
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު މާލޭގެ މަގުތަކުގައި ބޭއްވި ހާއްސަ ހިނގާލުމެއްގައި، އެމްއެންޑީއެފްއިން އެންމެ ފަހުގެ ޒަމާނީ އަސްކަރީ އުޅަނދުތަކެއް އާންމުންނަށް ދައްކާލައިފިއެވެ. މި ހިނގާލުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ. ބަންޑާރަކޮށިން ފެށި، މި ހިނގާލުމުގައި، އެމްއެންޑީއެފްގެ އެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދިނުމުގެ އިތުރުން، އަލަށް ތައާރަފުކުރެވުނު ހަތަރު ޒަމާނީ އުޅަނދު ވަނީ އާންމުންނަށް ދައްކާލާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ހިނގާލުމާ ގުޅޭގޮތުން އެމްއެންޑީއެފްގެ އިސް އޮފިސަރެއް ކަމުގައިވާ ސައީދު އަލީ ވިދާޅުވީ މި ޝަރަފުގެ ހިނގާލުމުގައި ޚާއްސަވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އަލަށް ތައާރަފުކުރެވުނު އެއްގަމުގެ ވެހިކަލްތައް ކަމަށެވެ. މިއީ އަޖުބާންގެ އެންމެ ފަހުގެ ވެހިކަލްތަކެއް ކަމަށާއި،މި ވެހިކަލްތައް މަޑު ފަސްގަނޑުތަކާއި ހަރުކޮށް ހުންނަ ތަންތަނުގައިވެސް ބޭނުންކުރެވޭ ގޮތަށް ހުރި ވެހިކަލްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“މި ޝަރަފުގެ ހިނގާލުން ހާއްސަވާ ކަމެއްގެ ގޮތުގައި މި ފާހަގަކުރެވެނީ އަލަށް އަޅުގަނޑުމެންނަށް މި ތައާރަފް ކުރެވުނު ނުވަތަ އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ އެއްގަމުގެ ވެހިކަލްތައް. އަޅުގަނޑުމެން ކުރީގަވެސް ދިވެހި އަސްކަރިއްޔާއިން އާބަން ސަރަހައްދުތަކުގައި ނޫނިއްޔާ އެއްގަމުގައި ހަރަކާތްތެރިވާނޭ ވެހިކަލްތައް އަޅުގަނޑުމެންގެ ތެރޭގައި ހުރި، އެކަމަކު މިވައްތަރުގެ ވެހިކަލް ސިފައިންގެ ޚިދުމަތަށް މި ގެނެވުނީ ފުރަތަމަ ފަހަރަށް.” ސައީދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދިފާޢީ ބާރުން ވިދާޅުވާ ގޮތުގައި މި ހިނގާލުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ހާމަކޮށް، ގައުމުގެ ދިފާއުގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮންނަކަން ދެއްކުމެވެ. މީގެ އިތުރުން ރައްޔިތުންނާއި ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަކީވެސް މި ހިނގާލުމުގެ މުހިންމު މަގްސަދެއް ކަމުގައި ދިފާޢީ ބާރުން ފާހަގަކޮށްފައިވެއެވެ. ސައީދު ވިދާޅުވީ، މި ވެހިކަލްތައް އޭރިއާ ކޮމާންޑުތަކާއި މާލޭ ސަރަހައްދުގައި ބޭނުންކުރުމަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާ ވަރަށް ބޮޑު ފުރިހަމަކަމެއް ކަމަށާއި، މިއީ ދިފާއީ ގޮތުން ދިވެހި ސިފައިންގެ ގާބިލުކަން އިތުރުވެގެންދިޔަ އާ ބޮޅެއް ކަމުގައެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މިވައްތަރުގެ ވެހިކަލްތަކަކީ ވަރަށް ފަހުގެ ވެހިކަލްތަކެއް. މިއީ އެއްގަމު ސަރަހައްދުތަކަށް ހާއްސަކުރެވިފައި ހަމައެއާއެއްކޮށް މަޑު ފަސްގަނޑުތަކުގަ އާއި ހަރުކޮށް ހުންނަ ތަންތަނުގައިވެސް ބޭނުން ކުރެވޭ ގޮތަށް ހުރި ވެހިކަލްތަކެއް އެހެންވީމާ މި ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ އޭރިއާ ކޮމާންޑުތަކުގަ އާއި މާލޭ ސަރަހައްދުގައި މިވެހިކަލްތައް ބޭނުން ކުރުމަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާ ވަރަށް ބޮޑު ފުރިހަމަ ކަމެއްގެ ގޮތުގައި ، ދިފާއީ ގޮތުން އަޅުގަނޑުމެންގެ ޤާބިލްކަން އިތުރުވެގެންދިޔަ އާ ބޮޅެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން.” ސައީދު އަލީ ވިދާޅުވިއެވެ.
މި ހިނގާލުން ކުރިއަށްދިޔައީ މާލޭގެ ކަނޑައެޅިފައިވާ މަގުތަކުންނެވެ. މިގޮތުން ލަޝްކަރު ފަސް ސަރަހައްދެއްގައި މަޑުކުރިއެވެ. އެއީ އަމީރު އަޙްމަދު މަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަން މަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. ކޮންމެ ހުއްޓުމެއްގައިވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕަފޯމްކުރިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
