
އެޕްރެންޓިސްޝިޕް ޕްރޮގުރާމުން ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް، ކުރިއަށްދާން މަގުކޮށައިދޭ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކުރުމަށް ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސްއާއި ގުޅިގެން ކުރިއަށްގެންގޮސްފައިވާ މި ޕްރޮގްރާމަކީ ވަޒީފާގެ މާޙައުލުގައި މަސައްކަތްތައް އަދާކުރުމުގައި ތަޖުރިބާކާރުންގެ ފަރާތުން ތަމްރީނާއި ތަޖުރިބާ ޒުވާނުންނަށް ހޯދައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންގޮސްފައިވާ ޕްރޮގުރާމެކެވެ. މިއަހަރުގެ މި ޕްރޮގްރާމު 32 ޒުވާނަކު ވަނީ ފުރިހަމަކޮށްފައެވެ. ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވަޒީރު އިބްރާހިމް ވަޙީދެވެ.

ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވީ، މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވި ޒުވާނުންނަށް އެމީހުންނަށް ކުރިއަރާދާން ބޭނުންވާ ދާއިރާތަކުގެ އަސާސީ ހުނަރުތައް ދަސްކޮށްދީފައިވާކަމަށެވެ. “މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ 32 އެޕްރެންޓިސްޝިޕް ގްރެޖުއޭޓުންގެ ދުވަސް. މި އަދަދު ކުޑަކޮށް ފެނިދާނެ. އެހެންނަމަވެސް މި ޒުވާނުންގެ ސަބަބުން މުޖުތަމަޢަށް ނިކުންނަ އަސަރު ވަރަށް ބޮޑު. މިއީ އަލުން މާނަކުރެރެވުނު 32 މުސްތަޤްބަލު. ބާރުވެރިކުރެވުނު 32 ގޭބިސީ” ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ.
ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ހުނަރުތައް ދަސްކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާކަމަށެވެ. “ޒުވާނުންނަށް ހުނަރުތައް ތަރައްޤީކޮށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށްދާން އެހީތެރިވެދޭ،” ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ފާއިތުވި 10 މަސްދުވަހުގެތެރޭގައި މި ދަރިވަރުންނަށް ޢަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއްވެސް ނަގައިދީފައިވާނެކަމަށެވެ. އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ތަމްރީން ފުރިހަމަކޮށްފައިވާ ޒުވާނުންނަށް މިހާރު ދީފައިވަކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކޮށް އެ މަސައްކަތްތައް އިތުބާރާއެކު ކުރެވޭނެ ފެންވަރަށް ހުނަރުވެރި ދިވެހި ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރުމަށާއި، ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު މަސައްކަތްކޮށް އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ދިވެހި ކޮންމެ ޒުވާނަކު ހެދުމަކީވެސް ޕްރޮގުރާމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށްވެސް ވަޒީރު ވިދާޅުވެއެވެ. ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތަމްރީނުތައް ކުރިއަށް ގެންދަނީ މައިގަނޑު 6 ދާއިރާއަކަށެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ދާއިރާއާއި، އިޖުތިމާޢީ ދާއިރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ފަންނިއްޔާތުގެ ދާއިރާއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
