
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި 92 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ އެ ސަހަރުގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވުމުގެ އިތުރުން 219 މީހުންނަށް ޒަޚަމުްވެފައިވާ ކަމަށެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ އަޑީގައި ގިނަ ޢަދަދެެއްގެ މީހުން ތާށިވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ކުށެއް ނެތް 15 ކުޑަކުދިން ވެސް ހިމެނެއެވެ. އެ ކުދިން ޝަހީދުވީ ޚާން ޔޫނިސްގައި ހުރި ފޭލިގެތަކަކަށް އަމާޒު ކޮށް ދިން ޙަމަލާއެއްގައެވެ. އޭގެ އިތުރުން ރަފަޙަށް ދިން ޙަމަލާއެއްގައި މަންމައަކާއި ދަރިއެއް ހިމެނޭ ގޮތަށް ހަތަރު މީހުން ޝަހީދުވެފައިވެއެވެ.
ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. އޮކްޓޯބަރު 7ން ފެށިގެން މިހާތަނަށް ފަލަސްޠީނުގެ 51،065 ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ.
ޣައްޒާއަށް އެއްވެސް ސާމާނެއް ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައިވާތާ ހަ ހަފުތާއަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ޔަހޫދީން އެ ގޮތަށް ޢަމަލު ކުރަމުން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްވުމަށް ފުރުޞަތު ދިނުމަށް ބައިނަލްއަޤްވާމީ ޢަދުލްއިންސާފާބެހޭ ކޯޓު، އައިސީޖޭއިން ނެރެފައިވާ ޢަމުރަކާ ޚިލާފަށެވެ. ޣައްޒާއިން މިހާރު ވަނީ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ސާމާނު އެއްކޮށްހެން ހުސްވެފައެވެ.
އޮކްސްފެމްގެ އިސްވެރިއެއް ކަމަށްވާ ބުޝްރާ ޚާލިދު ވިދާޅުވީ ޣައްޒާގެ ކުޑަކުދިން ތިބެނީ ބަނޑަށް ކަމަށާއި ކާބޯތަކެތި ހޯދުމުގައި އެ ކުދިން ބޮޑެތި ދަތިތަކާ ކުރިމަތިލަމުންދާ ކަމަށެވެ. ހަށިގަނޑަށް މުހިންމު ކާނާގެ ބާވަތްތައް ނުލިބުމުގެ ސަބަބުން ކުދިންގެ ޙާލަތު ގޯސްވަމުންދާ ކަމަށާއި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މި ހަފުތާގެ ކުރީކޮޅު ޔަހޫދީން ވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންގެ 10 އަސީރުން މިނިވަން ކޮށް، ހަތިޔާރު ތިރިކުރުމަށް ޙަމާސުން އެއްބަސްވާ ނަމަ 45 ދުވަހުގެ މުއްދަތައް ޙަމަލާ ދިނުން ހުއްޓައިލުމަށް ހުށަހަޅައިފައެވެ. ނަމަވެސް ޙަމާސުން ވަނީ މި ހުށަހެޅުމާ ދެކޮޅު ހަދާފައެވެ. ޙަމާސްގެ އިސްވެރިއެއް ކަމަށްވާ ސާމީ އަބޫ ޒުހުރީ ވިދާޅުވީ ޙަމާސުން ހަތިޔާރު ތިރިކުރުމަށް ހުށަހެޅުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޙަމާސުން ބޭނުން ވަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލެވޭނެ ފަދަ އެއްބަސްވުމެއް ކަމަށް އެ ޖަމާޢަތުން ދަނީ ބުނަމުންނެވެ. ދާއިމީކޮށް ޙަމަލާ ހުއްޓާލުމަށް ޔަހޫދީން އެއްބަސްވެ ޔަހޫދީ ފައުޖު އަނބުރާ ގެންދިޔުމަށް ޔަހޫދީން އެއްބަސްވާ ނަމަ ޙަމާސުން ވަނީ އެ މީހުންގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ޔަހޫދީން އަސީރުން މިނިވަން ކުރާނެ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
