
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މަޝްވަރާތަކުގެ ތެރެއިން އެއްބަސްވުމެއްގެ ދެލިކަރުދާހާއި އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކަމުގެ މާހިރުންނާ ޙަވާލު ކޮށްފިއެވެ. އެއްބަސްވުމެއްގެ ދެލިކޮޕީ ތައްޔާރު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ އީރާނުގެ ޚާރިޖީ ވުޒާރާއިންނެވެ. އޭޕްރިލް 19ވަނަ ދުވަހު، އީރާނާއި އެމެރިކާގެ އިސް އޮފިޝަލުންނާ ދެމެދު އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ. މިއީ، ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ބާއްވާފައިވާ ދެވަނަ ބައްދަލުވުމެވެ. ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ އޮމާނުންނެވެ.
އީރާނާއި އެމެރިކާއިން ވެސް ބުނީ، ރޯމްގައި ބާއްވާފައިވާ ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމުގައެވެ. އަދި، އެއީ ކުރިއެރުންތަކެއް ލިބުނު މަޝްވަރާތަކެއްގެ ގޮތުގައި ދެ ޤައުމުން ވެސް ސިފަ ކުރިއެވެ. ބައްދަލުވުންތަކުގައި އީރާން ތަމްސީލު ކުރައްވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ. ޢަރާޤިޖީ ވިދާޅުވީ ވިޓްކޮފާ އެކު ބޭއްވެވި ބައްދަލުވުމުގައި ކުރިއެރުންތަކެއް ލިބުނު ކަމުގައެވެ. “ބައެއް ކުރިއެރުންތައް ހޯދުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިގެން ދިޔަ، އަދި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުނު،” އޭނާ ވިދާޅުވިއެވެ. “އެއް ކަމަކީ، ދެ ފަރާތުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތައް މެދުކަނޑައިނުލައި ކުރިއަށް ގެންދިޔުން، އަދި ދެވަނަ މަރުޙަލާ ކަމުގައިވާ ކަމާ ގުޅޭ މާހިރުންގެ މެދުގައި އަންގާރަ ދުވަހު އޮމާންގައި [އޭޕްރިލް 23ގައި] މަޝްވަރާތައް ފެށުން. އެއްބަސްވުމުގެ ދެލިކޮޕީއަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ ފުރުޞަތު މާހިރުންނަށް ލިބިގެންދާނެ.”
އެމެރިކާއާ އެކު އީރާނުން މަޝްވަރާ ކުރަމުން ދަނީ ވަރަށް ފަރުވާތެރިކަމާ އެކުގައި ކަމުގައި އެ ޤައުމުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ޚާމަނާޢީގެ ބަސްފުޅު ތަކުރާރު ކުރައްވަމުން ޢަރާޤިޖީ ވިދާޅުވީ “އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަން ޔަގީން ކަމާ އެކު ދަންނަވަން ދަތި،” ކަމުގައެވެ. އަދި، މި ކަމުގައި އުންމީދު އައު ކުރުމުގެ ބޭނުމެއް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން މަސައްކަތް ކުރަމުން މި ދަނީ އެ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، ކޮންޓުރޯލު ކުރުމުގެ ހީލަތްތެރި ނިޔަތުގައެވެ. މި ކަމުގެ މުގުލުގައި ހުންނެވީ ޓްރަމްޕެވެ. އޭނާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، ޔަހޫދީންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވައެވެ.
2015ވަނަ އަހަރު، އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ވެރިކަމުގައި ވެސް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލައި އަމަލު ކުރަން ފެށިއެވެ. އެ އެއްބަސްވުމާ އެއްގޮތަށް އީރާނުން ވަނީ ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް މަޑުޖައްސައިލާފައެވެ. އަދި، އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. ނަމަވެސް، 2018ވަނަ އަހަރު އެ އެއްބަސްވުން ބާޠިލު ކުރައްވާފައި ވަނީ ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އެއަށްފަހު، އޭނާ ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވާފައެވެ.
ޓްރަމްޕް ޤަބޫލު ކުރައްވާ ގޮތުގައި ޔަހޫދީންނަށް މި ވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމެވެ. އެ ކަން ހުއްޓުވުމަށް އޭނާ އިސްނަންގަވައިގެން ފަށްޓަވާފައިވާ މަޝްވަރާތައް ފޭލުވެއްޖެ ނަމަ، ނުވަތަ އޭނާ ބޭނުންވާ އަމާޒު ހާސިލު ނުވެއްޖެ ނަމަ، އީރާނަށް ޙަމަލާ ދޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. އަދި، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މަރުކަޒުތަކަށް ޙަމަލާ ދިނުމުގައި ޔަހޫދީ ފައުޖު ބައިވެރި ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ. ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް އީރާނުން ދޮގު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
