
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަސްކުރީ މެޖޯރިޓީ ކުލަބުތަކުން ފީފާގައި އެކަމަށް އެދުމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާއަކީ މުބާރާތްތައް ރާވާ ހިންގާ ތަނެއް ނޫން ކަމަށާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގުމުގެ ތެރެއަށް ވުޒާރާއިން ނުވަންނާނެ ކަމަށެވެ. އެފްއޭއެމް ދެވަނަ ފަހަރަށް ނޯމަލައިޒް ކުރިކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ އެސޯސިއޭޝަނަކަށް އަންނާނެ އެންމެ ހިތްދަތި އެއްހާލަތު ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުން ނުވަތަ ސަސްޕެންޝަނަކަށް ދިޔުންވެސް އޮތީ ކުލަބުތަކުގެ އަތްމަތީގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޒިންމާ ނެގުން އޮތީ ފުޓްބޯޅައިގެ މެންބަރު ކުލަބުތަކުގެ އަތްމަތީގައި ކަމަށާއި، އަދި މުސްތަގަބަލުވެސް ބިނާވެފައި އޮތީ މެންބަރު ކުލަބުތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެންމެ ބޮޑަށް މިވަގުތު ހާލަތު ބަދަލުކުރެވެން އޮތީ މެންބަރު ކުލަބުތަކަށް ކަމަށާއި، ފުޓްބޯޅަ ކޮޅަށްޖެހުމަކީ ކުލަބުތަކުގެ ޒިންމާއެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. “އެހެންވީމަ، މެޖޯރިޓީ ކުލަބުތަކުން އެއްބަސްކިޔާފައި އެންމެން އެއްބަސްވާ ގޮތަކަށް އަޅުގަނޑުމެންނަށް ގެންދެވެން މިއޮތީ، ފުޓްބޯޅަ ކޮޅަށްޖަހަން މެންބަރު ކުލަބުތަކުން ބޭނުންވެއްޖެއްޔާ ވަރަށް ފަސޭހަ ކަމަކަށް ވާނީ.” ރާފިޢު ވިދާޅުވިއެވެ.
ފީފާ އާއި އޭފްސީގެ ތާއިދާއެކު ބޭއްވުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް އެއްބާރުލުން ނުދިން ކުލަބުތަކެއް ވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެއީ އެއްގޮތަކަށްވެސް އެފްއޭއެމްގެ އިންތިޚާބާ ގުޅޭ ހަރަކާތެއް ނޫން ކަމަށެވެ. އެފްއޭއެމްގެ އިންތިޚާބާ ގުޅޭ މަސައްކަތް ކުރިއަށްދަނީ ތަފާތު ތިން މަރުހަލާއަކަށް ކަމަށާއި، ކުރިއަށް ދެން އޮންނާނީ އެފްއޭއެމް އަސާސީ ގަވާއިދު އިސްލާހުކުރުން ކަމަށްވެސް ވިދާޅުވިއެވެ. “ވޯޓުލުމާ ހަމައަށް ދާން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް މިދަނީ، މިއީ ފުޓްބޯޅައަށް ކުރެވޭ މަސައްކަތްތައް، ފުޓްބޯޅަ ސްޓްރަކްޗާ ތައްޔާރު ކުރާނެ ގޮތާއި ކުރިއަށްދާނެ ގޮތުގެ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮއްދެވޭނީ ކުލަބުތަކަށް.” ވަޒީރު ވިދާޅުވިއެވެ. ވުޒާރާގެ މައިގަނޑު މަސައްކަތަކީ ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ކަމަށާއި، އެގޮތުން އެކި ޓީމުތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހުސްވި އަހަރު ތިން މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާން ވުޒާރާއާ ހަވާލުވިއިރު ފުޓްބޯޅަ އޮތީ އައިސީޔޫގައި ކަމަށާއި، އެހެން ނަމަވެސް ފުޓްބޯޅަ މިހާރު އޮތީ އެއަށްވުރެ ރަނގަޅު ހާލަތެއްގައި ކަމަށް ވަނީ ވިދާޅުވެފައެވެ. މިހާލަތުގައި ފުޓްބޯޅަ ރަނގަޅުކުރަން ކުރި މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ވިސްނުމަށް އައި ބަދަލު ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމައްޓަކައި ވުޒާރާއިން ވަރަށް ބޮޑު ހޭދައެއް ކުރެއްވިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ޓީމުތަކަށް އެހާ ބޮޑު އެހީއެއް ވާން މިޖެހުނީވެސް މިކަމުގެ މުހިންމު ކަމުން ބޮޑުވެގެން. އެހެން ނަމަވެސް އަޅުގަނޑުމެންގެ މިދިޔަ އަހަރު އެކޮނިމިކް ސިޗުއޭޝަން އޮތް ހާލަތުން ބަލާއިރު ވަރަށް ބޮޑު ހޭދައެއް މި ކުރީ. ދެން ޓީމުތަކުން ވަރަށް ބޮޑަށް ސިގްނަލް ދެމުންއައި ސީޒަން ފެށޭނެ ކަމަށް.” ރާފިޢު ވިދާޅުވިއެވެ. ޓީމުތަކުގެ މާލީ ހާލަތު ރަނގަޅު ކުރަމައްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ އެއް ކުލަބު ފިޔަވާ ހުރިހާ ކުލަބަކަށް މާލީ އެހީތެރިކަން ފޯރުކޮއްދެވުނު ކަމަށް ވަޒީރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
