
ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް”ރިޒޮލިއުޝަން އެއްވެސް ގޮތަކަށް ރާއްޖެއާއި ގުޅުމެއް ނެތްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ، ދީނީ މިނިވަންކަމާ ގުޅޭ ޤަރާރަށް ރާއްޖެއިން ވޯޓު ދިންކަމަށް ބުނެ ފަތުރާ ޚަބަރުތައް ދޮގުކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޚަރިޖީ ވަޒީރު ވިދާޅުވީ، “ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް” ރިޒޮލިއުޝަން އދ.ގެ އާންމު މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ 2000 ވަނަ އަހަރުކަމަށެވެ. 2004 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު މި ރިޒޮލިއުޝަނަށް ވޯޓަށް އަހަމުން ގެންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިއީ އދ.އާއި ކައުންސިލް އޮފް ޔޫރަޕާއި ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ހުށަހަޅާ ރިޒޮލިއުޝަނެއްކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރުކާރުތަކުންވެސް އައީ މި ރިސޮލިއުޝަނަށް ވޯޓް ދެމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވަނީ މިއީ އެއްވެސް ގޮތަކަށް ރާއްޖެއާއި ގުޅުމެއް އޮތް ރިޒޮލިއުޝަނެއް ނޫންކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެއިން ޢަމަލުކުރަންޖެހޭ ޙާލަތްތަކުގައި، ދީނާއި ސަގާފަތާއި ނުގުޅޭ ކަންކަން ހިމެނޭ ނަމަ ރާއްޖެއިން އެކަންކަމަށް ރިޒަވޭޝަންލަމުން ގެންދާކަމަށާއި، އެއީ ނުގުޅޭ ކަންކަމަށް ޢަމަލު ނުކުރުމުގެ ގޮތުންކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ރައްޔިތުންނަށް ނޯޅޭގޮތަށް ތެދު މަޢުލޫމާތު ފެތުރުމަށް އެދިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
