
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޢިލްމު ޙާސިލްކުރާ މީހާގެ ބޮލުގައި މުޖުތަމަޢަށް އަދާކޮށްދެންޖެހޭ ބޮޑު ޒިންމާއެއް އެޅިގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ޢިލްމު އުނގެނިގެން ތިބި މީހުން، މުޖުތަމަޢަށް އަދާކޮށްދޭންޖެހޭ ގިނަ ޒިންމާތަކެއް އޮތްކަން ހަނދާންކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢިލްމު ނެތް މީހަކާއި، ޢިލްމު އުނގެނި ހުރި މީހަކީ ހާސްބައި ތަފާތު ދެމީހުންކަން ދަންނަންޖެހޭކަމަށެވެ. އެ ލިބިގަންނަ ޢިލްމާއެކު، އެމީހަކު މުޖުތަމަޢަށް އަދާކޮށްދޭންޖެހޭ ޒިންމާވެސް ވަރަށް ބޮޑުތަނުން އިތުރުވެގެންދާކަމަށެވެ.
ރައީސް ވިދާޅުވީ ތަޢުލީމު ލިބިގަތުމުގެ އެންމެ ބޮޑު ބޭނުމަކަށް އަދި ޢަމާޒަކަށް ވާންވާނީ، ކިޔަވައިގެން ނިކުންނަ މީހުންގެ ފަރާތުން އަނބުރާ މުޖުތަމަޢަށް އަދާކުރަންޖެހޭ ޒިންމާ އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުންކަމަށެވެ. “މިވަގުތު ބޭނުންވަނީ ސުވާލެއް އުފެއްދުމަށް. ސުވާލަކީ ތިފަދަ މުހިންމު ބުރަ މަސައްކަތެއްކޮށް ނަތީޖާ ލިބޭއިރު، ތިޔަ ދަރިވަރުންގެ ޒިންމާއާއި މަސްޢޫލިއްޔަތަކީ ކޮބައިތޯ؟ ޢިލްމު ދެއްވަނީ މާތް ﷲ. ޢިލްމު ޙާސިލްކުރަނީ ވަރަށް ބުރަ މަސައްކަތުން. ޢިލްމެއް ހާސިލްކުރާ މީހާގެ ބޮލުގައި އެޅިގެން އެދަނީ ވަރަށް ބޮޑު ޒިންމާއެއް.” ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ކުރިމަގަށް ކުރާ އުއްމީދުތަކާއި ހާސިލްކުރަން ބޭނުންވާ ކަންކަމަށް ވާސިލްވެވޭނީ ޢިލްމު އުނގެނިގެންކަމަށެވެ. އަދި މިކަމުގައި ފަރުދަކަށް ވީތީ އަމިއްލަ ނަފްސަށް އަދާކޮށްދޭންޖެހޭ ކަންކަމުގެ އިތުރުން، މުޖުތަމަޢަށް އަދާކޮށްދޭން ޖެހޭ ޒިންމާވެސް އިންތިހާއަށް ބޮޑުކަމަށެވެ. “ޢިލްމު ޙާސިލްވުމަކީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދެއްވާ އިމްތިހާނެއް. ހަޔާތް ބައްޓަން ކުރަންވާނީ ޢިލްމުގެ ބޭނުންކޮށްގެން. ދަރިންނާއި މުޖުތަމަޢަށް އޭގެއިން ބަދަލެއް ގެނައުން. މުޖުތަމަޢު ބައްޓަންކުރުމަކީ ޢިލްމު ލިބޭ މީހުންގެ ޒިންމާއެއް.” ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ޢިލްމު ލިބުނު މީހުން ވާންވާނީ ހެޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރާ ބަޔަކަށްކަމަށެވެ. ނިދިނަގާލައި، އާއިލާއާއި މުދަރިސުންނާއި އަދި އަމިއްލަ މީހާގެ އެތައް ބުރަ މަސައްކަތުން ޙާސިލްކުރާ ކާމިޔާބީ ވާންވާނީ، އަމިއްލަ މީހާއާއި މުޖުތަމަޢަށް އުފާ ލިބޭނެ ބަދަލަކަށް ވާސިލްކުރުވާނެ ކަމަކަށް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. “މުޖުތަމަޢު އިޖުތިމާޢީ ބަލިތަކުން ސަލާމަތްކުރުމަކީ ޢިލްމު ލިބިފައިވާ މިހާގެ ޒިންމާއެއް. އެއީ ކޮންމެ ދާއިރާއަކުން ކިޔެވި މީހެއްނަމަވެސް. ޤައުމުގެ ކަންކަން އިސްލާހުކުރުމުގެ ވިސްނުން ނެތިއްޔާ ދެން ކިހިނެތްތޯ ކަންކަން އިސްލާހުވާނީ. އެއީ ޤުރުއާނުންވެސް ދެއްކެވި މަގު.” ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާބާދީ ކިތަންމެ ކުޑަ ނަމަވެސް އަހަރަމެންނަކީ އިސްލާމީ ރިވެތި އަޚުލާގުން ޖަރީވެފައިވާ ބަޔަކަށް ވާން މަސައްކަތްކޮށްފިނަމަ، މި ކުޑަކުޑަ މުޖުތަމަޢުގެ އެތައް ކަމެއް އިސްލާހުކުރެވޭނެކަމަށެވެ. އެހެންކަމުން އިސްލާމީ ރިވެތި އާދަތަކާއި އަޚުލާގު ދިރުވާ އާލާކުރުމަކީވެސް ޢިލްމު ލިބިގެންދާ މީހުންގެ ޒިންމާއެއްކަމަށެވެ. އުނގެނުނު ޢިލްމުގެ ބޭނުން ހިފުމަކީ “ޗޮއިސް”އެއް ނޫންކަމަށާއި މިކަންކަމަކީ ފަރުވާކުޑަކޮށްފިނަމަ، އެކަންކަމާމެދު ސުވާލު ކުރެވޭނެ ކަންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޢިލްމު ޙާސިލްކޮށް ނިކުންނަ މީހުންގެ މެދުގައި މި ފިކުރު އާލާކޮށްފިނަމަ، އޭގެ ހެޔޮބަދަލު ވަރަށް ބޮޑަށް ފެނިގެންދާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
