
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
މަސްޖިދުލް އަޤްޞާ ސުންނާފަތި ކޮށްލުމަށް ޔަހޫދީން ގޮވައިލަމުން ދާތީ ފަަލަސްޠީނުގެ ސަރުކާރުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ. ފަލަސްޠީނުގެ ޚަރިޖީ ވުޒާރާއިން ބުނީ ޔަހޫދީ އާއްމުންގެ ޖަމާޢަތްތަކުން މަސްޖިދުލް އަޤްޞާއަށް ޙަމަލާދީ ސުންނާފަތި ކޮށްލުމަށް މީސްމިޑިޔާގައި ގޮވައިލަަމުންދާ ކަމަށެވެ. އިބްރާހިމީ ބަހުން ލިޔެފައިވާ މި ޕޯސްޓުތަކުގައި މިސްކިތް ސުންނާފަތިކޮށް، އެ ބިމުގައި ޔަހޫދީންގެ ފައްޅިއެއް އެޅުމަށް އެ ޖަމާޢަތްތަކުން ވަނީ ގޮވައިލައިފައެވެ. ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. މަސްޖިދުލް އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އިރުމަތީ ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތެވެ. އަދި ފަލަސްޠީނުގެ އަމިއްލަވަންތަކަން ރަމްޒު ކޮށްދޭ ނިޝާނެކެވެ.
މަސްޖިދުލް އަޤްޞާ ހުންނަ ސަރަޙައްދު ބަލަހައްޓަނީ އުރުދުނުންނެވެ. ނަމަ ވެސް އެ ސަރަޙައްދަށް ވަދެނިކުމެ އުޅުމުގެ ކަންކަން ބަލަހައްޓަނީ ޔަހޫދީ ސިފައިންނެވެ. ޔަހޫދީ ފައުޖުގެ ސިފައިންނާއި ފުލުހުން ދަނީ ދޭތެރެދޭތެރެއިން މިސްކިތް ތެރެއަށް ވަދެ, ޢުދުވާން ހިންގައި, މުސްލިމުންގެ ލޭ އޮހޮރުވައިލާ, އެ ތަނުގެ ޙުރުމަތް ކަނޑަމުންނެވެ. މި ހަފުތާގެ ކުރީ ކޮޅު ޔަހޫދީ ބައިގަނޑުތަކުން ވަނީ އަންނަ އަހަރު މަސްޖިދުލް އަޤްޞާއަށް ވާނެ ގޮތް ކަމަށް ބުނެ އޭއައި ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ‘ނެކްސްޓް އިޔަރ އިން ޖެރުސަލެމް’، މި ސުރުޚީގެ ވީޑިޔޯއެއް ޢާންމު ކޮށްފައެވެ. މިސްކިތް ތަޅާލައި އެ ތަނުގައި ފައްޅިއެއް އަޅާ މަންޒަރު އެ ވީޑިޔޯ މީސްމީޑިޔާގައި ދަނީ ދައުރު ކުރަމުންނެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބުނީ ޔަހޫދީން މީސްމީޑިޔާގައި ދައުރު ކުރަމުންދާ ވީޑިޔޯތަކާއި ލިޔުންތަކަކީ އިރުމަތީ ޤުދުސްގައި ހުންނަ ނަޞާރާ ދީނާއި އިސްލާމް ދީނުގެ މުޤައްދަސް ތަންތަނަށް އަމާޒު ކޮށް ދޭ ޙަމަލާތައް އިތުރު ކުރުމަށް ހިތްވަރު ދިނުމަށް ދައުރު ކުރަމުންދާ ތަކެތި ކަމަށެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ކަމާ ގުޅުންހުރި އދގެ މުއައްސަސާތަކުން އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ފިޔަވަޅު އެޅުމަށް އެ ވުޒާރާއިން ވަނީ ގޮވައިލައިފައެވެ.
މަސްޖިދުލް އަޤްޞާ ހުންނަ ސަރަޙައްދަކީ ޔަހޫދީންނަށް ވެސް މުޤައްދަސް ބިމެކެވެ. އެ މީހުން ޤަބޫލު ކުރާ ގޮތުގައި އެ ބިމަކީ އެ މީހުންގެ ފައްޅިތަކެއް ކުރިން ހުރި ބިމެކެވެ. ޒަމާންވީ އެއްބަސްވުމެއްގެ ދަށުން ޔަހޫދީންނާއި ޣައިރު މުސްލިމުންނަށް މަސްޖިދުލް އަޤްޞާ ހުންނަ ބިމަށް ވަކި ގަޑިތަކެއްގަައި ޒިޔާރަތް ކުރެވެއެވެ. ނަމަ ވެސް އެ ސަރަޙައްދުގައި އަޅުކަން ކުރުމާއި ދީނީ ނިޝާންތައް ދެއްކުމުގެ ހުއްދައެއް ނުދެއެވެ. ޔަހޫދީންގެ ކަނާތު ފިޔައިގެ ސިޔާސީ ވެރިންނާއި ވަޒަންވެރިން ޢާންމުކޮށް ޒިޔާރަތް ކުރާ ތަނަކަށް މަސްޖިދުލް އަޤްޞާ މިހާރު ވަނީ ވެފައެވެ. އެ މީހުން ހަފްތާއަކު އެއް ފަހަރުހެން އެ ސަރަޙާއްދަށް ވަދެގަނެއެވެ. އަދި ޔަހޫދީ ސިފައިންގެ ޙިމާޔަތުގައި އެ ތަނުގައި އެ މީހުންގެ އަޅުކަންތައް ކޮށް އުޅެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީންގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާ ބެންގިވާ ވަނީ މަސްޖިދުލް އަޤްޞާ ހިމެނޭ ސަރަޙައްދުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމަށް ބުނެފައެވެެ. 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަޒީރުކަމުގެ މަޤާމާ ޙަވާލުވި ހައްދުފަހަނައެޅި ބެންގިވާ، މަޤާމާ ޙަވާލުވި ފަހުން ހަ ފަހަރެއްގެ މަތިން އެ ސަރަޙައްދަށް ޒިޔާރަތް ކޮށްފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
