްވެފައިވާ ވެސްޓްހެމް 17 ވަނައިގައި އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
