
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހި އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ. މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދަނީ އެހެން ޤައުމުތަކަށް ނިޞްބަތްވާ މީހުން އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވާލުމާއި ސަރުކާރު ވަޒީފާއިން މުވައްޒަފުން ވަކިކުރުމާއި ފަަލަސްޠީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭ ގޮތުންނެވެ. ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާގެ ބައިވެރިން ވަނީ އެކި ޝިޔާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުގަދަ ކޮށްފައެވެ. އެ މީހުން ވަނީ ޓްރަމްޕްގެ ސަރުކާރުން އަނބުރާ ޤައުމަށް ފޮނުވާލަމުންދާ މީހުންނަށް ހިތްވަރުދީ، ސަރުކާރު ވަޒީފާއިން ވަކިކުރަމުންދާ މީހުންނާއެކު ތިބި ކަމަށް ބުނެފައެވެ. އޭގެ އިތުރުން ސަރުކާރުންދޭ މާލީ އެހީތެރިކަން ކަނޑާލާނެ ކަމަށް ސަރުކާރުން އިންޒާރު ދެމުންދާ ޔުނިވަސިޓީތަކާއެކު ވާކަމަށް އެ މީހުން ދިޔައީ ބުނަމުންނެވެ.
މުޒާހަރާގެ ބައިވެރިއަކު ބުނީ ސަރުކާރުން އެމެރިކާގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުން އަނބުރާ ޤައުމަށް ފޮނުވަމުންދާއިރު އަވަށްޓެރިންގެ ހައްޤުގައި ތެދުވެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެ މީހުންގެ ދިފާޢުގައި މަސައްކަތް ކުރަމުންްދާނެ ކަމަށެވެ. އަނެއް ބަޔަކު ވަނީ ފަލަސްޠީނުގެ ދިދަ ވިހުރުވާ ފަލަސްޠީނު މިނިވަން ކުރުމަށް ގޮވާލައިފައެވެ. އަދި ޣައްޒާގެ ރައްޔިތުންނާއެކު ތިބި ކަމަށް އެ މީހުން ދިޔައީ ބުަމުންނެވެ. އޭގެ އިތުރުން ޔޫކްރެއިނުގެ ހައްޤުގައި ވަކާލާތު ކުރަމުން ދިޔަ މީހުން ވެސް އެ މުޒާހަރާގައި ބައިވެރިވެފައިވެއެވެ. އެ މީހުން ބުނަމުން ދިޔައީ ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަުންދާ ހަނގުރާމައިގައި އެމެރިކާއިން ޔޫކްރެއިނަށް ދޭ އެހީތެރިކަން އިތުރުކޮށް ރަޝިޔާގެ ޢަމަލުތައް ހުއްޓުވުމަށް އިތުރު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މިދިޔަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން މަައި ސަރުކާރުގެ 200،000އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ގިނަ އިދާރާތަކެއް އުވާލުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ސަރުކާރުން ވަނީ ގިނަ ޢަދަދެއްގެ ބޭރު ޤައުމުތަކަށް ނިޞްބަތްވާ ދަރިވަރުން ވެސް ބަންދު ކޮށްފައެވެ. އެމެރިކާގެ ޔުނިވާސިޓީތަކުން ހިންގާ އެކި ޕުރޮގްރާމުތަކުގެ ދަށުން އެކި ޤައުމުތަކާއި ނަސްލުތަކަށް ނިޞްބަތްވާ ދަރިވަރުންނަށް ފުރުޞަތު ދޭތީއާއި މޫސުމީ ބަދަލުތަކާ ގުޅިގެން ހިންގާ ޙަރަކާތްތަކުގެ އިތުރުން ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ސަބަބުން އެ ޔުނިވަސިޓީތަކަށް ސަރުކާރުން ދޭ މާލީ އެހީތެރިކަން ކަނޑައިލުމަށް ސަރުކާރުން ވަނީ އިންޒާރު ދީފައެވެ. ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކުން ވަނީ ސަރުކާރުގެ މި ސިޔާސަތުތައް ކުށްވެރި ކޮށްފައެވެ.
ވޮޝިންގޓަންގެ އިތުރުން ނިއުޔޯކް ސިޓީއާއި ޗިކާގޯ ހިމެނޭ ގޮތަށް ގިނަ ސަރަޙައްދުތަކެއްގައި މުޒާހަރާތައް މުޒާހަރާތައް ދަނީ ކުރަމުންނެވެ. މިއީ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރާ ދެކޮޅަށް އެމެރިކާގައި މުޒާހަރާކުރާ ދެވަނަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
