
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ އަމަލުތައް ފަހަކަށް އައިސް ވަނީ އެތަކެއް ގުނައަކަށް އިތުރު ކޮށްފައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކު، ޔަހޫދީން ޢާންމުން ވަނީ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ހިންގަމުންދާ އަމަލުތަކާއި، ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އެތަކެއް ގުނައަކަށް އިތުރު ކޮށްފައެވެ. އެކުވެރި ދައުލަތްތައް (އދ)ގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާ (އޯސީއެޗްއޭ)ން ބުނީ މާރިޗު މަހުގެ ފަހުކޮޅު އަދި އޭޕްރިލް މަހުގެ ކުރީކޮޅު ހުޅަނގު އައްސޭރީގެ ބިންތަކުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ޔަހޫދީ ޢާންމުން ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އެ މުއްދަތުގެ ތެރޭގައި ޔަހޫދީ ޢާންމުން ތަފާތު 40 ޖަރީމާއެއް ހިންގާފައިވާއިރު، އޭގެ ތެރޭގައި މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖެހުމާއި، ގެތަށް ފަޅައިލުމާއި، ގެދޮރާއި މުދަލަށް ގެއްލުން ދިނުން ހިމެނެއެވެ.
ފާޠިމާ އަބޫ ނަޢީމަކީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަސް ކުދިންގެ މަޔެކެވެ. އޭނާ ދިރިއުޅެނީ ހުޅަނގު އައްސޭރީގެ އުސް ބިމެއްގައެވެ. އާމްދަނީ ހޯދުމަށް އޭނާގެ ޢާއިލާއިން ކުރާ މަސައްކަތަކީ ބަކަރިހުއިހެއްޕުމެވެ. އޭނާ ބުނީ، އެ ސަރަޙާއްދުގައި ނުޤަވާޢިދުން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ ޢާންމުން އޭނާގެ ގެދޮރާއި ނައަމްސޫތްޕަށް ޙަމަލާ ދެމުންދާ ކަމުގައެވެ. އަދި، އޭނާ ގެންގުޅޭ ބަކަރިތައް ވަގަށް ގެންދަމުންދާ ކަމުގައެވެ. “ކަލޭމެން މި ތަނުން ދޭ، މި ތަނުގައި އަހަރުމެން ދިރިއުޅެން ބޭނުން”ވާ ކަމަށް ބުނެ ޔަހޫދީން އޭނާގެ ޢާއިލާއަށް އިންޒާރު ދެމުންދާ ކަމުގައި އަބޫ ނަޢީމް ބުންޏެވެ. ހުޅަނގު އައްސޭރިއަކީ ޒަޔަނިސްޓުންގެ އިސްރާއީލާއި އުރުދުނާ ދެމެދުގައި އޮތް 5,600އެއްހާ އަކަ ކިލޯމީޓަރުގެ ފަލަސްޠީނުގެ ބިމެކެވެ. ނަމަވެސް، 1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށް ފަހު ޔަހޫދީން ވަނީ އެ ބިމަށް ވެރިވެގަނެފައެވެ. އަދި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ބިންތައް ފޮތިފޮތިކޮށް، އިތުރު ބިންތަކަށް އަތްގަދަ ކުރަމުންނެވެ. އަދި، އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ. އެ ބިމުގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް ޔަހޫދީން ދަނީ އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ.
ހުޅަނގު އައްސޭރީގެ އިތުރު ބިންތަކަށް ވެރިވެގަންނާނެ ކަމުގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ދަނީ ބުނަމުންނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އުރުދުން ވާދީއާއި، އަލް-ޚަލީލްގެ ގިނަ ބިންތަކެއް ޔަހޫދީން ފޭރިގަނެފައިވާ ކަމުގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އިސްރާއީލުގެ ޖަމުޢިއްޔާއެއް ކަމުގައިވާ ޕީސް ނައުއިން ބުނީ، ހުޅަނގު އައްސޭރީގައި މުސްލިމުން ދިރިއުޅޭ ގިނަ ބިންތަކެއްގައި ޔަހޫދީން ވެސް ބަކަރިހުއިހެއްޕުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. އަދި، ހުޅަނގު އައްސޭރިން 78.600 ހެކްޓަރުގެ އިތުރު ބިން ފޭރިގަނެފައިވާ ކަމުގައެވެ. އެއީ، ހުޅަނގު އައްސޭރީގެ ބިމުގެ %14 ސަރަޙައްދެކެވެ.
“އުރުދުންގެ ވާދީއާއި ދެކުނުގައި އޮތް ބިންތަކުގައި ފަލަސްޠީނުގެ ރައްޔިތުން ބަކަރިހުއިހެއްޕުމަށް ބޭނުން ކުރާ ބޮޑެތި ދަނޑުތަކެއް އޮވޭ. ނަމަވެސް، މެޕަކުން ބަލައިލައިފި ނަމަ، ޔަހޫދީން ވެރިވެގަނެފައިވާ އިތުރު ސަރަޙައްދުތައް ފެނިގެންދާނެ. އެ މީހުން ދަނީ އިތުރު [އައުޓްޕޯސްޓު] ތަންތަން ބިނާ ކުރަމުން،” ޕީސް ނައުއިން ނެރުނު ރިޕޯޓެއްގައި އެ ޖަމުޢިއްޔާގެ އިސް އޮފިޝަލަކު ބުންޏެވެ. އެ ޖަމުޢިއްޔާއިން ބުނީ، ހުޅަނގު އައްސޭރިން 8,000 ހެކްޓަރުގެ ބިމެއް ޔަހޫދީ ޢާންމުންގެ ބޭނުންތަކަށް ކަނޑައަޅާފައިވާ ކަމުގައެވެ. އަދި، ޒަޔަނިސްޓު އިސްރާއީލުގެ އެޓަރނީ ޖެނެރަލްގެ އޮފީހުން އެ ބިންތައް ޚާއްޞަ ކޮށްފައި ވަނީ، ޔަހޫދީން ބަކަރިހުއިހެއްޕުމުގެ މަސައްކަތްތައް ކުރުމަށް ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ. ހުޅަނގު އައްސޭރީގެ އިތުރު ބިންތައް ފޭރިގަތުމަށް ބޭނުންވާނެ މާލީ އެހީތެރިކަމާއި އެއްގަމު އުޅަނދުފަހަރު، ޔަހޫދީ ސަރުކާރުން ފޯރުކޮށްދެމުންދާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.
ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުން ބަކަރިހުއިހެއްޕުމަށް ބޭނުން ކުރާ ދަނޑުތައް ޔަހޫދީން ފޭރިގަންނަމުން ދިޔުމާ އެކު، އާމްދަނީ ހޯދުމަށާއި ދިރިއުޅުމުގެ ވަސީލަތްތައް ޤާއިމު ކުރުމަށް މުސްލިމުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައި ވެސް ޕީސް ނައުގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. “އެ މީހުންނަށް [ފަލަސްޠީނުގެ މުސްލިމުންނަށް] އާންދަނީ ހޯދައި، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭވަރު ކުރުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައި،” ޕީސް ނައުގެ ރިޕޯޓު އެކުލަވައިލުމުގައި މަސައްކަތް ކޮށްފައިވާ މީހަކު ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
