
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިޔުކްލިޔަރ ކާރުޚާނާތަކަށް ޙަމަލާދިނުމަށް އެމެރިކާއިން ތާޢީދުނުކުރާނެ ކަމަށް ބުނެފައިވީނަމަވެސް، އެފަދަ ޢަމަލެއް ހިންގުމުގެ ހީލަތްތެރި ވިސްނުން ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އަދިވެސް ދޫކޮށްނުލާކަން އެނގިއްޖެއެވެ. ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އީރާނުން ނިޔުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ނެތިކޮށްލަން، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއަށް އިންތިހާއަށް ޕްރެޝަރު ކުރަމުންނެވެ. އަދި އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއިން އީރާނާ އެކު މިހާރު ފަށާފައިވާ މަޝްވަރާތަކުގައި އާޚިރު ނަތީޖާއަކަށް ވާންޖެހޭނީ، އީރާނުން ނިޔުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ދޫކޮށްލުން ކަމަށް ވެސް ދަނީ ބުނަމުންނެވެ.
ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ބައެއް މަސްދަރުތަކާ ޙަވާލާދީ ‘ރޮއިޓަރސް’ ނޫހުން ބުނި ގޮތުގައި، އީރާނުގެ ކާރުޚާނާތަކަށް ޙަމަލާދީނުމުގެ އެތަކެއް ޕްލޭންތަކެއް އިސްރާއީލުން ވަނީ އެމެރިކާއަށް ހުށަހަޅައިފައެވެ. އޭގެ ބޭނުމަކީ އީރާނުން ނިޔުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ނައްތާލުމެވެ. ނަމަވެސް، އެމެރިކާއިން ވަނީ އިސްރާއީލުގެ އެ ހުށަހެޅުންތަކަށް އިޖާބަދޭން ދެކޮޅު ހަދައިފައެވެ. ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި، ބާރުގަދަ އެހެން ޤައުމުތަކާއެކު އީރާނުން ހަދާފައިވާ ނިޔުކްލިޔަރ އެއްބަސްވުމާ ޚިލާފުވެވަޑައިގެން، އީރާނަށް ކުރާ ޕްރެޝަރު މަތިކުރުމުގެ ގޮތުން 2018 ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ.
އޭގެ ރައްދުގައި، އީރާނުން ވަނީ ނިޔުކްލިޔަރ ހަކަތަ އުފައްދަން ބޭނުންވާ ޔުރޭނިޔަމް މުއްސަނދިކުރުމުގެ ދުވެލި އެތައް ގުނައެއް އަވަސްކޮށްފައެވެ. ދެވަނަ ދައުރަކަށް ވަޑައިގެންނެވުމުގެ ކުރިން ވެސް، ޓްރަމްޕް ވަނީ، ފުރަތަމަ ވެރިކަމުގައި ގެންގުޅުއްވި ހަރުކަށި ސިޔާސަތު އަލުން އިޔާދަކޮށް، އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އިސްރާއީލުން އެދެމުންދާ ގޮތާ ޚިލާފަށް، ޓްރަމްޕް އަދިވެސް ހުންނެވީ މަޝްވަރާކޮށްގެން މި ކަމަށް ހައްލެއް ހޯއްދެވުމުގެ ނިޔަތުގައެވެ. މިގޮތުން، ޢުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ކުރިމުންދާ މަޝްވަރާތަކުގެ ފުރަތަމަ ބުރު މިދިޔަ ހޮނިހިރު ދުވަހު ނިންމާލާފައިވާ އިރު ދެވަނަ ބުރު މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އީރާނާއެކު ރަނގަޅު އެއްބަސްވުމަކަށް އަންނަން ބޭނުންފުޅުވާ ކަމަށާއި އެއީ އީރާނުގެ ރައްޔިތުން ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ފަދަ އެއްބަސްވުމަކަށް ވާން އެދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމެރިކާއާއެކު އެއްބަސްވުމަކާ ހަމައަށް ނާންނަ ނަމަ އީރާނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ އެކި ފަހަރުމަތިން ތަކުރާރު ކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
