
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާ ބެހޭ ވުޒާރާ)
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ސިންގަޕޫރުގައި ކޭމްޕުކުރަން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ވިދާޅުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީން މައުލޫމާތު ދެއްވި ގޮތުގައި ގައުމީ ޓީމުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުން ކުރިއަށްދާނީ ސިންގަޕޫރުގައި ކަމަށެވެ. މި ކޭމްޕާ ވިދިގެން ސިންގަޕޫރުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެހެން ކުޅިވަރުތަކުން މުބާރާތްތަކަށް ތައްޔާރުވުމަށް ކޭމްޕުކުރުމަށް ދަތުރުތައް ހަމަޖެހިފަވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ މިއާއެކު ފާއިތުވެދިޔަ ދުވަސްތަކުގައި ކުރެވުނު އެންމެ މުހިންމު ކަމަކީ އެކި ކުޅިވަރުތަކުން ފެންވަރު ރަނގަޅު ކޯޗުން އެ ކުޅިވަރުތަކަށް ހަމަޖެއްސުން ކަމަށެވެ. ވަޒީރު މި މޭރުމުން ވާހަކަދެއްކެވިއިރު، އެފްއޭއެމްއިން ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް އައު ކޯޗެއް ހޯދުމަށް އިއުލާންކޮށްފައެވެ. ގައުމީ ޓީމަށް ބިދޭސީ ކޯޗެއް ހަމަޖެއްސުމަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ ގައުމީ ޓީމުގެ ކޯޗެއްގެ ކަންތަކުގައި ނޯމަލައިޒޭޝަން ކޮމިޓީން އެ ވުޒާރާގައި ވަކިގޮތަކަށް އެދިފައި ނުވާކަމަށެވެ. އަދި އެކަމުގެ މަޝްވާރާތައް ނުކުރެވުނު ނަމަވެސް، އެއީ ވަރަށް މުހިންމު ކަމެއް ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ނެޝަނަލް ޓީމަށް ސަޕޯޓުކުރުމުގެ ގޮތުން މެޗުތަކެއް ރާވައި، ކޮންޕެޓިޓިވް ގޭމްސްތަކެއް ކުޅޭނެ ގޮތަކަށް ފެސިލިޓޭޓް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ތަނެއްގައި ކޭމްޕް ކޮއްގެން ނަމަވެސް، ނޫނީ އެހެން ގޮތެއް ހަދައިގެން ނަމަވެސް.” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މެޗު ފިޓްނަސް އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެކަން ކުރިއަށް ގެންދިޔުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އައު ކޯޗެއް ގައުމީ ޓީމަށް ގެންނާނީތޯ ނުވަތަ މިހާރު ހުރި ކޯޗާއެކު ކުރިއަށްދާނިތޯ ނިންމާނީ އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީން ކަމަށެވެ. ހުސްވި އަހަރެކޭ އެއްފަދައިން ވުޒާރައިގެ އެހީތެރިކަން ފުޓްބޯޅައަށް މިއަހަރު ލިބިގެންދާނެ ކަމަށާއި، ފުޓްބޯޅަ ކުރިއަރުވަން ކުލަބަތަކާއެކު އެންމެ ގުޅިގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބަކާ ހަމައަށް ވާސީލުވެވޭނެ ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ސްރީ ލަންކާގައި ބާއްވަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ނިންމާފައެވެ. މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 22 އިން ޖުލައި މަހުގެ 5 ގެ ނިޔަލަށެވެ. މީގުކުރިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން ވަނީ ނިންމާފައެވެ. ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅެން ކުރިން ނިންމީ ކޮންމެ ގައުމަކަށްވެސް އަމިއްލަ ގައުމުގައި މެޗުތައް ކުޅުމުގެ ފުރުސަތު ދޭންވެގެންނެވެ. އެހެންނަމަވެސް މިއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާނީ މިއަދުގެ ބައްދަލުވުމުގއި ހިންގާ ކޮމިޓީން ނިންމާފައިވަނީ ކުރިއެކޭ އެއްގޮތަށް ސެންޓްރަލައިޒްކޮށް މިއަހަރުގެ މުބާރާތް ކުރިއަށްގެންދަންށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
