
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެއްބުރުން ރިޔާސީ އިންތިޚާބު ނިމޭގޮތަށް، ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ގާއިމުކުރަން ތާޢީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމަށް އެމަނިކުފާނު އުފެއްދެވި ވަޓްސްއެޕް ޗެނަލަށް ކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ އެމަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފަރެންޝަލް ވޯޓިން ނިޒާމު ކަމަށެވެ. މިނިޒާމަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި ރައްޔިތުން ބޭނުންވާ ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓު ދޭ ނިޒާމެކެވެ.
ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ރައީސުލްޖުމްޙޫރިއްޔާގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ތާޢީދު ކުރައްވާފައެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކުގައި ރިޔާސީ އިންތިޚާބުގައި ބޭނުން ކުރަނީ ޕްރިފަރެންޝަލް ނިޒާމެކެވެ. އެގޮތުން، އެމެރިކާ އަދި އިނގިރޭސިވިލާތު ފަދަ ޤައުމުތަކުގައި މި ނިޒާމު އޮންނައިރު މި ނިޒާމުގައި ރައްޔިތުން ވޯޓުދޭނީ އެންމެ ކެންޑިޑޭޓެއްގެ ބަދަލުގައި ރައްޔިތުން އިސްކަންދޭ ތަރުތީބުން ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓުލައިގެންނެވެ.
ރާއްޖޭގައި މިހާރު ރިޔާާސީ އިންތިޚާބު އޮންނަ ގޮތުން، އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެވޭނީ ވޯޓުލާ ރައްޔިތުންގެ %50 އާއި އިތުރު 1 ވޯޓު ލިބިގެންނެވެ. އެހެން ނޫންނަމަ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހެއެވެ. ރިޔާސީ ނިޒާމުގެ ފަހުން ރާއްޖޭގައި ބޭއްވި ހުރިހާ އިންތިޚާބެއްގައިވެސް ރައީސް އިންތިޚާބު ކޮށްފައިވަނީ ދެ ބުރު ވޯޓު ލުމަށްފަހުއެވެ. ރިޔާސީ އިންތިޚާބުގައި ދެ ބުރު ބާއްވަން ޖެހުމަކީ ޚަރަދުތައް އިންތިހާއަށް ބޮޑު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ފާހަގަކުރައްވައެވެ.
ރިޔާސީ އިންތިޚާބުގެ އެއްބުރު ބާއްވާގޮތަށް ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ދިއުމަށް ރައީސް ތާއީދު ކުރައްވާފައިވާއިރު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުވެސް އެކުގައި ބޭއްވުމަށް އެމަނިކުފާނު ތާޢީދު ކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
