
ވަޑާންކުރުމާއި ރޭނުމުގެ މަސައްކަތް ހިމެނޭހެން ގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުސަތު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ހުޅުވާލައިފިއެވެ. އެމްޓީސީސީން ވިދާޅުވީ މި މުވައްޒަފުން ބޭނުންވަނީ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ކަމަށެވެ. އެގޮތުން، ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެމްޓީސީސީން ވިދާޅުވީ އެ ކުންފުނިން މުވައްޒަފުން ހޯދަނީ ތިން މަޤާމަކައް ކަމަށެވެ. އެއީ ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް 20 މުވައްޒަފުންނާއި ކާޕެންޓަރުގެ މަޤާމު ނުވަތަ ވަޑާންކުރުމުގެ މަސައްކަތަށް 20 މުވައްޒަފުން އަދި މޭސަން ނުވަތަ ރޭނުމުގެ މަސައްކަތްކުރުމަށް 20 މުވައްޒަފުން ހިމެނޭހެން ޖުމްލަ 60 މުވައްޒަފުންކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
ޓެކްނިކަލް އެސިސްޓެންޓުގެ ގޮތުގައި އަސާސީ ތަޢުލީމު ހާސިލްކޮށްފައިވާ ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިލެއްވޭއިރު ކާޕެންޓަރު އަދި މޭސަންގެ މަގާމުތަކަށް ކުރިމަތިލެއްވޭނީ އެ މަގާމުގެ ދާއިރާއިން ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
އެމްޓީސީސީން ވިދާޅުވެފައިވާ ގޮތުގައި ޓެކްނިކަލް އެސިސްޓެންޓްގެ މަގާމަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި 10،000 ރުފިޔާ، ކާޕެންޓަރުގެ މަގާމަށް 11،400 ރުފިޔާ އަދި މޭސަންގެ މަގާމަށް 11،400 ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ސްޓާފް މެޑިކަލް އިންޝުއަރެންސް ފައިސާ ލިބޭނެކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ. އަދި ޕެންޝަން ސްކީމުގައި ބައިވެރިކުރާނެ ކަމަށާއި ކެއުމާއި ހުރުމުގެ އިންތިޒާމް ކުންފުނީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 23:59ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
